އެމްޑީޕީގެ ޙައްޤު ކޮމިޓީން ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުންނާ މިއަދު ހަވީރު ބައްދަލުކުރާނެ

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ޙައްޤު ކޮމިޓީން ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުންނާ މިއަދު ހަވީރު ބައްދަލުކުރާނެއެވެ.

އެމްޑީޕީގެ މައި އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ޤާނޫނީ ވަކީލު ޢަބްދުﷲ ޝާއިރު ވިދާޅުވީ 11 މެންބަރުން ހިމެނޭ މި ކޮމިޓީގެ ފަރާތުން މިއަދު ހަވީރު 4 ޖަހާއިރު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރާ ގޮތަށް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށާއި، މީގެ އިތުރުން މިރޭ އިރު އޮއްސި 6 ޖަހާއިރު މި ކޮމިޓީގެ ފަރާތުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކޮށް، އެންދެރިމާގެ ސަރަހައްދުގައި ހުއްޓާ ލަކުޑިބުރިއަކުން ޖަހާ ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ސީރިއަސް ޙާލަތެއްގައި އޮތް ކުއްޖާއާއި އެ ކުއްޖާގެ ޢާއިލާ އާއި ބައްދަލުކުރާނޭ ކަމަށެވެ.
މި ކޮމިޓީގެ ދެން އޮންނަ ބައްދަލުވުމެއްގައި މުޤައްރިރަކާއި ނައިބު މުޤައްރިރަކު ޢައްޔަންކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.