Ibu

ޗެއަރޕާސަންގެ ނާއިބު (އިދާރީ)

އިބްރާހީމް ވަހީދު

އިބްރާހީމް ވަހީދު، އެމްޑީޕީ އުފެއްދުމަށްކުރި ބުރަ މަސައްކަތުގައި އިސްރޯލެއް އަދާކޮށްދެއްވާފައިވެއެވެ. 2005 ވަނަ އަހަރު އެމްޑީޕީ އުފެދުނީއްސުރެން، މެދުކެނޑުމެއްނެތި މިއަދާ ހަމައަށް ވެސް، އިބްރާހީމް ވަޙީދު ގެންދަވަނީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުކަން، ކުރައްވަމުންނެވެ. އެމްޑީޕީގެ އިންތިޚާބާބެހޭ ކޮމިޓީގެ މެންބަރެއްގެ ގޮތުންނާއި، އެކޮމެޓީގެ މުޤައްރިރުގެ ހައިސިއްޔަތުން ވެސް، ވަޙީދު، ގިނަ ޚިދުމަތްތަކެއް، އެމްޑީޕީއަށް ކޮށްދެއްވާފައިވެއެވެ. 25 އޮކްޓޫބަރު 2022 އިންފެށިގެން އިބްރާހީމް ވަހީދަކީ، އެމްޑީޕީގެ "ޗެއަރޕާސަންގެ ނާއިބު އިދާރީ" އެވެ.

އިބްރާހީމް ވަހީދުވަނީ ދިވެހިރާއްޖޭގެ ސްޓޮކްއެކްސްޗޭންޖް އުފެއްދުމުގައިވެސް، އިސްދައުރެއް އަދާކޮށްދެއްވާފައެވެ. މީގެ އިތުރުން، 2008 ން 2012 ށް، ދެމިއޮތް އެމްޑީޕީގެ ސަރުކާރުގައި މިނިސްޓްރީ އޮފް ހެލްތް ގެ ސްޓޭޓް މިނިސްޓަރުކަމާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ޗެއަރމަންކަމާއި، އާސަންދަ ކުންފުނީގެ ބޯޑުގެ ޗެއަރމަންކަންވެސް ކުރައްވާފައިވެއެވެ. 2018 ން 2023 ށް، ވަޙީދަކީ "ފެނަކަ ކޯޕަރޭޝަން"ގެ ޑިޕިޔުޓީ މެނޭޖިން ޑައިރެކްޓަރެވެ. އޭނާ ފުރުއްވި މަޤާމުތަކުގެ ތެރޭގައި، 1 އޭޕްރިލް 2023 ން 17 ނޮވެމްބަރު 2023 ށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ މަޤާމް ހިމެނެއެވެ.