އިއުލާން

އިއުލާން

22nd February 2025

ކެންޑިޑޭޓުންގެ މަންދޫބުން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން – ޤައުމީ މަޖިލިސް އިންތިޚާބު 2025

22 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ މަޖިލިސް އިންތިޚާބުގެ ކެންޑިޑޭޓުންގެ މަންދޫބުން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައިފީމެވެ. ވީމާ، ކެންޑިޑޭޓްގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާނެ މިޕާޓީގެ މެންބަރުން ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކުރައްވާ، 19 ފެބްރުއަރީ 2025 ގެ 14:00 ގެ ކުރިން ހުށައަޅައިދެއްވުން އެދެމެވެ. ކޮންމެ ފޮއްޓަކަށްވެސް ކެންޑިޑޭޓަކަށް ހުށައެޅޭނީ ގިނަވެގެން 2 މަންދޫބުންނެވެ. އަދި ފޮއްޓެއްކައިރީ އެއްވަގުތެއްގައި ޙަރަކާތްތެރިވެވޭނީ 1 މަންދޫބަކަށެވެ ކެންޑިޑޭޓްގެ މަންދޫބަށްވުމަށް އެދި ހުށައަޅާ ފޯމް 22 ފެބްރުއަރީ 2025

އިއުލާން

22nd February 2025

ޝަކުވާ ހުށައެޅުމަށް ފުރުޞަތު ހުޅުވާލުން – ޤައުމީ މަޖިލިސް ބައި- އިލެކްޝަން 2025

22 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހު ހެނދުނު 09:00 ން ހަވީރު 4:00އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޤައިުމީ މަޖިލިސް ބައި- އިލެކްޝަން 2025 އާއި ގުޅޭގޮތުން ހުށައެޅޭ ޝަކުވާތައް ބެލުމަށް ޝަކުވާބަލާ ކޮމެޓީއެއް އެކުލާލައި އިންތިޚާބާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ އެކޮމިޓީއަށް ހުށައެޅުމުގެ ފުރުޞަތު ހުލުވާލި ވާހަކަ ދެންނެވީމެވެ. ޝަކުވާ ބަލާ ކޮމެޓީގައި ހިމެނޭ މެންބަރުންގެ ނަންތައް ތިރީގައި މިދަންނަވަނީއެވެ. 1. މުޙައްމަދު ފަލާޙް 2. އަނަސް އަބްދުއް ސައްތާރު 3. އައިކު އަޙްމަދު ޢީސާ އިންތިޚާބުގެ ޝަކުވާ ހުށައެޅުއްވުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ނަންބަރަށް އެސް.އެމް.އެސް ކުރައްވައިގެން، ގުޅުއްވައިގެން ނުވަތަ ގޫގުލް ފޯމް މެދުވެރިކޮށެވެ. ފޯން ނަންބަރު: 7571637 ޝަކުވާ ހުށައަޅާ ފޯމް ޝަކުވާ ބަލައިގަންނާނީ 22 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ން ފެށިގެން 24 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ ހަވީރު 04:00 އެށެވެ. ވީމާ، މިކަން އާއްމުކޮށް އިއުލާންކުރީމެވެ. 22 ފެބްރުއަރީ 2025

އިއުލާން

21st February 2025

ވޯޓު ފޮށި ކައިރީގައި ބޭނުން ކުރާ ވޯޓަރސް ލިސްޓް ޢާންމު ކުރުން - ޤައުމީ މަޖިލިބސް ބައި-އިލެކްޝަން

ވޯޓު ފޮށި ކައިރީގައި ބޭނުން ކުރާ ވޯޓަރސް ލިސްޓް، ރަށްރަށާއި މާލެ ވަކިން މިއިއުލާން އާއިއެކު އާންމުކުރީމެވެ. 21 ފެބްރުއަރީ 2025

އިއުލާން

16th February 2025

ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް – ޤައުމީ މަޖިލިސް ބައި-އިލެކްޝަން 2025

22 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ މަޖިލިސް ބައި-އިލެކްޝަން 2025 ގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ މެންބަރުންގެ ދާއިމީ ވޯޓާސް ލިސްޓް އެމެންބަރަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ރަށާއެކު އާއްމުކޮށް އަންގާ އިއުލާންކުރަމެވެ. 16 ފެބްރުއަރީ 2025

އިއުލާން

11th February 2025

ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމާއި ރީ-ރަޖިސްޓްރޭޝަންއަށް ހުޅުވާލުން – ޤައުމީ މަޖިލިސް ބައި-އިލެކްޝަން 2025

ގއ. ވިލިނގިލީގެ ދާއިރާ ރައީސް ހޮވުމުގެ ބައި-އިލެކްޝަންގެ، ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް މިއިއުލާން އާއިއެކު އާއްމު ކުރީމެވެ. މިއިންތިޚާބު އޮންނާނީ 22 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހުއެވެ. މި ލިސްޓާއި މެދު ޝަކުވާ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 14 ފެބްރުއަރީ 2025 ވާ ހުކުރު ދުވަހުގެ ހަވީރު 04:00 އާއި ހަމައަށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިއުލާންގައި އާއްމުކުރެވިފައިވާ ލިސްޓުގައިވާ ވޯޓުލާތަން ނޫން އެހެން ތަނަކަށް، (ރަށްވެހިވެފައިވާ ރަށް ނުވަތަ މާލެ) ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތުވެސް މިޝަކުވާގެ މުއްދަތުގައި ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

އިއުލާން

4th February 2025

އިނގުރައިދޫ ދާއިރާގެ ރައީސް އިއުލާންކުރުން

އިނގުރައިދޫ ދާއިރާގެ ރައީސްކަމަށް ކުރިމަތިލާފައިވާ ސަލީމް ހުސައިން، ނިޔާމަ / ރ. ކިނޮޅަސް ނަން އަނބުރާ ގެންދިއުމާއި ގުޅިގެން މިމަޤާމަށް އިންތިޚާބަކާއި ނުލާ އިލްހާމް އަޙްމަދު، އޯކިޑުމާގެ / ގއ. ގެމަނަފުށި ހޮވިފައިވާކަން އާއްމުކޮށް އިއުލާންކުރީމެވެ. 04 ފެބްރުއަރީ 2025

އިއުލާން

2nd February 2025

ކައުންސިލަރސް އެސެމްބަލީގެ ހިންގާ ކޮމިޓީއަށް ކުރިމަތިލި ކައުންސިލަރުންގެ ނަންތައް ޢިއުލާންކުރުން

މިޕާޓީގެ ކައުންސިލަރސް އެސެމްބަލީގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމަށްކުރި އިޢުލާނާ ގުޅިގެން ކުރިމަތިލެއްވި ކައުންސިލަރުންގެ ނަންތައް އިޢުލާންކުރީމެވެ. 02 ފެބްރުއަރީ 2025

އިއުލާން

19th January 2025

ކައުންސިލަރުންގެ އެސެމްބްލީގެ ހިންގާ ކޮމިޓީއަށް ހުޅުވާލުން

ނަންބަރު: MDP/2025/05 ކައުންސިލަރުންގެ އެސެމްބްލީގެ ހިންގާ ކޮމިޓީގެ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިއިންތިޚާބު އޮންނާނީ 15 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހުއެވެ. މިމަޤާމްތަކަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ކައުންސިލަރުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 26 ޖަނަވަރީ 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. 19 ޖަނަވަރީ 2025

އިއުލާން

19th January 2025

ޑަބްލޔު ޑީ ސީ ވިންގްގެ ހިންގާ ކޮމިޓީއަށް ހުޅުވާލުން

ޑަބްލިޔު ޑީ ސީ ވިންގްގެ ހިންގާ ކޮމިޓީގެ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިއިންތިޚާބު އޮންނާނީ 15 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހުއެވެ. <a href=" https://mdp.org.mv/wp-content/uploads/2025/01/Screenshot-2025-01-19-145729-1.png"><img src=" https://mdp.org.mv/wp-content/uploads/2025/01/Screenshot-2025-01-19-145729-1.png " alt="" class="alignright size-full wp-image-83492" /></a> މިމަޤާމްތަކަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ޑަބްލިޔު ޑީ ސީގެ މެންބަރުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 26 ޖަނަވަރީ 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. <strong><a href=" https://forms.gle/E7uy7g9kD8UWpLs4A " rel="noopener" target="_blank">ކުރިމަތިލުމަށްއެދޭ ފޯމް</a></strong> 19 ޖަނަވަރީ 2025