ރައީސް ސާލިޙްގެ ސަރުކާރުގައި މަސްވެރިންނާ މަސްވެރި ސިނާއަތުގެ މުސްތަގުބަލު ރަނގަޅު ކުރުމަށް ފެށި އެންމެ މުހިއްމު އެއް މަސައްކަތަކީ އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯރޓުކުރާ މަހަށް ނަގާ ޑިއުޓީ ކުޑަކުރުމުގެ މަސައްކަތެވެ.
މިގޮތުން ކުރެވުނު މަސައްކަތުން 2020 ވަނައަހަރު ޑިޔުޓީ %24 އިން %20 އަށް ކުޑަވެގެންދިޔައެވެ.
އަދި ޑިޔުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދަން ވަނީ ދެގައުމުން އެއްބަސްވެ މަސައްކަތްވެސް ފަށާފައެވެ. މިގޮތުން ފުރަތަމަ މަޝްވަރާތައް ނިމި، އިނިގިރޭސިވިލާތުގެ ސަރުކާރުން ވަނީ މި އެފްޓީއޭ އާއި ގުޅޭގޮތުން އެގައުމުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް 8 ޖޫން 2023 ގައިހުޅުވާލާފައެވެ. ދައުރު ނިމުނުއިރު މަސައްކަތް ތާވަލުކުރެވިފައިވަނީ 2025 ގައި މި އެގްރިމެންޓް ތަންފީޒު ކުރުމަށެވެ.
އެމްޑީޕީން ދެކެނީ މިއެގްރިމެންޓަކީ މަސްވެރި ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ވަސީލަތެއް ކަމަށެވެ. ދިވެހިރާއްޖޭން ވެލިއުއެޑް ކުރެވިގެން އެންމެ ގިނައިން އެކްސްޕޯޓު ކުރަނީ ދަޅުމަސް ކަމަށް ވާއިރު، މީގެތެރޭން %50 އަށް ވުރެ ގިނައިން އެކްސްޕޯޓު ކުރެވެނީ އިނގިރޭސިވިލާތަށެވެ. އިނގިރޭސި ވިލާތުން ރާއްޖޭގެ މަހުގެ ބާވަތްތަކަށްނަގާ އިމްޕޯޓު ޑިއުޓީ %0 އަށް ބަދަލު ވެގެން ދިއުމަކީ ދިވެހި މަސްވެރި ސިނާއަތަށް ލިބޭ ބޮޑު ކުރިއެރުމެއްކަން ޔަގީނެވެ. މަސްވެރިން އަތުން ގަންނަ މަހުގެ އަގު މަތިވެގެންދާނެކަމެކެވެ.
މި އުންމީދުގައި ރައްޔިތުން ތިބިހިނދު، މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުމުގައި އެފްޓީއޭގެ ވާހަކަ ހިމަނާފައި ނުވާކަން ވަނީ ހާމަވެފައެވެ. މިއީ އެމްޑީޕީ އިން ނިހާޔަތަށް ކަންބޮޑުވާ ކަމެކެވެ. މި ޑައަލޮގުގައި އެފްޓީއޭގެ ވާހަކަ އުނިކޮށްފައިވާ ސަބަބު ސަރުކާރުން ދިވެހި ރައްޔިތުންނަށް ހާމަކޮށް ދިނުމަށް ގޮވާލަމެވެ.
ފަހުގެ ނޫސް ބަޔާންތައް
25th June 2025
ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑް ކުރުން ކުށްވެރި ކުރުން
3rd June 2025