ސަރުކާރުގެ މާލީ ސިޔާސަތާ ބެހޭ މައުލޫމާތު މާލީ ވަޒީރު އެމްޑީޕީގެ މެންބަރުންނަށް ދެއްވައިފި

އިބްރާހީމް ރާމިޒް

inaaz-haruge-22-5-450-x-301

ސަރުކާރުގެ މާލީ ސިޔާސަތާ ބެހޭ މައުލޫމާތު މާލީ ވަޒީރު އެމްޑީޕީގެ މެންބަރުންނަށް ދެއްވައިފިއެވެ.
އާދީއްތަ ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި އެޕާޓީގެ މެންބަރުންނަށް ޚާއްސަކޮށްގެން ބޭއްވި މި ބައްދަލުވުމުގައި ޑޮލަރުގެ ހަމަ އަގު އައުމުގެ ސަބަބުން ތަކެތީގެ އަގަށް އަންނަ ބަދަލުތަކާއި، އިޤްތިސާދު ހަމައަކަށް ގެނައުމަށް ސަރުކާރުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު އެމްޑީޕީގެ މެންބަރުންނަށް މާލީ ވަޒީރު އެރުއްވިއެވެ.
އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ބައިވެރިވެ މައުލޫމާތު ހޯދާފައިވާ ކަމަށް މާލެ ސިޓީ ގެ އެމްޑީޕީ ހިންގާ ކޮމިޓީގެ ރައީސް މުޙައްމަދު ރަޝީދު (ބިގޭ) ވިދާޅުވިއެވެ.
މިއީ މިފަދަ ފުރަތަމަ ބައްދަލުވުން ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި އެހެން ދާއިރާތަކުން އެމްޑީޕީގެ މެންބަރުންނަށް މައުލޫމާތު ދިނުމަށް އިތުރު ބައްދަލުވުންތަކެއް ބާއްވަވާނޭ ކަމަށް މާލެ ސިޓީގެ އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.