ހިންމަފުށީގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ނިއު ޕޮއިންޓް އާސިފް މިރޭ އެމްޑީޕީއަށް ސޮއިކޮށްފި

ކ.ހިންމަފުށިން އިބްރާހީމް ރާމިޒް

dscn0314-450-x-338

މެދު އުތުރު ޕްރޮވިންސްގެ ކ.ހިންމަފުށީގެ ަމަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ (ނިއު ޕޮއިންޓް) އަޙުމަދު އާސިފް މިރޭ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
ހިންމަފުށީ ނިއު ޕޮއިންޓް ރެސްޓޯރަންޓަގައި މިކަމަށްޓަކައި ޚާއްސަކޮށްގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއަރޒް އަޙުމަދު އާދިލް އާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޔޫތު އެންޑް ސްޕޯރޓްސް މިޙައްމަދު ރަޝީދު (ބިގޭ) އާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަދި ތުލުސްދޫ ދާއިރާގެ އެމްޑީޕީ ރައީސް މުޙައްމަދު ފިރާގުގެ އިތުރުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި އަހުމަދު އާސިފް ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީއަށް ހިންމަފުށީގެ ކައުންސިލް ކާމިޔާބުކުރުމަށްޓަކައި ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނޭ ކަމަށް ވިދާޅުވިއެވެ. ،