hero-image
ޚަބަރު

ލާމަރުކަޒީ ގުޅުން ކޮންފަރެންސް ފެށިއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ބާއްވާ ‘ލާމަރުކަޒީ ގުޅުން - ކައުންސިލަރުންގެ ކޮންފަރެންސް’ މިއަދު ފަށައިފިއެވެ. މި ކޮންފަރެންސް ކުރިއަށްދަނީ އުތުރުގެ ތިން އަތޮޅުގެ ރަށްތަކުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މެމްބަރުންނާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު ކުޅުދުއްފުށި ސިޓީގަ އެވެ. އޭގެ ތެރޭގައި ބޮޑު ތިލަދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވާ 55 ކައުންސިލަރުން ހިމެނެ އެވެ. ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުން ވެސް މި ކޮންފަރެންސްގައި ބައިވެރިވާނެއެވެ. މި ކޮންފަރެންސްގައި އެމްޑީޕީގެ ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުމަށް ގާނޫނަށް ގެނައި ހެޔޮ ބަދަލުތަކާއި މި ސަރުކާރުން ގެންނަން ރާވާފައި ހުރި ބަދަލުތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކުރަން ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ކައުންސިލްތަކުގެ އިދާރީ ހިންގުމާއި މާލީ ހިންގުންތެރިކަން ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެއެވެ. ކައުންސިލަރުންގެ ކޮންފަރެންސްގައި ޕާޓީގެ އެޑްވައިޒަރ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ޗެއަރޕަރސަން ފައްޔާޒު އިސްމާއީލް، ޕާޓީގެ ރައީސް އަބްދުالله ޝާހިދު، ކުރީގެ ވީޕީ ފައިސަލް ނަސީމް އަދި އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ކޮންފަރެންސްގައި ބައިވެރިވާ ހުރިހާ ކައުންސިލަރުން ހާއްސަ އިގުރާރެއްގައި ސޮއިކުރުމަށް ފަހު އާންމު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އިސްލާހު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް އެ ކަންކަން ކުރުމަށް ސަރުކާރަށް ކައުންސިލަރުންގެ ފަރާތުން ގޮވާލާނެއެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ބާއްވާ ‘ލާމަރުކަޒީ ގުޅުން - ކައުންސިލަރުންގެ ކޮންފަރެންސް’ މިއަދު ފަށައިފިއެވެ.

މި ކޮންފަރެންސް ކުރިއަށްދަނީ އުތުރުގެ ތިން އަތޮޅުގެ ރަށްތަކުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މެމްބަރުންނާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު ކުޅުދުއްފުށި ސިޓީގަ އެވެ. އޭގެ ތެރޭގައި ބޮޑު ތިލަދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވާ 55 ކައުންސިލަރުން ހިމެނެ އެވެ. ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުން ވެސް މި ކޮންފަރެންސްގައި ބައިވެރިވާނެއެވެ.

މި ކޮންފަރެންސްގައި އެމްޑީޕީގެ ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުމަށް ގާނޫނަށް ގެނައި ހެޔޮ ބަދަލުތަކާއި މި ސަރުކާރުން ގެންނަން ރާވާފައި ހުރި ބަދަލުތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކުރަން ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ކައުންސިލްތަކުގެ އިދާރީ ހިންގުމާއި މާލީ ހިންގުންތެރިކަން ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެއެވެ.

ކައުންސިލަރުންގެ ކޮންފަރެންސްގައި ޕާޓީގެ އެޑްވައިޒަރ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ޗެއަރޕަރސަން ފައްޔާޒު އިސްމާއީލް، ޕާޓީގެ ރައީސް އަބްދުالله ޝާހިދު، ކުރީގެ ވީޕީ ފައިސަލް ނަސީމް އަދި އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ކޮންފަރެންސްގައި ބައިވެރިވާ ހުރިހާ ކައުންސިލަރުން ހާއްސަ އިގުރާރެއްގައި ސޮއިކުރުމަށް ފަހު އާންމު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އިސްލާހު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް އެ ކަންކަން ކުރުމަށް ސަރުކާރަށް ކައުންސިލަރުންގެ ފަރާތުން ގޮވާލާނެއެވެ.

ފަހުގެ ޚަބަރުތައް

ޚަބަރު

10th March 2025

ރައީސް މުޢިއްޒު 15 ބިލިއަން ރުފިޔާ ޗާޕު ކުރަން ނިންމައިފި

ޚަބަރު

11th February 2025

މާލީ ސިޔާސަތު މަގުން ކައްސާލާފައި

ޚަބަރު

6th January 2025

މަޖިލިސް ޕްރައިމަރީ 2019 އާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޕްރެސް ކޮންފަރެންސެއް ބޭއްވުން

ޚަބަރު

24th November 2024

ގާނޫނުއަސާސީއަށް ގެނައި ބަދަލު ސައްހަ ނޫންކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ތަދައްޚުލުވުމަށް ނިންމުން.