ރަސްދޫ ބަނދަރުގެ މިލްކުވެރިކަމަށް ޑީއާރުޕީން ދައުވާކުރަމުންދާ ކަމަށް އެމްޑީޕީން ބުނެފި

އއ.ރަސްދޫއިން އިބްރާހީމް ރާމިޒް

dsc_0647-400-x-266

މިވޭތުވެދިޔަ އަހަރުގެ ތެރޭގައި ހަދަން ފަށާފައިވާ ރަސްދޫގެ ބަނދަރުގެ މިލްކުވެރިއަކީ ޑީއާރުޕީކަމަށް ބުނެ އެޕާޓީން ދައުވާކުރަމުންދާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މިހާރު އަރިއަތޮޅަށް އެމްޑީޕީން ކުރަމުންދާ ކެމްޕެއިން ދަތުރުގައި އިއްޔެ ހަވީރު ރަސްޑދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މޫސަ ދެއްކެވި ވާހަކަފުޅުގައި މޫސަ ވިދާޅުވީ ޑީއާރުޕީން ކިތަންމެ ވަރަކަށް އެބަނދަރު އެއީ ކުރީގެ ސަރުކާރުން ހެދި ބަނދަރެއް ކަމަށް ބުނަމުން ދިޔަ ނަމަވެސް މިރަށު ބަނދަރަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ސަރުކާރުން އެމަނިކުފާނު ހައްދަވާ ބަނދަރެއް ކަމަށެވެ. އަދި ޑީއާރުޕީން މި ބަނދަރުގެ މިލްކުވެރިކަމަށް ދައުވާ ކުރާއިރު އެޕާޓީގެ ލީޑަރަކީ ކާކުކަން ޚުދު އެޕާޓީއަށް ނޭނގޭ ކަމަށާއި، މިރަށުގެ ބަނދަރުގެ ވާހަކަ 2007 ވަނަ އަހަރުވެސް ރައްޔިތުންގެ މަޖިލީހުގައި މޫސަ ދައްކަވާފއިވާނޭ ކަމަށް ވިދާޅުވިއެވެ.
” މި ބަނދަރަކީ ސީދާ އެމްޑީޕީން ރައީސް ނަޝީދު ހައްދަވައިދެއްވާ ބަނދަރެއް. މި ބަނދަރުގެ މިލްކުވެރިކަމާ އެއް ވެސް ބަޔަކު އުޅޭނެ ކަމެއް ނެތް. މި ބަނދަރުގެ މިލްކުވެރިކަން ޑީއާރުޕީއަށް ދެންޏާ ޑީއާރުޕީގެ ކާކަށްތޯ މިކަންދޭނީ. ޑީއާރުޕީގެ ލީޑަރަކީ ކާކުކަން އަދި މިއުޅެނީ ނޭނގިގެން. ޑީއާރުޕީގެ މިލްކުވެރިކަމަށް 4 މީހަކު އެބަ ދައުވާކުރޭ.” މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ވޭތުވެދިޔަ 30 އަހަރު ރައްޔިތުންނަށް އަނިޔާވެރިވުން ނޫން ކަމެއް ކުރީގެ ސަރުކާރުން ކޮށްފައިނުވާ ކަމަށާއި، ” އެންމެ ކުޑަމިނުން ރަށަކަށް ކަތީބަކުވެސް އިންތިޚާބަކުން ހޮވާފައި ނެތް” ކަމަށް މޫސަ ވިދާޅުވިއެވެ. އަދި އަނެއް ދިވެހިރާއްޖެ ރަށަށް ގެންދިއުމަކީ ތަރައްގީއާއި ތަހުޒީބުގެ މަގަށް ދިއުން ކަމަށާއި، އެމްޑީޕީން ޑިމޮކްރަސީގެ އުސޫލުން އެޕާޓީގެ ވެރިކަމުގެ ބިންގާ އަޅާފައި މިވަނީ 500 އަހަރަށް ކަމަށް މޫސަ ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ …..