ނޫސް ބަޔާން

މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް ސަރުކާރު އަޑީގައި އޮވެ ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލުން

'މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ރެގިއުލޭޝަން ބިލް'ގެ ނަމުގައި ސަރުކާރު އަޑީގައި އޮވެގެން ދެވަނަ ފަހަރަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި މަޖިލީހަށް ވައްދާފައިވާ ބިލު އަނބުރާ ގެންދިޔުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ގޮވާލަމެވެ. 

މީގެކުރިން ހުށަހެޅި ބިލު ވެސް އަނބުރާ ގެންދިޔުމަށް މަޖުބޫރުވީ މީޑިއާތަކާއި، މަދަނީ ޖަމިއްޔާތަކާއި، އާންމުންގެ ނުރުހުން އަމާޒުވުމުންނެވެ. ނޫސްވެރިންނާއި މީޑިއާތަކުގެ މަޝްވަރާ ނުހޯދައި ދެވަނަ ފަހަރަށް މަޖިލީހަށް މި ބިލު ފޮނުވާފައިވުމުން ސަރުކާރުން މިނިވަން ނޫސްވެރިކަމާއި މެދު ދެކޭގޮތް ވަރަށް ސާފެވެ. 

ޑިމޮކްރަސީއެއްގެ ހަތަރު ވަނަ ތަނބުކަމުގައި މިނިވަން މީޑިއާ ވާހިނދު، މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައި މިވާ ބިލަކީ ގާނުނު އަސާސީން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަން ހަނިކޮށް، މީޑިއާ ތަކަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލްގެ ދަށުން ހިނގާ މުއައްސަސާތަކަކަށް ހެދުމަށް ހުށަހަޅާފައިވާ ބިލެއްކަންވެސް ފާހަގަކުރަމެވެ.

އެގޮތުން މިހާރު ރާއްޖޭގެ މީޑިއާ އާއި ނޫސްވެރިކަން ރެގިއުލޭޓް ކުރުމަށް އޮތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އުވާލައި، ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ރައީސަކަާއި މެންބަރުން ހިމެނޭނެހެން މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަނީ އައު ކޮމިޝަނަށް މީޑިއާތައް ބޮޑު އަދަދުތަކުން ޖޫރިމަނާކުރުމާއި، މީޑިއާތަކުގެ ރެޖިސްޓްރީ ބާތިލުކުރުމާއި އުވާލުމުގެ ބާރު ލިބޭ ގޮތަށެވެ. 

ސަރުކާރަށް ފާރަވެރިވެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ އިސް ޒިންމާއެއް އަދާކުރަނީ މީޑިއާތަކުން ކަމަށްވާއިރު މީޑިއާތަކުގެ މިނިވަންކަން ގެއްލޭ ގޮތަށް ހުށަހަޅާ އެއްވެސް ގާނޫނަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ތާއިދުނުކުރާނެ ވާހަކަ ދަންނަވަމެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންގޮސް މީޑިއާތަކަށް ހުރަސް އެޅުމަށް ސަރުކާރުން ރާވައި ހިންގަމުންދާ އެންމެހާ ކަންކަން ހުއްޓާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ގޮވާލަމެވެ.

ފަހުގެ ނޫސް ބަޔާންތައް

ނޫސް ބަޔާން

9th September 2025

ސަރުކާރުން އަސާސީ ހައްގުތައް ނިގުޅައިގަނެ، ރައްޔިތުންނަށް ހިޔާނާތްތެރި ވަމުންދާ ދިޔުމާ ދެކޮޅަށް ބާއްވާ އެއްވުމުގައި ބައިވެރިވުމުގެ ދައުވަތު

ނޫސް ބަޔާން

7th September 2025

ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި، ސަރުކާރުން ކުރާ ކަންކަމުގައި ބައިވެރިނުވާން ނިންމުން

ނޫސް ބަޔާން

23rd August 2025

ޤާނޫނުގެ ވެރިކަން ދަމަހައްޓަން ލާޒިމުކޮށް، ސަރުކާރު އަޑީގައި އޮވެ މީޑިއާތައް ކޮންޓްރޯލް ކުރުމަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް ގޮވާލުން

ނޫސް ބަޔާން

7th August 2025

ފްލެޓް ލިބޭނެކަމަށް ކުރިން ކަނޑައަޅައިފައިވާ ފަރާތްތަކުގެ ހައްގުތައް ނިގުޅައިނުގަތުމަށާއި، ފްލެޓްތައް އަވަހަށް އެ ފަރާތްތަކާ ހަވާލުކުރުމަށް ސަރުކާރަށް ގޮވައިލުން