ނޫސް ބަޔާން

ޒުވާނުންގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް ގޮވާލުން

ހައްވާ ޔުމްނު ރަޝީދު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުންދާ ޒުވާނުންގެ ތެރެއިން އެ މުޒާހަރާތައް ލީޑު ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލަމެވެ.

އެގޮތުން އައިޝަތު ޝިމަން އަހްމަދު އާއި އަބްދުالله މަހްޒޫމް މާޖިދު ހައްޔަރު ކުރުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ އިތުރުން ޒުވާނުންގެ މުޒާހަރާގެ ތެރެއަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޕޭޕާ ސްޕްރޭ ޖެހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވާއިރު އެ ހައްގުގެ ބޭނުންކޮށް ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށް ކުރަމުންދާ މުޒާހަރާތައް އަނިޔާވެރި ކަމާއެކު ރޫޅައިލުމަކީ ސަރުކާރަށް ގޮސް ހުސްވެ، ހެއްދެވި ބޮޑު ގޯހެކެވެ.

ޒުވާނުންގެ މުޒާހަރާތަކަށް ފުރުސަތު ދީ ފުލުހުން ބޭނުންކޮށްގެން އެ މުޒާހަރާތައް ހުއްޓުވާލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ.

ފަހުގެ ނޫސް ބަޔާންތައް

ނޫސް ބަޔާން

25th June 2025

ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑް ކުރުން ކުށްވެރި ކުރުން

ނޫސް ބަޔާން

3rd June 2025

ގެދޮރުވެރިޔާ ސްކީމު ބޭނުންކޮށްގެން ސިޔާސީ ގޮތުން ދައުވާ އުފުލުން ކުށްވެރި ކުރުން

ނޫސް ބަޔާން

1st June 2025

މޯލްޑިވްސް ޔޫކޭ ޑަޔަލޮގުން އެފްޓިއޭގެ ވާހަކަ އުނިކޮށްފައިވާ ސަބަބު ހާމަކުރުމަށް ގޮވާލުން

ނޫސް ބަޔާން

14th May 2025

ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުން ކުށްވެރި ކުރުން