އެމްޑީޕީގެ އަނެއް ދިވެހިރާއްޖެ ރަށަށް ކެމްޕެއިން: ހުޅުހެންވޭރު ދާއިރާއިން ޖަގަހައެއް ހުޅުވަނީ

19 ޑިސެމްބަރ 2010

އިބްރާހީމް ރާމިޒް

maizan-ali-manik

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގެ މާލެ ސިޓީ ކައުންސިލްގެ ހުޅުހެންވޭރު ދާއިރާއަށް ކުރިމަތިލައްވާ ހ. އިސްދޫ (މައިޒާން) އަލިމަނިކު، ކެމްޕެއިން ޖަގަހައެއް ހުޅުވަން ހަމަޖައްސައިފި ކަމަށް އެމްޑީޕީ މާލޭ ދާއިރާގެ ކޯރޑިނޭޓަރ (މާލިމީ) އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން މާލިމީ އިބްރާހީމް ވިދާޅުވީ މަސްވެރިންގެ ޕާކުގެ ކުރިމަތިން ހުންނަ ކުރީގެ ސީޕްރިއާ އިމާރާތުގައި މި ޑިސެމްބަރު މަހުގެ 21 ވާ އަންގާރަ ދުވަހުގެރޭ ގައެވެ.
މައިޒާން އަލިބެގެ އިތުރު ކެމްޕެއިން ޖަގަހައެއް މިފެށޭ ޖަނަވަރީ މަހު ކުރީ ކޮޅު ހުޅުމާލޭގައި ހުޅުވާ ގޮތަށް ހަމަޖެހިފައިވާ ކަމުގެ މަޢުލޫމާތު ލިބިލައްވާފައިވާ ކަމަށް ވެސް މާލިމީ އިބްރާހީމް ވިދާޅުވިއެވެ.