ޢަބްދުالله ސިރާޖަކީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 29 ޑިސެމްބަރ 2014 ވަނަ ދުވަހުން ފެށިގެން ސިރާޖް ދަނީ އަޖާޒް ފިއުލް ޕްރައިވެޓް ލިމިޓެޑްގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަދި ކޮމްޕެނީ ސެކްރެޓަރީގެ މަޤާމު ފުރުއްވަމުންނެވެ. ފްރީލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް (ޑިސެމްބަރު 2011 - ޑިސެމްބަރު 2014) ގެ ފައިނޭންސް މެނޭޖަރގެ އިތުރުން ސައުތު ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑްގެ އިންޓާރނަލް އޮޑިޓަރގެ މަގާމު (މާޗް 2010 - ސެޕްޓެމްބަރު 2012) ފުރުއްވާފައިވެއެވެ. 19 އަހަރަށް ވުރެ ގިނަ ދުވަހުގެ ފައިނޭންޝަލް މެނޭޖްމަންޓާއި އޮޑިޓިންގ އަދި ކޯޕަރޭޓް ރިޕޯޓިންގެ ދާއިރާއިން ތަޖުރިބާ ލިބިލައްވާފައިވާ އިރު ފޯ ސީޒަންސް ރިސޯޓްސް މޯލްޑިވްސްގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
