މަރުހަބާ ދެންނެވުން

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު ފާސްވުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން މަރުހަބާ ދެންނެވުން

51mdp-logo-original

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު ފާސްވުމާ ގުޅިގެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޕާލަމެންޓްރީ ގްރޫޕް ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙް (އިބޫ) އަށާއި، އެ ގްރޫޕްގެ އެންމެހާ ލޮބުވެތި މެންބަރުންނަށާއި، މި މުހިންމު ބިލު ފާސްކުރުމަށް އިޚްލާޞްތެރިކަމާ އެކު ވޯޓުދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރާއި މަރުހަބާ ދަންނަވަމެވެ.
އަދި ވަކިން ޚާއްސަކޮށް، ފުދުންތެރި ދުޅަހެޔޮ ދިރިއުޅުމެއް ލޮބުވެތި ދިވެހިރައްޔިތުންނަށް ފޯރުކޮށް ދެއްވުމަށްޓަކައި، ދައުލަތުގެ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރެއްވުމަށް ރާއްޖޭގެ މާލީ ވުޒާރާއިންނާއި، އެމްޑިޕީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކުރައްވަމުން ގެންދަވާ ބުރަ އަދި އެހާމެ މުހިންމު މަސައްކަތްޕުޅު ފާހަކޮށް އެމަނިކުފާނަށް ހިތުގެ އިޚްލާސްތެރިކަމާއެކު މަރުހަބާ އާއި ތަހުނިޔާ ދަންނަވަމެވެ.
އަޅުގަނޑު އުއްމީދު ކުރަނީ މިއަދު ފާސްވެގެން މިދިޔަ މުދަލާއި، ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ވީހާވެސް އަވަހަކަށް ތަސްދީޤް ކުރައްވައި، މި ބިލު ޤާނޫނަކަށްވެ، މިކަމުގެ ފޮނި މީރުކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވީހާވެސް އަވަހަށް ލިބިގެން ދިއުމެވެ.

ބަޔާން ނެރުއްވީ އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ)