ނޫސް ބަޔާން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު ސަރުކާރުގެ ސިޔާސީ ނުފޫޒުން އިތުރު ކުރަަން ނިންމި ނިންމުން ކުށްވެރިކުރުން

ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަންފެށި ސުލްހަވެރި އިހުތިޖާޖަށް ސަރުކާރުން ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރުމަޢުރޫފް ޛާކިރު ހިމެނޭހެން ޖުމްލަ 8 މީހަކު ވަނީ އެ ހަރަކާތުގެ ތެރެއިން ޤާނޫނާ ހިލާފަށް ހައްޔަރުކޮށްފައެވެ.

ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ،  ކުށެއްގެ ތުހުމަތުގައިބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ 24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެކުރިމައްޗަށް ހާޒިރުކުރަން ވާނެކަމަށެވެ. އެހެންނަމަވެސް، ދެންނެވުނު ފަރާތްތަކުގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ 4 މީހުންނެވެ. އަނެއް 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަކާނުލައި ބަންދުގައި ބައިތިއްބައިފައި އެ ވަނީ ޤާނޫނުއަސާސީއާ ހިލާފަށެވެ.

4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ފުލުހުން ހުށަހެޅުމުން، ކޮންމެ މީހަކު އިތުރު 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓުން މި ގޮތަށް އަމުރުކުރި ނަމަވެސް، އެ މީހުންނަށް ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ހުރިކަމަށް ފުލުހުންނަށް ބަންދުގެ އަޑުއެހުމުގައި ސާފުކޮށް ބުނެދެވިފައެއް ނުވެއެވެ. އަދި އިތުރަށް ބަންދުގައި ބައިތިއްބަން ޖެހޭ ޤާނޫނީ ސަބަބެއް ވެސް ބަޔާންކޮށްދެވިފައެއް ނުވެއެވެ.

އެހެންނަމަވެސް، ޤާނޫނުއަސާސީއާއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ހިލާފަށް އަދި އާއްމުކޮށް ކޯޓުން ޢަމަލުކުރަމުން އަންނަ އުސޫލާވެސް ހިލާފަށް، ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓުން ވަނީ ނިންމާފައެވެ. މިއީ، ޤާނޫނުއަސާސީއާއީ ހިލާފަށް އަދި ސަރުކާރުގެ ސިޔާސީ ނުފޫޒުގެ ސަބަބުން ނިންމި ނިންމުމެއް ކަމުގައި ވީތީ، އެ ކަން މި ޕާޓީން ކުށްވެރިކުރަމެވެ.

އަދި، ޤާނޫނުއަސާސީއާ ހިލާފަށް ހައްޔަރުކޮށްފައިވާ އެންމެން ވަގުތުން މިނިވަންކުރުމަށް ސަރުކާރަށް ގޮވާލަމެވެ.

ފަހުގެ ނޫސް ބަޔާންތައް

ނޫސް ބަޔާން

1st December 2026

ތަރައްޤީއަށް ހުރަސް އަޅަނީ ކައުންސިލްތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުން ކުށްވެރި ކުރުން

ނޫސް ބަޔާން

3rd January 2026

އިންތިހާބަށް ނުފޫޒު ފޯރުވުމަށް ތުޅާދޫގެ ހައުސިންގ ޔުނިޓްތައް ދޫކުރަން ސަރުކާރުން ކުރަމުން އަންނަ ކަންކަން ހުއްޓައިލުމަށް ގޮވައިލުން

ނޫސް ބަޔާން

3rd January 2026

ސަރުކާރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއެޅުން ކުށްވެރިކުރުން

ނޫސް ބަޔާން

31st December 2025

ހދ. ހިރިމަރަދޫގެ ރައްޔިތުން 2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އެރަށުގެ ރައްޔިތުންގެ ވޯޓުލުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުން