ރަޢީސުލްޖުމްހޫރިއްޔާ މާދަމާ ޢީދު ސަލާންކުރައްވާނީ އދ. މަންދޫގައި

ބަރަކާތްތެރި އަޟްހާ ޢީދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ޢީދުސަލާން ކުރައްވާނެއެވެ.
މީގެކުރިން މާލޭގައި ބާއްވަމުން ގެންދެވި މިއިވެންޓް މިފަހަރު އަތޮޅުތެރޭގައި މިބާއްވަނީ މުޅީން އަލަށެވެ.
ޢީދުދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާއާ ސަލާންކޮށް ބައްދަލުކުރުމުގެ ފުރުޞަތު މަންދޫއިން ވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ.