މެންބަރުންގެ ޚިޔާލު: މުޅިބާޒާރު ހައެއްކަ މަހުޖަނުންގެ ޖީބުތެރޭގައި ……..

ފަހަލަސަޢީދު

ރާއްޖެއަށް އެތެރެކުރާ ބައެއް މުދަލާއި، ތަކެއްޗާއި، ބައެއް ކާބޯތަކެތި އަގުބޮޑުވެގެން މިއުޅެނީ ރާއްޖޭގެ ހައެއްކަ މަހުޖަނުންގެ ސިއްރުސައްލާއަކުން ރާވައިގެންނެވެ. ބުއްދީގެހަމަތަކަށް ވިސްނާލިއަސް މިކަން ވަރަށް ރަނގަޅަށް އެނގިހާމަވެގެންދެއެވެ. އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މިދެންނެވި މަހުޖަނުން މިކަން ކުރުމުގެ ބޭނުމަކީ ގާނޫނީ ހައިސިއްޔަތެއް ނެތި ޙަރަކާތްތެރިވާ ގުންޑާއިންގެ ގުރޫޕަކުން ސަރުކާރަށް ޕްރެޝަރކުރުމަށް ހިންގަމުންދާ ޖަގަޑާއަށް އެހީތެރިވުމެވެ. ޙަގީގަތުގައި ގޮތްހުސްވީއެވެ. ސަރުކާރުންގެންނަ މުދަލާއި، ކާބޯތަކެތި ވިއްކަމުންދަނީ އަތްފޯރާފަށުގައެވެ. ސަރުކާރުގެ ކުންފުނިން ވިއްކާ ހުރިހާބާވަތްތައް ވެސް އެހުރީ އަތްފޯރާ ހިސާބުގައެވެ. ސަރުކާރުގެ ކުންފުނިތަކުން ނުގެންނަ ބާވަތްތައް ވިޔާފާރިވެރިން އަގުބޮޑުކޮށް ވިއްކަމުންދާނަމަ މިކަން ދެކެދެނެތިބި ދިވެހިރައްޔިތުން މަހުޖަނުންނާ ދިމާލަށް ނުގޮސްނުތިބޭނެއެވެ. ރައްޔިތުން ހަނާއަރުވަން އެކުރާމަސައްކަތުގެ ބަދަލު ރައްޔިތުން ނުދީ ތިބޭނެކަމަށް ހީނުކުރައްވާށެވެ. ގިނަ ރައްޔިތުންނަށް ދަނީ ޙަގީގަތް ހާމަވަމުންނެވެ. ދުނިޔޭގެ ބާޒާރުގައި އެބުނާ މިންވަރަށް ތަކެތި އަގުބޮޑުނަމަ، ދިވެހިންނަށްވެސް އެހެންވާނެތާއެވެ. ހައެއްކަ މަހުޖަނުންގުޅިގެން ގުންޑާއިން މާލެތެރޭގައި ޖަގަޑާކުރުވަން އެކުރާ މަސައްކަތް ނިމުމަކަށް ގެނައުމަށްޓަކާ މުސްތަގިއްލު ރައްޔިތުންގެ މުޒާހަރާއެއް ދަނީރޭވެމުންނެވެ. އެމުޒާހަރާގައި ރައްޔިތުންހަނާ ވަނީ ނުވަތަ ރައްޔިތުންހަނާކޮށް ގެން ކަމުންދަނީކޮން ބައެއްކަން ހާމަކުރެވޭނެއެވެ. މިއީދިވެހިންގެބިމެވެ. މި ބިން އަމާންކަންމަތީގައި ބޭއްވުމުގެ ކުޅަދާނަކަމާއި، ލިޔާގަތު ދިވެހިންގެކިބައިގާ އެބަހުއްޓެވެ.
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ،އިސްލާމްގައުމެކެވެ. އެހެންކަމުން މިގައުމުގައި ތަންފީޒުވަމުންދާން ޖެހޭނީވެސް ﷲގެޙުކުމެވެ. ޝަރުއީ ފަރާތްތަކަށް ﷲއަންގަވާފައިވާ މަގުން ޝަރީޢަތްކުރުމުގެ ގާނޫނުތައް ހަދައިދިނުމަކީ ގާނޫނުހަދާ މަޖިލީހުގެ ޒިންމާއެކެވެ. ކަންމިހެން ހުރުމާއެކު މިނެކިރުމުން ވައްކަންކުރަމުންދާ ދިވެހި މަހުޖަނުންނަށް ލިބެންޖެހޭ ޙައްގު އަދަބު، ވެރިކަން ހިންގުމުގެބާރާ ޢަދުލުއިންޞާފްގެބާރާއި، ގާނޫނުހަދާ ބާރު ގުޅިގެން އެފަރާތްތަކަށް ދިނުމަށް ގޮވާލަމެވެ. އަދިހަމަ މިނޭވާގައި ދައުލަތުގެ ތިންބާރަށް އަޅުގަނޑު މިގޮވާލަނީ ގައުމުފަސާދަކުރާ ފަރާތްތަކަށް ﷲ އަންގަވާފައިވާ އަދަބުދެއްވާ މިގައުމުގެ އިސްތިގްލާލް ރައްކާތެރިކޮށްދެއްވުމަށެވެ. ތަކެތީގެ އަގު ބޮޑުވަމުންދާ ކަމަށް ބުނެކުރާ މުޒާހަރާގައި ތަކެތީގެ އަގުހެޔޮކުރެވޭނެ އެއްވެސް ޢިލްމީ ވިސްނުމެއްހުރި ޑިމާންޑެއް ނުކުރެއެވެ. އެތަނުގައިގޮވަނީ އިސްތިއުފާއާއި ރައީސްގެ އަބުރަށް ހުތުރުވާފަދަ ޢިބާރާތްތަކުންނެވެ. މިއީ މިފަދަ އިސްލާމީ ގައުމެއްގައި، އަމުދުން މިފަދަ ބަރަކާތްތެރި މައްސަރެއްގައި އިސްލާމުންކުރުން ރަނގަޅު ކަންތައްތަކެއްނޫނެވެ. މުޒާހަރާކުރުމަކީ މިވަންކަން ލިބިފައިއޮތްކަމެކެވެ. މުޒާހަރާކުރުމަށް ގާނޫނު ހުއްދަކޮށްފައިވަނީ ޞުލްހަވެރިކަމާއެކު މުޒާހަރާކުރުމަށެވެ .ހަނގުރާމަކުރުމަކަށް ނޫނެވެ. ގާނޫގައި ބަޔާންކުރެވިފައިވާ ގޮތާ ޚިލާފަށް މުޒާހަރާކުރަން އުޅެފިނަމަ، ގާނޫނުގައިވާ އަދަބުލިބޭނެއެވެ. މި ހިސާބަށް ވެސް ސަރުކާރުންއައީ މުޒާހަރާގެ އާކަނޑުވާލުމުގެގޮތުން މަނާ ސަރަޙައްދުތަކުގައި ކުރިމުޒާހަރާތަކުގެ ބައިވެރިންނަށް އެއްވެސް އަދަބެއްނުދީ އެވެ. ނަމަވެސް ރައްޔިތުންގެ ހިތްހަމަނުޖެހޭ ކަންކަމަކީ ސަރުކާރުންވެސް ބަލައިގަންނާނޭކަންކަން، ނޫންކަމުން، މުޒާހަރާކުރުމުގައި ގާނޫނާޚިލާފްވާ ފަރާތްތަކާމެދު ގާނުނީގޮތުންކަނޑައެޅިފައިވާ އަދަބުލިބޭނެއެވެ.
ރޭމާލޭގައި ހަމަނުޖެހުންހިންގުމަށް ބަޔަކުރޭވިކަންވެސް އެގެއެވެ.މާކުރީއްސުރެ ސަލާމަތީބާރުތައްއޮތީ އެކަންކަން ދެކެދެނެތިބިޙާލުގައެވެ.
ތަކެތީގެއަގުހެޔޮކުރަންބޭނުންނަމަ މާލޭގެބޮޑެތިމަހުޖަނުންގެ ގޭދޮށަށް އެއްވެމުޒާހަރާކުރާށެވެ. އަދި މުޒާހަރާއަށް ނުކުތުމުގެކުރިން އަގުބޮޑުވެގެން ތިއުޅުއްވާ ބާވަތްތައް ރާއްޖެއަށް ތަކެއްޗާ ކާބޯތަކެތިއެތެރެކުރާ ގައުމުތަކުގައި ވިއްކަންހުރި އަގުތައް ބަލާލުންމުހިންމެވެ. މަޢުލޫމާތެއްނެތި، ވާނުވާނޭނގިތިބެ ބަޔަކު ބުނީތީ މަގުމައްޗަށް ނުކުމެ ކަރުފަޅާނެކަމެއްނެތެވެ. މިރާއްޖެއަށް ނިމިދިޔަސަރުކާރުން ޖައްސާފައިވާ ޙާލުގެވާހަކަ ރައްޔިތުންގެ ގާތުގައިސަރުކާރުން އޮތީބުނެދީފައެވެ. ކަންމިހެން ހުރުމާއެކު ސަރުކާރާ ރައްޔިތުން ދަރާފައިއޮތް ދަރަނިއަދާކުރެވެންދެން، ދަތިވާނެ ވާހަކަވެސް ސަރުކާރުން އޮތީބުނެދީފައެވެ. 30 އަހަރުވީ ވެރިކަން ކޮށްފައިވަނީ ރައްޔިތުންގެ މާލީމަންފާއާ މެދު ވިސްނައިގެންނޫންކަމާއި، ގައުމުގެވެރިކަން ރައްޔިތުން ބަދަލުކުރީވެސް މިކަންކަމުން ސަލާމަތްވުމަށްޓަކާ ކަން ވިސްނާ ފިކުރުކުރި މީހުންނަށް އެނގޭނެއެވެ.
ގައުމެއްގެ އިގްތިޞާދު ރަނގަޅުކުރެވޭނީ އިޚުލާޞްތެރިވެރިއަކު ގައުމަށް ލިބުނީމައެވެ. މިއޮތީއެދުވަސް ފެނިފައެވެ.