2005 ވަނަ އަހަރު އެމްޑީޕީ އުފެދުނީއްސުރެން، މެދުކެނޑުމެއްނެތި މިއަދާ ހަމައަށް ވެސް، ފުވައްމުލަކުގައި އެމްޑީޕީ ގެ ހަރަކާތްތައް ކުރިއަރުވައި އަދި ޕާޓީއަށް އެކި ކާމިޔާބީތައް ހޯއްދަވައި ދިނުމަށް ސައީދު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި މިއަދާ ހަމައަށް ވެސް، އިބްރާހީމް ސައީދު މުހައްމަދު ގެންދަވަނީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުކަން، ކުރައްވަމުންނެވެ. ޕާޓީގެ ހަރަކާތް ރާވައި ހިންގައި ، އިންތިޚާބުތައް ޕާޓީއަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ފުވައްމުލަކުގައި އިސްދައުރެއް އަދާކޮށްފައިވެއެވެ.
އިބްރާހީމް ސައީދު މުހައްމަދު ވަނީ 2018 ގައި އުފެދުނު އެމްޑީޕީ ސަރުކާރުގައި ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން ތިރުވަނަންތަޕޫރަމް ގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލޭޓް ޖެނެރަލްގެ ، ޑެޕިއުޓީ ކޮންސުލް ގެ މަގާމް 2019 -2023 އަށް އަދާކޮށްފައި ވެއެވެ.
