ތަހުނިޔާ ދެންނެވުން: އާ އަހަރުގެ ތަހުނިޔާ

mdp-logo

މިއަދު މި ފެށުނު މީލާދީ އާ އަހަރުގެ ތަހުނިޔާއާއި މުބާރިކް ބާދީ އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ގޮފިތަކުގެ ރައީސުންނަށާއި، ޕާޓީގެ ކޮމިޓީތަކުގެ މެންބަރުންނަށާއި، ދާއިރާތަކުގެ ހިންގާ ކޮމިޓީގެ މެންބަރުންނަށާއި، އަންހެނުންގެ އިންތިޤާލީ ރޫހުގެ މެންބަރުންނަށާއި، ޤައުމީ މަޖިލީހުގެ މެންބަރުންނަށާއި، އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީއާއި، ޕާލަމެންޓަރީ ގުރޫޕުގެ މެންބަރުންނަށާއި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހު އާއި، ޕާޓީގެ ރައީސް އިބްރާހީމް ޙުސައިން ޒަކީއާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދެކަނބަލުންގެ އިތުރުން ދިވެހި އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އެމްޑީޕީގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަރިސްކުރަމެވެ.

އަޅުގަނޑުގެ އުއްމީދަކީ މި ފެށުނު މީލާދީ އާ އަހަރަކީ ދިވެހި އެންމެހާ އަޚުންނާއި އުޚުތުންނަށް އުފަލާއި، ތަނަވަސްކަމާއި، ހިތްހަމަޖެހުމާއި ބާއްޖަވެރިކަމުން ފުރިގެންވާ އަހަރަކަށް ވުމެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ދުވެލި މެކުހަށް ޖަހައި، ފާގަތި ދިވެހިރާއްޖެއެއް ދިވެހީންނަށް މިންވަރުކޮށްދެއްވުމެވެ. ދިވެހި ޤައުމަށް އަދަށް ވުރެ މާ ފަހި، މާ ރޯޝަނީ މާދަމާއެއް ދެއްވުމެވެ.


(ރީކޯ) މޫސާ މަނިކު
ޕާލިމެންޓަރީ ގުރޫޕް ޅީޑަރ