ނޫސް ބަޔާން

އެމްޑީޕީގެ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުދޭތީއާއި އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން ކުށްވެރި ކުރުން

MDP/2026/IUL/008

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕޭނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށް ދިނުމުގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި ފުރުސަތު ފަހިކޮށް ދެމުންގެންދާތީ އެމްޑީޕީގެ ފަރާތުން އެކަން ކުށްވެރި ކުރަމެވެ.

ހުޅުމާލޭގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭނަށް ބޭނުންވާ ތަކެތި ދެމުމަށާއި ހަރުކުރުމަށް ތަކުރާރުކޮށް އެޗްޑީސީގައި އެދުމުން ވެސް މިއަދާ ހަމައަށް އައި އިރު ވެސް އެ ފުރުސަތު ފަހިކޮށްދީފައެއް ނުވެއެވެ. އަދި އެކަމަށް އެދި އެމްޑީޕީ ކެންޑިޑޭޓުންގެ ފަރާތުން ފޮނުވާފައިވާ ސިޓީތަކަށް ޖަވާބެއް ވެސް ދީފައެއް ނުވެއެވެ. ހުޅުމާލޭގައި ޕޯސްޓަރު ހަރު ކުރުމަށާއި ބެނާ ދެމުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ހުއްދީފައި ނުވާ އިރު، ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ބެނާތައް ސަރުކާރު ކުންފުނިތަކުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ވެސް ވަނީ ބަހައްޓާފައެވެ.

ކެމްޕޭން ޕޯސްޓަރު ހަރު ކުރުމަށާއި ބެނާ ދެމުމަށް އެޗްޑީސީއިން ހުއްދަ ދީފައި ނުވާތީ އަދި އެކަމަށް ތަކުރާރުކޮށް އެދިގެން ވެސް އެއްވެސް ޖަވާބެއް އެޗްޑީސީގެ ފަރާތުން ދީފައި ނުވާތީ އެހެން އިންތިހާބުތަކުގައި ވެސް ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރުތަކާއި ބެނާ ހަރުކުރާ އުސޫލުން އެމްޑީޕީގެ ކެންޑިޑޭޓުންގެ ބެނާއާއި ޕޯސްޓަރުތައް ވާނީ ހުޅުމާލޭގައި ބެހެއްޓިފައެވެ. ނަމަވެސް އެޗްޑީސީއިން ވަނީ އެޗްޑީސީގެ މުވައްޒަފުން ބޭނުންކޮށްގެން އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭން ބައެއް ޕޯސްޓަރުތަކާއި ބެނާތަކަށް ގެއްލުންދީ އެތަކެތި ނަގާފައެވެ.

އެޗްޑީސީގެ މި އަމަލުތަކަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅުމަށާއި އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭނަށް ހުރަސް އެޅުމަށް ސަރުކާރު އަޑީގައި އޮވެ ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށް އެމްޑީޕީއިން ގަބޫލު ކުރަމެވެ. އެއްވެސް މީހަކު ތަފާތު ނުކުރުމަށާއި ހަމަހަމަކޮށް ހުރިހާ އެންމެނާ މެދު ވެސް އަމަލު ކުރުމަށް ގާނޫނު އަސާސީއާއި އިންތިހާބުތަކާ ބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ މަފުހޫމުތަކާއި ސީދާ ދެކޮޅަށް ސަރުކާރު އަޑީގައި އޮވެ ހިންގަމުންދާ މި ފަދަ ނާތަހުޒީބު އަމަލުތައް ވަގުތުން ހުއްޓާލުމަށް އެމްޑީޕީއިން ގޮވާލަމެވެ.

ފަހުގެ ނޫސް ބަޔާންތައް

ނޫސް ބަޔާން

1st December 2026

ތަރައްޤީއަށް ހުރަސް އަޅަނީ ކައުންސިލްތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުން ކުށްވެރި ކުރުން

ނޫސް ބަޔާން

1st March 2026

އެމްޑީޕީ ގައްދޫ ދާއިރާ ރައީސަށް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް ގޮވައިލުން

ނޫސް ބަޔާން

1st March 2026

އެމްޑީޕީގެ ހަރަކާތްތެރިންގެ މައްޗަށް ކުރާ ސިޔާސީ ދައުވާތައް ކުށްވެރިކުރުން

ނޫސް ބަޔާން

3rd January 2026

އިންތިހާބަށް ނުފޫޒު ފޯރުވުމަށް ތުޅާދޫގެ ހައުސިންގ ޔުނިޓްތައް ދޫކުރަން ސަރުކާރުން ކުރަމުން އަންނަ ކަންކަން ހުއްޓައިލުމަށް ގޮވައިލުން