ނޫސް ބަޔާން

އެމްޑީޕީ ގައްދޫ ދާއިރާ ރައީސަށް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް ގޮވައިލުން

ޤާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެކެވެ. އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ޙައްޤެއްކަމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ކަށަވަރުކޮށްދެއެވެ.

ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދެއެވެ.

އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ސިޔާސީ ގޮތުން ދައުވާކޮށް، ނާއިންސާފު ހުކުމެއް ކުރިފަހުން މިހާރު މި ވަނީ 5 މަސް ވެފައެވެ.

އަދި އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅިފަހުންވެސް 3 މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް، އެ މައްސަލައާ ގުޅިގެން މިހައިތަނަށް އެންމެ އަޑުއެހުމެއްވެސް ބާއްވައިފައިނުވެއެވެ.

މިއީ، މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި، އަހުމަދު ސައީދު މުހައްމަދުގެ އިސްތިއުނާފު މައްސަލަ އަވަސްކޮށްދިނުމަށާއި، އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް މި ޕާޓީން ގޮވައިލަމެވެ.

01 މާރޗް 2026

ފަހުގެ ނޫސް ބަޔާންތައް

ނޫސް ބަޔާން

1st December 2026

ތަރައްޤީއަށް ހުރަސް އަޅަނީ ކައުންސިލްތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުން ކުށްވެރި ކުރުން

ނޫސް ބަޔާން

1st March 2026

އެމްޑީޕީގެ ހަރަކާތްތެރިންގެ މައްޗަށް ކުރާ ސިޔާސީ ދައުވާތައް ކުށްވެރިކުރުން

ނޫސް ބަޔާން

3rd January 2026

އިންތިހާބަށް ނުފޫޒު ފޯރުވުމަށް ތުޅާދޫގެ ހައުސިންގ ޔުނިޓްތައް ދޫކުރަން ސަރުކާރުން ކުރަމުން އަންނަ ކަންކަން ހުއްޓައިލުމަށް ގޮވައިލުން

ނޫސް ބަޔާން

3rd January 2026

ސަރުކާރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއެޅުން ކުށްވެރިކުރުން