މެންބަރުންގެ ޚިޔާލު: ކޮންމެ މީހަކުވެސް މަރުގަންނަވާނީ އެމީހަކަށް ދައްކަވަންހުރި ތަނެއް ދައްކަވާފައެވެ!!!

ފުނަމާ

hep-nasheed-eva

ސުރުޚީގައި މިބޭނުންކުރި ޖުމުލަ އާންމުކޮށް އިވިގެންދަނީ އެމީހަކު ދުށުންނޭދޭ ކަމެއް ފެނިގެންދާ ހިނދުއެވެ. ހިތްނޭދޭ ކަމެއް ނުވަތަ ގަބޫލުކުރާން އުނދަގޫ ކަމެއް ކުރިމަތީން ފެނުމުން އަމިއްލައަށް ހިންހަމަ ޖައްސާލުމަށް ބުނެވޭ ބަހެއްގެ ގޮތުގައެވެ. އެފަދަ ވަގުތު ކުރެވޭ އިހުސާސާއި އެމީހަކު އެތަކެއް ޒަމާންވަންދެން ޙަގީގަތަކަށް ވުމަށް ބޭނުންވާ ކަމެއް ފުރިހަމަވުމުން ނުވަތަ ދެކެންއެދޭ މަންޒަރެއް ފެނިލުމުން ކުރެވޭ ހިހުސާސަކީ މުޅީން ތަފާތު އިހުސާސެއް ކަމާމެދު ތިޔަ އެންމެ އަޚުންނާއި އުޚުތުންވެސް އެއްބަސްވެ ލައްވާނެއެވެ. އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް ހަގީގަތަކަށް ވުންއެދޭ ކިތަންމެ ކަންތައްތަކެއް މިއަދުވެސް ހުންނާނެއެވެ.
އަމީރުލް މުއުމިނީން އުމަރު ބުނު ޚައްތާބު (ރ.ޢ) އަކީ މުސްލިމުންގެ ހިތުގައި އެންމެ މުހިންމުކަން ދެވިފައިވާ އަޅުގަނޑުމެންގެ މިއުންމަތުގެ ދެވަނަ ޚަލީފާއެވެ. އިސްލާމްދީން ދުނިޔޭގެ ބައްރުތަކަށް ފެތުރެމުން ދިޔައިރު މުޅިއިސްލާމީ އުންމަތުގެ ގަދަރުވެރި ، މަތިވެރި ، އިއްޒަތްތެރި އަމީރެވެ. މިއަދުގެ ދުނިޔޭގައި އެންމެ ބާރުގަދަ ވެރިޔަކީ ކާކުތޯ އަހާލައިފިނަމަ އެއީ މިވެނިމީހެކޭ އަޅުގަނޑުމެން އެއްބަހަކުން ބުނާބީދައިން އެއިރުގެ ތާރީޚުން އެނގޭންއޮތް ގޮތުގައި ދުނިޔޭގެ އެންމެ ނުފޫޒުގަދަ ، ބާރުގަދަ ވެރިޔަކީ ޚަލީފާ އުމަރުކަމާމެދަކު ޝައްކެއް ނެތެވެ. ނަމަވެސް އެކަލޭގެ ފާނުން އެކަލޭގެފާނުންގެ ވެރިކަމުގެ މައިމަރުކަޒު ކަމުގައިވާ މަދީނާގެ މިސްކިތުގެ މިންބަރަށް ޚުތުބާ ވިދާޅުވާން އަރުއްވަނިކޮށް ކޮނޑުފުޅުގައި އޮތް ސާލުކޮޅު ބަދަވީންގެ ތެރެއިން މީހަކު ދެއަތާލައި އޮޅާލައި އޭގެ ދެސާލުކޮޅު އެކަލޭގެފާނަށް ލިބިވަޑައި ގެންނެވި ގޮތަކާއިމެދު ސުވާލުދެންނެވި ވާހަކައާއި ، އެމީހާ އެދަމައިގަތުމުގެ ސަބަބުން ޢުމަރުގެފާނުންގެ ކަނދުރާފުޅުމަތިން މަށައިގެން ދިޔަކަމަށާއި ނަމަވެސް ހިތްޕުޅު ތިރިކުރަށްވައި އެމީހާއަށް އޭނާ އެކުރި ސުވާލުގެ ޖަވާބު ރިވެތި ގޮތުގައި ދެއްވައި އޭނާގެ ހިތްހެޔޮ ކުރެއްވި ވާހަކައަކީ އަޅުގަނޑުމެން ހައިރާންވެތިބެ އަޑުއެހި ވާހަކައެކެވެ. ހަމައެހެންމެ މިކުޑަކުޑަ ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނަ މީހަކު ހުކުރަށް މިސްކިތައް އަރާއިރު ކުރީސަފާއި ހަމަޔަށް ގެންދިއުމަށް ދަތިކަމެއް ނޯންނަގޮތައް ސިފައިންގެ ފައުޖެއް ސަފުހަދައިގެން ތިބިތަނާއި ، މިސްކިތުގައި އިންނައިރު ހަށިފާރަވެރީން ވަށައިގެންތިބޭ މަންޒަރުގެ އިތުރުން ބޭރުގައި ބާލާފައި ބެހެއްޓި ބޫޓުކޮޅުގެ ހާރިސުންގެ ގޮތުގައި ދެތިން މީހުން ތިބިތަން އަޅުގަނޑުމެން ދުށީމެވެ. މިދަންނަވާލީ މުޅިއިސްލާމީ އުންމަތުގެ ޚަލީފާއާއި މިކުޑަކުޑަ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާއާއި ދެމެދު ހުރި ތަފާތެވެ.
އިއްޔެ އަޅުގަނޑުމެން ދުށީ ސުކޫލުތަކަށް ދާންނުކުތް ޅަދަރީންނާއި އޮފީސްތަކަށް ދާންނުކުތް އެތަކެއް މުއައްޒަފުން ރައީސުލް ޖުމްހޫރިއްޔާ ވަޑައިގަންނަވާތީވެ ބަންދުވެފައިވާ މަގުގެ ދެފަރާތުގައި ގަޑިޖެހެންދެން މޫނުހަދާން ނުކެރިފައި އެހެނަސް ގިނިއަނދައަނދައި ތިބިތަނެވެ. އަޅުގަނޑުމެން ނުދެކޭ ދުވަސްދުށް މުސްކުޅީން ދެއްކީތީ އަޑުއެހީ ، ނުވަތަ ލިޔެފައިވަނިކޮށް ފެނިފައިވަނީ ކުރީޒަމާނުގައި އުޅުއްވި ރަސްރަސްކަލުންގެ އަބުއިކަމުގެ ސަބަބުން ރައްޔިތުންނަށް އުފުއްލާން ޖެހުނު ވޭނާއި ތުރާތަކުގެ ވާހަކައެވެ. މިފަތްފުށްތަކާއި މިމަންޒަރު ތަކާއި ހާދިސާތައް ބަދަލުވެ އެހެން މަންޒަރެއް ދައްކަވާނެ ދުވަހެއްގެ އިންތިޒާރުގައި ތިބެތިބެ އުމުރުހުސްވެ ނިމިދިޔައީ ކިތައް ދިވެހީންބާވައެވެ؟ ނަމަވެސް މިއަދުގެ ޖީލުގައި މިތިބަ ގިނަބައެއްގެ އުންމީދުތަކާ އެއްގޮތަށް މިއަދު މަންޒަރުތައް ބަދަލުވަމުން އުންމީދުތަކުގައި ކުލަޖެހެމުން އަންނަ މަންޒަރު ( އިންޝާﷲ ) މިދަނީ އަޅޫގަނޑުމެން ދިރިތިއްބައި ދައްކަވަމުންނެވެ. ނަޝީދީ އުފާވެރި ގުލްޝަނެއްގައި މާބުރާ ބަޅިނދާ ކޮކާތައް އެއްހިތްވެގެން އެކުއެކުގައި އުދުހިއުޅޭ ތަނާއި އެކުއެކުގައި މާތަކުން ފޮނިބޮއެ އުޅޭ މަންޒަރު މިދަނީ ހާމަވެ ފެންނަމުންނެވެ. ނަމަވެސް މިލިޔުނު ޖުމުލައިގެ މާނަވެސް ފާސިގުވެފައިވާ ސިކުނޑިއަކުން ތަރުޖަމާކުރާނީ އޭނާގެ ހިތުހުރި ގޮތަކަށް ކަމުން ފަރުވާލެއް ނުބަހައްޓައި ލިޔެލީއެވެ. އަޅުގަނޑުގެ މާނަކުރުން ތަފާތުވެދާނެ ދޮގެއްތޯއެވެ؟
މިއަދު އަޅުގަނޑުމެން މިދެކެނީ ކުރީގައި މާއަބުއިކޮށް މީހަކު ފަތަރާސީ ކަމުން ސަލާމަތް ނުވެވިގެން އުޅުނު ވެރިކަމުގެ މަގާމުގައި އެހެން މީހަކު އެނޫން ގޮތަކަށް އުޅެމުން ގެންދާ ތަނެވެ. އެންމެ އާދައިގެ މީހުން މަގުހިނގައި އުޅޭގޮތަށް މަގުހިނގައި އުޅުމާއި އާދައިގެ ކެފޭތަކުން ގޮނޑިއެއްގައި އިށީނދެލުމުގެ އިތުރުން މާލޭގެ ތޮށިގަނޑުގެ މަތީގައި ކުރީން އެބުނެއުޅޭ އާދައިގެ ރައްޔިތު މީހާއާއި ބައްދަލުކޮށްލާ އުޅޭތަނެވެ. ރައްޔިތުންނާއި ގުޅޭ ކަންކަމުގައި ސީދާ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ވާހަކަ ދައްކައި އޮޅުން ފިލުވައި ދިނުމުގެ ގޮތުން ލީފުލެޓުތައްފަދަ ތަކެތި އަމިއްލަ އަތުން ބަހާލައި އުޅޭ ތަނެވެ. އަނެކުންގެ އުފަލާއި ހިތާމައިގައި އެއްހަމައެއްގައި ބައިވެރިވެ އުޅެލާތަނެވެ. ވަކިފެންވަރެއް ނުބަލައި އެހެންމީހުން ދަތުރުކޮށްއުޅޭ އުޅަނދު ތަކުގައި އެމީހުންނާއިއެކު ދަތުރުކޮށްލައި އުޅޭތަނެވެ. ހަސަދައިން ފުރިގެން ދިމާކުރިމަތީގައި މީހަކު ކޮންމެ އެއްޗެއް ބުނެލިޔަސް އެއީ ތިމާގެ ބެލުމުގެ ދަށުގައިވާ ރައްޔިތެއްކަންދަނެ ރިވެތި ގޮތުގައި މުއާމަލާތު ކުރާ ތަނެވެ. އާދައިގެ ބަހުރުވައިން އަޅުގަނޑު މިހެން މިލިޔެލީ ހަމަ މިކަންކަން އާދައިގެ ކަންކަމަށް ވާތީއެވެ. އެހެނަސް މިބަސްކޮޅުން މިއަމާޒުކުރީ އަޅުގަނޑުގެ ހިތުގައިވެސް ނުހަނު ގަދަރާއި އިއްޒަތް ދެވިފައިވާ މިއަދުގެ މިގައުމުގެ ވަލީއުލް އަމްރު މުޙަންމަދު ނަޝީދަށެވެ. އަޅުގަނޑުގެ ހިތުގައި ގައިމުވެސް އެމަނިކުފާނުންގެ ގަދަރާއި އިއްޒަތް މަތިވެރިވެފައިވަނީ އެމަނިކުފާނުންގެ ސާދާ އެހާމެ ފުރިހަމަ މިސާލުތައް ދުށުމުގެ ނަސީބު ލިބުނަތީއެވެ. އެއްކޮޅު މީހުންނާއި އިދިކޮޅު މީހުންނާއިވެސް އެންމެ ފުރިހަމަ ގޮތުގައި ބޮޑާކަމެއް އަމުދުންނެތި އެކުއުޅުއްވާތީއެވެ. އަދި އިދިކޮޅު ލީޑަރުންނާއި އެކުއެކުގައި އެއްކަލަ ބޭރު ގައުމުތަކުން އެފެންނަހެން ގާތްގާތުގައި ބެހެއްޓޭ ދެޕޯޑިއަމުންވެސް ނޫސްވެރީންނާއި އާންމުންނާއި ބައްދަލުކުރައްވައި މައުލޫމާތު ދެއްވައި ކަންކަމާ ގުޅޭގޮތުން އެކުވެރިކަމާއި އެކުގައި ވާހަކަ ދައްކާލާތަން ފެންނާނެ ކަމުގައި ޔަގީން ކުރެވެއެވެ. އެކަމަކު މިތަންތަން ފެނުމުން އަޅުގަނޑުމެންގެ ދުލުން އުފާވެރި ބަސްތަކެއް ނުކުތެއް ކަމަކު ، ” މިދުވަސް ނުދައްކަވައި މަރުގެންނެވި ނަމަޔޭ ” ބުނެލާ މަދުބަޔަކުވެސް އެބައުޅެއެވެ. އެކަމަކު ދަންނަވާން ޖެހެނީ އެމީހަކަށް ދައްކަވަންހުރި ތަނެއް ނުދައްކަވައި މަރެއް ނުގަންނަވާނެއެވެ. ޝުކުރުވެރިވާން ދަސްކުރާށެވެ.