އަންނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރިމަތިލާނެ ކެންޑިޑޭޓުންނަށް ޕާޓީޓިކެޓް ހޯދުމަށް އެދި މެންބަރުން ހުޅަހެށި ފޯމްތައް ތަރުތީބު ކުރުމަށްފަހު މިހާ ހިސާބަށް ކުރެވުނު މަސައްކަތުގައި 48 އިންތިހާބީ ދާއިރާއަށް ހޮވިފައިވާ ކެންޑިޑޭޓުންގެ ނަންތައް އެމްޑީޕީން މިއަދު އިއުލާންކޮށްފިއެވެ.
އަންނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރިމަތިލާ ކެންޑިޑޭޓުންނަށް ޕާޓީ ޓިކެޓް ދިނުމަށް އެމްޑީޕީން އުފެއްދި ކޮމިޓީގެ މެންބަރު އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު ޝުއައިބު އަލީ ވިދާޅުވީ މިހާތަނަށް 18 އިންތިހާބީ ދާއިރާއެއްގައި ޕްރައިމަރީ ބާވަންޖެހޭކަމަށް ޤައުމީ ހިންގާ ކޮމެޓީން ނިންމަވާފައިވާ ކަމަށެވެ. މިގޮތުން ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސާފައި ވަނީ 23 ޖެނުއަރީ 2009 ވާ ހުކުރު ދުވަހުގެ މެންދުރުފަހުގައި ކަމަށާއި މިއިންތިހާބުގައި ޕްރޮކްސީ ބޭނުން ނުކުރާ ގޮތަށް ޤައުމީ ހިންގާ ކޮމެޓީން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިޕްރައިމަރީގެ ވޯޓުލުމުގައި އެއްވެސް ރިސޯޓެއް ނުވަތަ ސިނާއީ އެއްވެސް ސަރަހައްދެއްގައި ވޯޓުފޮށި ނުބަހައްޓާނެ ކަމަށާއި އަދި ވޯޓު ފޮށި ބަހައްޓާ އަތޮޅުތަކުގެ ވޯޓުލުމުގެ އިންތިޒާމްތައް މިހާރު ދަނީ ކުރެވެމުން ކަމަށާއި މިޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބޭ މެންބަރުންނަކީ 15 ޖެނުއަރީ 2009 ވަނަ ދުވަހާ ހަމައަށް އެމްޑީޕީގެ މެންބަރަކަށް ވުމަށް ފޯމް ފުރާ ހުށަހަޅާ އަދި އެފޯމް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ރަޖިސްޓްރީ ކޮށްފައިވާ މެންބަރުންގެ ތެރެއިން ޕްރައިމަރީ ބާއްވާ އިންތިހާބީ ދާއިރާތަކުގެ މެންބަރުންނަށް ވާންޖެހޭ ކަމަށް ޝުއައިބު ވިދާޅުވިއެވެ.
ހއ.އަތޮޅު
އެމްޑީޕީން މިއަދު އިއުލާން ކުރި 48 އިންތިހާބީ ދާއިރާއަށް ހޮވުނު ކެންޑިޑޭޓުންނަކީ (1) ހއ. ހޯރަތުރާކުނު (ހޯރަފުށި، ތުރާކުނު، އުލިގަމު، ބެރިންމަދޫ، މުޅަދޫ) އަށް އަހުމަދު ރަޝީދު (ސަންގު)، (2) ހއ. އިހަވަންއުތީމު (އިހަވަންދޫ، މާރަންދޫ، ތަކަންދޫ، އުތީމު) އަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަހުމަދު އަބްދުﷲ (3) ހއ. ވަށަދިއްމުރައިދޫ (ދިއްދޫ، ވަށަފަރު، މުރައިދޫ) އަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަހްމަދު ސަމީރު، (4) ހއ. ތިލައިރު (ކެލާ، ފިއްލަދޫ، ބާރަށް) އަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ ނައިބު ފުއާދު ގާސިމް (ފޯޑު) އެވެ.
ހދ. އަތޮޅު
(5) ހދ. ނޮޅިކުމުންދޫ (ކުރިނބި، ކުނބުރުދޫ، ކުމުންދޫ، ނޮޅިވަރަމް، ނޮޅިވަރަންފަރު) އަށް ކުރީގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް)، (6) ހދ. ވައިކުރެމަކުނުދޫ (މަކުނުދޫ، ވައިކަރަދޫ، ނޭކުރެންދޫ، މާވައިދޫ) އަށް ވައިކަރަދޫ ހުސެއިން ޒާމިރު އެވެ.
ށ. އަތޮޅު
(7) ށ. ފަރުކޮޅުއުނގޫދޫ (ކަނޑިތީމު، ގޮއިދޫ، ބިލެތްފަހި، ފޭދޫ، ނޫމަރާ) އަށް މުހައްމަދު ސިރާޖު، (8) ށ. ފަރުކޮޅުއުނގޫދޫ (ޅައިމަގު، ފުނަދޫ، މާއުނގޫދޫ) އަށް މުހައްމަދު މުސްތައުސިމް އެވެ.
ށ. (9) ނަރުމިލަންދޫ (ފީވަށް، މިލަންދޫ، ނަރުދޫ) އަށް މުހަންމަދު ޔޫސުފް ފުޅު، 10. ފޯކައިކޮމަންޑޫ (ފޯކައިދޫ، މަރޮށި، ކޮމަންޑޫ) އަށް ހުސައިން ވަހީދު، 11. ފުވައްމުލަކު ދެކުނު (ދޫޑިގަމް، ފުނާޑް) ހިމެނޭ ދާއިރާއަށް މުހައްމަދު ސައީދުއެވެ.
(12) ށ. ފޯކައިކޮމަންޑޫ (ފޯކައިދޫ، މަރޮށި، ކޮމަންޑޫ) އަށް ހުސެއިން ވަހީދުއެވެ.
ނ. އަތޮޅު
13 ނ. ކެންދިކުޅުލަންދޫ (ހެނބަދޫ، ކެންދިކުޅުދޫ، ލަންދޫ، މާޅެންދޫ، ކުޑަފަރީ) އަށް ޓީމް ޖަމްއިއްޔާގެ ރައީސް އަހުމަދު އީސާ، 14 ނ. މަނަމިލަދޫ (މިލަދޫ، މަގޫދޫ، ޅޮހީ، މަނަދޫ، މާފަރު) އަށް މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް ކަލްޗަރގެ ނައިބު މުހައްމަދު ތޯރިގު، 15 ހޮޅުވެލިދޫ (ފޮއްދޫ، ހޮޅުދޫ، ވެލިދޫ) މުހައްމަދު ހަލީމް އެވެ.
ރ. އަތޮޅު
16. ރ. އަލިތީމް (އަލިފުށި، އަނގޮޅިތީމު، ވާދޫ، ރަސްގެތީމު) އަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)، 17. ކަނދޮޅުދޫ (ކަނދޮޅުދޫ/ ދުވާފަރު) އަށް އަލްއުސްތާޛް އަހުމަދު މުހައްމަދު ޝުކުރީ، 18. މީދޫމަޑުއްވަރީ (މަޑުއްވަރީ، މީދޫ) އަށް އަހުމަދު ޝަރީފް އެވެ.
ބ. އަތޮޅު
19. ބ. އޭދަފުށިހިތާދޫ (މާޅޮސް، އޭދަފުށި، ހިތާދޫ) އަށް މުހައްމަދު ވަޖީހު، 20. ކެންދަރަވަންދޫ (ކެންދޫ، ކުޑަރިކިލު، ކަމަދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ) އަށް އަހުމަދު އިނާޒް އެވެ.
ޅ. އަތޮޅު
21. ޅ. އޮޅުކުރެންދޫ (ކުރެންދޫ، އޮޅުވެލިފުށި) އަށް ކުރީގެ ހާއްސަ މަޖިލީހުގެ ޅ.މެންބަރު ހުސެއިން އިބްރާހީމް، 22. ހިންނަވަރު (ހިންނަވަރު) އަށް ޅ. މެންބަރު އިބްރާހީމް މުހައްމަދު ޞާލިހު (އިބޫ)، 23. ނައިފަރު (ނައިފަރު) އަށް މުހައްމަދު ނާޒިމް (ބައުންޓީ) އެވެ.
ކ. އަތޮޅު
24. ކ. ގާފަރުކާށިދޫ (ގާފަރު، ކާށިދޫ) އަށް އަހުމަދު ޝާކިރު، 25. މާލެއަތޮޅު ދެކުނު (ގުޅި، މާފުށި، ގުރައިދޫ) އަށް އަހުމަދު ސިރާޖް އެވެ.
އއ. އަތޮޅު
26. އއ. އުކުރަސްތޮއްޑޫ (ތޮއްޑޫ، ރަސްދޫ، އުކުޅަސް) އަށް އއ.އަތޮޅު ކައުންސިލަރ މޫސާ ނައީމް، 27.އދ. ފެންފުށިމާމިގިލި (މަންދޫ، ފެންފުށި، މާމިގިލި، ދިއްދޫ، ދިގުރަށް) ހިމެނޭ ދާއިރާއަށް އދ. މާމިގިލީ އިބްރާހީމް ރަޝީދު އަބޫބަކުރު، 28. ވ.ފެލިއުތުރު (ފުލިދޫ، ތިނަދޫ، ފެލިދޫ) އަށް އައިމިނަތު ޝަފާނާ، 27. ފެލިދެކުނު (ރަކީދޫ، ކެޔޮދޫ) އަށް ވ. ކައުންސިލާ މުހައްމަދު ހަސަން (މޮއްޅަ)، 29. މުލަކު ދެކުނު (ނާލާފުށި، މުލަކު، ކޮޅުފުށި) ހިމެނޭ ދާއިރާއަށް މ. އަތޮޅު ކައުންސިލަރ މުޙައްމަދު އާދިލް، 30. ބިލެއްމަގޫދޫ (ފީއަލި، ބިލެތްދޫ، މަގޫދޫ) އަށް ހޯމް އެފެއާޒް ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަފީޤް (ސައްޕެ) އެވެ.
ތ. އަތޮޅު
31. ތ.ބުރުމިގިލި (ބުރުނި، ވިލުފުށި، މަޑިފުށި، ދިޔަމިގިލި) އަށް ތ. މެންބަރު ހަސަން އަފީފް، 32. ތިމަރަގުރައިދޫ (ގުރައިދޫ، ގާދިއްފުށި، ތިމަރަފުށި) އަށް މުޙައްމަދު މުސްތަފާ (ސީފުޑް) 33. އިސްދަނބިމާބައިދޫ (އިސްދޫ، ދަނބިދޫ، މާބައިދޫ) އަށް އަލީ ޝަމީމް އާދަމް، 34. ލ.ގަން (މުންޑޫ، ކަޅައިދޫ، ގަން) އަށް ކުރީގެ ހާއްސަ މަޖިލީހުގެ ލ. މެންބަރު މުހަންމަދު ނަސީމް (ނަފާ) އެވެ.
ގއ. އަތޮޅު
35. ގއ.މާނިލަންދޫ (މާމެންދޫ، ނިލަންދޫ، ދާންދޫ)އަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މުހައްމަދު ރިޔާޒް، 36. ގދ. މަޑަހޯޑެއްލާ (މަޑަވެލި، ހޯޑެއްދޫ، ނަޑައްލާ) އަށް އެމްޑީޕީ ގދ. ދާއިރާގެ ނައިބް ރައީސް މުހައްމަދު ނާޒިމް، 37. ގދ. ގައްވާދޫ (ގައްދޫ، ވާދޫ) އަށް މުހައްމަދު އިމްތިޔާޒް އެވެ.
ޏ، ސ އަތޮޅު
38. ޏ.ފުވައްމުލަކުމެދު (މިސްކިތްމަގު، މާލެގަން، މާދަނޑު) ދާއިރާއަށް ޝިފާޤް މުފީދު، 39.ސ.ހުޅުމީދޫ (ހުޅުދޫ، މީދޫ) އަށް އިލްޔާސް ލަބީބް، 40.ސ.ފޭދޫ (ފޭދޫ) އަށް މުހައްމަދު ސައީދު (މުއްލާ)، 41. ސ.ހިތަދޫ (ހިތަދޫ ބޭރުމަތި) ދާއިރާއަށް ޢަބްދުﷲ ސަޢީދު، 42. ސ.ހިތަދޫ (ކޮރުވައު-މުލަކުޑަ) އަށް ސ. މެންބަރު މުޙައްމަދު އަސްލަމް އެވެ.
ކ. މާލެ
43. ހުޅުހެންވޭރަށް ލ. މެންބަރު މޫސާމަނިކު (ރީކޯ)، 44. ގަލޮޅު އުތުރަށް ގައުމީ މަޖިލިސް މެންބަރު އީވާ ޢަބްދުﷲ، 45. ގަލޮޅު ދެކުނަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް)، 46. މައްޗަންގޮޅި އުތުރަށް ކ. މެންބަރު މާރިޔާ އަހުމަދު ދީދީ، 47. މާފަންނު އުތުރަށް އިމްތިޔާޒް ފަހުމީ، 48. މާފަންނު ދެކުނަށް އިބްރާހީމް ރަޝީދު (ބޮންޑަ) އެވެ.
އެމްޑީޕީ ކެމްޕެއިން އޮފީސް
މ. ރެޑް ގްރާސް (ރިޔާޒީ ހިނގުން)