ނޫސް ބަޔާން

ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ޝުކުރު ދެންނެވުން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން އަލްއުސްތާޛު ފައްޔާޒް އިސްމާއީލް ކޮށްދެއްވި ގިނަގުނަ އަދި އެހާމެ އަގުހުރި ހިދުމަތްތައް ބަލައިގަނެ، އެކަމަށް ޓަކައި، ޕާޓީގެ އެންމެހައި މެންބަރުންގެ ނަމުގައި ނުހަނު އިޚްލާތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

އެމްޑީޕީގެ ދެވަނަ ސަރުކާރުގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުގެ ހައިސިއްޔަތުން، ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފައްޔާޒް އިސްމާއީލްވަރަށް އިސް ދައުރެއް އަދާކުރެއްވިކަން އުފަލާއެކު ފާހަގަކުރަމެވެ.

ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގެންނެވީ ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައިގެން ކަމަށްވީ ނަމަވެސް، ޕާޓީގެ މަސައްކަތްތަކާއި ކަންކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައި، ޕާޓީގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ފެއްޓެވިއެވެ. އަދި، ޕާޓީގެ ތެރޭގައި އޮންނަންޖެހޭ އެކުވެރިކަމާއި ބަދަހިކަން ހިފެހެއްޓުމަށް ޓަކައި އެކި ފެންވަރުގައި މަސައްކަތް ކުރެއްވިއެވެ.

ސަރުކާރުގެ ދައުރު ނިމުމަށްފަހު، ޕާޓީގެ މަސައްކަތައް ހުރިހާ ވަގުތެއް ހޭދަކުރައްވައި، ޕާޓީއަށް ކޮންމެހެން ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށާއި، ރައްޔިތުން އެދޭގޮތަށް ޕާޓީގެ މިސްރާބު ސީދާކޮށް، ޕާޓީއަށް ކާމިޔާބު ހޯދޭނެ މަގުތައް ތަނަވަސްކުރުމަށް އެތަކެއް މަސައްކަތްތަކެއް ކުރެއްވިއެވެ.

ފައްޔާޒް އިސްމާއީލްގެ ތާއީދާއި ހިދުމަތް އަބަދުވެސް ޕާޓީއަށް ލިބޭނެކަމަށް ޔަގީންކުރަމެވެ. ފައްޔާޒް އިސްމާއީލަށް ކާމިޔާބު މުސްތަގުބަލަކަށް މި ޕާޓީން އެދެމެވެ.

 

ފަހުގެ ނޫސް ބަޔާންތައް

ނޫސް ބަޔާން

1st December 2026

ތަރައްޤީއަށް ހުރަސް އަޅަނީ ކައުންސިލްތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުން ކުށްވެރި ކުރުން

ނޫސް ބަޔާން

26th March 2026

ސަރުކާރުގެ އިހުމާލުން ތުއްތު ކުއްޖަކު ނިޔާވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުން

ނޫސް ބަޔާން

17th March 2026

އެމްޑީޕީގެ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުދޭތީއާއި އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން ކުށްވެރި ކުރުން

ނޫސް ބަޔާން

1st March 2026

އެމްޑީޕީ ގައްދޫ ދާއިރާ ރައީސަށް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް ގޮވައިލުން