އެމްޑީޕީގެ ޚާއްސަ ޖަލްސާ އެއް މިރޭ އާޓީފިޝަލް ބީޗް ގައި އޮންނާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަރަށް ޚާއްސަ ޖަލްސާ އެއް މިރޭ އާޓިފިޝަލް ބީޗްގައި އޮންނާނޭ ކަމަށް އެޕާޓީން ބުނެފިއެވެ.
މިރޭ 9 ޖަހާއިރު އާޓިފިޝަލް ބީޗުގައި އޮންނަ މި ޖަލްސާ އަށް އެމްޑީޕީގެ އެންމެހާ މެންބަރުންނާއި، އެޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި ތާއީދުކުރައްވާ ހުރިހާ ފަރާތަކުން ބައިވެރިވެވަޑައިގެން ދެއްވުން އެޕާޓީން އެދެއެވެ.
އެމްޑީޕީން މި މަހުގެ 1 ވަނަ ދުވަހު ވެސް ވަނީ އާޓިފިޝަލް ބީޗްގައި ފޯރިގަދަޚާއްސަ ޖަލްސާ އެއް ބާއްވާފައެވެ.