ނޫސް ބަޔާން

ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ކަނޑައެޅުމާ ގުޅޭ

ޗެއާޕާސަންގެ މަގާމުން އަލްއުސްތާޛު ފައްޔާޒް އިސްމާއީލް އިސްތިއުފާދެއްވުމާ ގުޅިގެން، ޕާޓީގެ ހިންގުން ކުރިއަށް ގެންދާނެ ގޮތާއި އަދި މި ހިނދަށް ކޮންމެހެން ހަމަޖައްސަންޖެހޭ ކަންކަމާމެދު މިއަދު ޕާޓީގެ ލީޑަރޝިޕުން ވަނީ މަޝްވަރާކޮށްފައެވެ.

މި ގޮތުން، ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިހާބުކުރުމާމެދު އަދި އެ މަގާމަށް މީހަކު އިންތިހާބު ކުރެވެންދެން، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ފަރާތެއް ކަނޑައެޅުމާމެދު، ލީޑަރޝިޕްގެ ބައްދަލުވުމެއް މިއަދު މެންދުރު ޕާޓީގެ ސެކްރެޓޭރިއަޓްގައި ބޭއްވިއެވެ. އެ ބައްދަލުވުމުގައި ލަފާދީފައިވަނީ، ލީޑަރޝިޕުން ވަކި ގޮތްތަކެއް ނިންމުމުގެ ބަދަލުގައި، ދެންނެވުނު ދެ މައްސަލައާމެދު ޤައުމީ ހިންގާ ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، އެ ކޮމިޓީން ނިންމާ ގޮތެއް ގައުމީ މަޖިލީހަށް ހުށަހެޅުމަށެވެ.

އެ ގޮތުގެ މަތިން، ދެންނެވުނު ދެ މައްސަލައާމެދު ގޮތެއް ނިންމުމަށް ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު ޕާޓީގެ ސެކްރެޓޭރިއަޓްގައި ބޭއްވިއެވެ. މި ބައްދަލުވުމުގައި، ޤައުމީ ހިންގާ ކޮމިޓީން ނިންމައިފައިވަނީ، ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިހާބު ކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް، ޤައުމީ މަޖިލީހުން ކަނޑައަޅާ ފަރާތަކާ ވަގުތީގޮތުން ހަވާލު ކުރުމަށާއި އަދި، ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް، ވަރަށް އަވަހަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް ހުށަހެޅުމަށެވެ.

ދެންނެވު ކަންކަމުގައި، ޕާޓީން ކުރިއަށްދާނީ، ހުޅުވައިލެވިފައިވާ މާހައުލެއްގައި އަދި ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ޤައުމީ މަޖިލީހުން ނިންމާގޮތެއްގެ މަތިންކަމުގައި ދަންނަވަމެވެ.

ފަހުގެ ނޫސް ބަޔާންތައް

ނޫސް ބަޔާން

1st December 2026

ތަރައްޤީއަށް ހުރަސް އަޅަނީ ކައުންސިލްތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުން ކުށްވެރި ކުރުން

ނޫސް ބަޔާން

3rd January 2026

އިންތިހާބަށް ނުފޫޒު ފޯރުވުމަށް ތުޅާދޫގެ ހައުސިންގ ޔުނިޓްތައް ދޫކުރަން ސަރުކާރުން ކުރަމުން އަންނަ ކަންކަން ހުއްޓައިލުމަށް ގޮވައިލުން

ނޫސް ބަޔާން

3rd January 2026

ސަރުކާރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއެޅުން ކުށްވެރިކުރުން

ނޫސް ބަޔާން

31st December 2025

ހދ. ހިރިމަރަދޫގެ ރައްޔިތުން 2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އެރަށުގެ ރައްޔިތުންގެ ވޯޓުލުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުން