hero-image
ޚަބަރު

ޤާނޫނުން ލާޒިމުކުރާ ވަރަށް ކައުންސިލްތަކަށް ބަޖެޓް ހިމަނައި އަލުން ބަޖެޓް ހުށަހެޅުމަށް ގޮވާލުން 

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް ހުޅަހަޅާފައިވާ ބަޖެޓެއް ކަމަށް ރައީސުލްޖުމްހުރިއްޔާ އިއްޔެ ވަނީ އިއުތިރާފުވެފައެވެ. އެހެންކަމުން 31 އޮކްޓޫބަރު 2024 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓް މުރާޖާކޮށް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ފޯރުކޮށްދޭން ގާނޫނުން ލާޒިމުކުރާ ހަގީގީ އަދަދު ހިމަނައި އަލުން ބަޖެޓް ހުށަހެޅުމަށް ސަރުކާރަށް ގޮވާލަމެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އޭރުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި ވަރަށް މުހިންމު ގާނޫނެކެވެ. 2008 ވަނަ އަހަރު ތަސްދީގުކުރި ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އަސާސީ ސިފައެއް ކަމުގައި ކަނޑައަޅައި  ވަކި ބާބެއް ލާމަރުކަޒީ ނިޒާމަށް ޚާއްސަ ކުރެވިފައިވުމަކީ ވެރިކަން ހިންގުމުގައި މި އަސާސްގެ މުހިންމުކަން ރަމްޒުކޮށްދޭ ކަމެކެވެ. 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މުހިންމު ގިނަ އިސްލާހުތަކެއް ހުށަހެޅުނެވެ. އެމްޑީޕީ ގެ ފުރިހަމަ މެޖޯރިޓީ އޮތް އެ މަޖިލީހުން ފާސްކުރި ގިނަ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުވެގެން ދިޔައެވެ. ދައުލަތުން އެ އަހަރަކަށް ކަނޑައަޅާ ބަޖެޓުގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުމަށް ޤާނޫނުގައި ކަނޑައެޅުނެވެ.  އިސްލާހުތަކަށްފަހު އެމް.ޑީ.ޕީ ގެ ސަރުކާރުން ހުށަހެޅި ކޮންމެ ބަޖެޓެއްގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ވަނީ ހިމަނާފައެވެ. އެގޮތުން 2021 ވަނަ އަހަރު 1.3 ބިލިއަން ރުފިޔާ، 2022 ވަނަ އަހަރު 1.6 ބިލިއަން ރުފިޔާ، 2023 ވަނަ އަހަރު 1.8 ރުފިޔާ ހިމަނައި އެ އަދަދަށް ފައިސާ ދޫކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރު މި ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއެކު 2.2 ބިލައަން ރުފިޔާ ކައުންސިލްތަކަށް ޚާއްސަކޮށްފައިވާކަން ބަޖެޓް ފޮތްތަކުން ފެންނާން އެބައޮތެވެ.  ކަން މިހެން އޮތްއިރު 2023 ވަނަ އަހަރު އުފެދުނު ޕީއެންސީގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ހުށަހެޅި ބަޖެޓްގައި ދައުލަތުގެ އާމްދަނީ އެހެން އަހަރުތަކަށްވުރެ އިތުރުވާނެ ކަމަށް ލަފާ ކޮށްފައިވީ ނަމަވެސް ކައުންސިލްތަކަށް ޚާއްސަކޮށް ހުށައަޅާފައިވަނީ 1.4 ބިލިއަން ރުފިޔާކަން އެނގެން އެބައޮތެވެ. އެއީ ލާމަރުކަޒީ ގާނޫނުގެ 79 ވަނަ މާއްދާގައި ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނާ އަދަދު އޮޅުވާލައިގެން ގަސްތުގައި ކައުންސިލްތައް މާލީ ގޮތުން ބަލިކަށިކޮށްލުމަށް ހިންގާފައިވާ އަމަލެއް ކަމަށް މި ޕާޓީން ގަބޫލުކުރަމެވެ.  މިފަދަ ގޮތަކަށް ކައުންސިލްތަކުގެ ބަޖެޓް އުނިކުރަން ނިންމާފައިވާ ދަނޑިވަޅަކީ ސަރުކާރަށް ނިސްބަތްވާ ރައްޔިތުން މަޖިލިސް މެމްބަރުން ރާއްޖޭގައި މިހާރު އޮތް ކައުންސިލް ނިޒާމު އުވާލައި އަލުން ބަލުން ކަތީބު ނިޒާމު ބޭއްވުމަށް ފާޅުގައި ވަކާލާތު ކުރާ ދަނޑިވަޅެއް ކަމުގައިވެސް މި ޕާޓީއިން ފާހަގަކުރަމެވެ. އަދި މި ވަގުތަކީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައި ފާސްކުރަމުންދާ ބައެއް ގާނޫނުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ކައުންސިލްތަކަށް ގިނަ ގުނަ ހުރަސްތައް ކުރިމަތިވާނެކަން ކައުންސިލްތަކުން ފާހަގަކޮށް މި ޕާޓީގެ ސަމާލުކަމަށް ގެންނަމުންދާކަން ފާހަގަކުރަމެވެ.  އެހެންކަމުން މި އަހަރު ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަދަލުތަކާއެކު ވީ އެންމެ އަވަހަކަށް ރައްޔިތުން މަޖިލީހަށް އަލުން ހުށަހެޅުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އެމް.ޑީ.ޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި މޭޔަރުންނާއި ކައުންސިލަރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެ މުހިންމު ސިޔާސަތު ދެމެހެއްޓުމަށް މި ޕާޓީ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް ހުޅަހަޅާފައިވާ ބަޖެޓެއް ކަމަށް ރައީސުލްޖުމްހުރިއްޔާ އިއްޔެ ވަނީ އިއުތިރާފުވެފައެވެ. އެހެންކަމުން 31 އޮކްޓޫބަރު 2024 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓް މުރާޖާކޮށް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ފޯރުކޮށްދޭން ގާނޫނުން ލާޒިމުކުރާ ހަގީގީ އަދަދު ހިމަނައި އަލުން ބަޖެޓް ހުށަހެޅުމަށް ސަރުކާރަށް ގޮވާލަމެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އޭރުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި ވަރަށް މުހިންމު ގާނޫނެކެވެ. 2008 ވަނަ އަހަރު ތަސްދީގުކުރި ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އަސާސީ ސިފައެއް ކަމުގައި ކަނޑައަޅައި  ވަކި ބާބެއް ލާމަރުކަޒީ ނިޒާމަށް ޚާއްސަ ކުރެވިފައިވުމަކީ ވެރިކަން ހިންގުމުގައި މި އަސާސްގެ މުހިންމުކަން ރަމްޒުކޮށްދޭ ކަމެކެވެ.

2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މުހިންމު ގިނަ އިސްލާހުތަކެއް ހުށަހެޅުނެވެ. އެމްޑީޕީ ގެ ފުރިހަމަ މެޖޯރިޓީ އޮތް އެ މަޖިލީހުން ފާސްކުރި ގިނަ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުވެގެން ދިޔައެވެ. ދައުލަތުން އެ އަހަރަކަށް ކަނޑައަޅާ ބަޖެޓުގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުމަށް ޤާނޫނުގައި ކަނޑައެޅުނެވެ. 

އިސްލާހުތަކަށްފަހު އެމް.ޑީ.ޕީ ގެ ސަރުކާރުން ހުށަހެޅި ކޮންމެ ބަޖެޓެއްގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ވަނީ ހިމަނާފައެވެ. އެގޮތުން 2021 ވަނަ އަހަރު 1.3 ބިލިއަން ރުފިޔާ، 2022 ވަނަ އަހަރު 1.6 ބިލިއަން ރުފިޔާ، 2023 ވަނަ އަހަރު 1.8 ރުފިޔާ ހިމަނައި އެ އަދަދަށް ފައިސާ ދޫކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރު މި ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއެކު 2.2 ބިލައަން ރުފިޔާ ކައުންސިލްތަކަށް ޚާއްސަކޮށްފައިވާކަން ބަޖެޓް ފޮތްތަކުން ފެންނާން އެބައޮތެވެ. 

ކަން މިހެން އޮތްއިރު 2023 ވަނަ އަހަރު އުފެދުނު ޕީއެންސީގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ހުށަހެޅި ބަޖެޓްގައި ދައުލަތުގެ އާމްދަނީ އެހެން އަހަރުތަކަށްވުރެ އިތުރުވާނެ ކަމަށް ލަފާ ކޮށްފައިވީ ނަމަވެސް ކައުންސިލްތަކަށް ޚާއްސަކޮށް ހުށައަޅާފައިވަނީ 1.4 ބިލިއަން ރުފިޔާކަން އެނގެން އެބައޮތެވެ. އެއީ ލާމަރުކަޒީ ގާނޫނުގެ 79 ވަނަ މާއްދާގައި ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނާ އަދަދު އޮޅުވާލައިގެން ގަސްތުގައި ކައުންސިލްތައް މާލީ ގޮތުން ބަލިކަށިކޮށްލުމަށް ހިންގާފައިވާ އަމަލެއް ކަމަށް މި ޕާޓީން ގަބޫލުކުރަމެވެ. 

މިފަދަ ގޮތަކަށް ކައުންސިލްތަކުގެ ބަޖެޓް އުނިކުރަން ނިންމާފައިވާ ދަނޑިވަޅަކީ ސަރުކާރަށް ނިސްބަތްވާ ރައްޔިތުން މަޖިލިސް މެމްބަރުން ރާއްޖޭގައި މިހާރު އޮތް ކައުންސިލް ނިޒާމު އުވާލައި އަލުން ބަލުން ކަތީބު ނިޒާމު ބޭއްވުމަށް ފާޅުގައި ވަކާލާތު ކުރާ ދަނޑިވަޅެއް ކަމުގައިވެސް މި ޕާޓީއިން ފާހަގަކުރަމެވެ. އަދި މި ވަގުތަކީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައި ފާސްކުރަމުންދާ ބައެއް ގާނޫނުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ކައުންސިލްތަކަށް ގިނަ ގުނަ ހުރަސްތައް ކުރިމަތިވާނެކަން ކައުންސިލްތަކުން ފާހަގަކޮށް މި ޕާޓީގެ ސަމާލުކަމަށް ގެންނަމުންދާކަން ފާހަގަކުރަމެވެ. 

އެހެންކަމުން މި އަހަރު ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަދަލުތަކާއެކު ވީ އެންމެ އަވަހަކަށް ރައްޔިތުން މަޖިލީހަށް އަލުން ހުށަހެޅުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އެމް.ޑީ.ޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި މޭޔަރުންނާއި ކައުންސިލަރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެ މުހިންމު ސިޔާސަތު ދެމެހެއްޓުމަށް މި ޕާޓީ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ.

ފަހުގެ ޚަބަރުތައް

ޚަބަރު

10th March 2025

ރައީސް މުޢިއްޒު 15 ބިލިއަން ރުފިޔާ ޗާޕު ކުރަން ނިންމައިފި

ޚަބަރު

11th February 2025

މާލީ ސިޔާސަތު މަގުން ކައްސާލާފައި

ޚަބަރު

6th January 2025

މަޖިލިސް ޕްރައިމަރީ 2019 އާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޕްރެސް ކޮންފަރެންސެއް ބޭއްވުން

ޚަބަރު

24th November 2024

ގާނޫނުއަސާސީއަށް ގެނައި ބަދަލު ސައްހަ ނޫންކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ތަދައްޚުލުވުމަށް ނިންމުން.