އެމްޑީޕީގެ ވަފްދެއް މާދަމާ ހެނދުނު މަތި އުތުރަށް ފުރާނެ

ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށް އެކުލެވޭ އެމްޑީޕީގެ ވަފްދެއް މާދަމާ މަތިއުތުރަށް ފުރާނެއެވެ.
މި ވަފްދު ދިއުމަށް ހަމަ ޖެހިފައިވަނީ ހއ.ކެލާ އަދި ވަށަފަރަށެވެ. މި ދަތުރުގައި މާދަމާރޭ ހއ.ކެލާގައި އެމްޑީޕީގެ އާންމު ޖަލްސާ އެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާ ހަވީރު ވަށަފަރު ގެ އެމްޑީޕީ މެންބަރުންނާއި އެޕާޓީއަށް ތާއީދުކުރާ ފަރާތްތަކާއެކު ޚާއްސަ ބައްދަލުވުމެއް ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.