Ibu

ކުރީގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް

ފައްޔާޒް އިސްމާއިލް

ފައްޔާޒް އިސްމާއިލް މަތީ ތައުލީމް ހާސިލްކުރައްވާފައިވަނީ ޤާނޫނީ ރޮގުންނެވެ. ފައްޔާޒް ވަނީ 2005 އިން ފެށިގެން އެމްޑީޕީގެ ޤާނޫނީ ކޮމެޓީ އަދި އިޤްތިޞާދީ ކޮމެޓީގެ މެންބަރުކަން ކުރައްވާފައެވެ. އަދި ޕާޓީގެ އެޑްވައިޒަރީ ކޮމެޓީއާއި ޤައުމީ މަޖިލިސްގެ މެންބަރުކަންވެސް ކުރައްވާފައިވެއެވެ. އަދި 22 މޭ 2022 އިން ފެށިގެން ފައްޔާޒް އިސްމާއިލް އަކީ ޕާޓީގެ ޗެއަރޕާސަންއެވެ.

ފައްޔާޒް އިސްމާއިލް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލިސްގައި ހައްދުންމަތީ ގަމު ދާއިރާގެ މެންބަރުކަން ކުރައްވާފައިވެއެވެ. 17 ނޮވެމްބަރ 2018 އިން 17 ނޮވެމްބަރ 2023 އަށް ފައްޔާޒް ވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ކަން ކުރައްވާފައެވެ. 18 އަހަރަށްވުރެ ގިނަދުވަހު ޤާނޫނީ ވަކިލެއްގެގޮތުން ތަޖުރިބާ ލިބިލައްވާފައިވާ އިރު ފައްޔާޒް ވަނީ ޕްރައިވެޓް ސެކްޓަރގެ އެކި ވިޔަފާރިތައް ތަޖުރިބާ ކުރައްވާފައެވެ