އެމްޑީޕީގެ އިތުރު މެންބަރުންތަކެއް ކޮމިޓީ އެލަވަންސް ނުނަންގަވާ ގޮތަށް ނިންމަވައިފި

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ޗެއަރޕާސަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ އިތުރު މެންބަރުންތަކެއް ކޮމިޓީ އެލަވަންސް ނުނަންގަވާ ގޮތަށް ނިންމަވައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީންއާންމު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދުޢަބްދުލްޤަފޫރާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އާއި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ އިތުރުން ތިނަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމުގެ ނައިބު މުޙައްމަދު ގަސަމް އާއި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްދޭމުސާރައިގެ އިތުރުން، އޭގެ އިތުރުން ކޮމިޓީ އެލަވަންސްގެ ގޮތުގައި ދޭ 20،000 ރުފިޔާގެ އެލަވަންސް ނުނަންގަވާނޭ ކަމަށް ވިދާޅުވެފައެވެ.