16 ޖަނަވަރީ 2026 ގައި ބޭއްވުނު ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ޕްރައިމަރީ 2026ގައި ބ. ފެހެންދޫގައި ކައުންސިލް މެންބަރ ހޮވުމަށް ބޭއްވި އިންތިޙާބުގައި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެފައިވާތީ ވޯޓު އަލުން ނެގުމަށް ވަނީ ނިންމާފައެވެ.
ވޯޓުލުން އޮންނާނީ، 20 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހު 09:30 ން 15:00 އަށެވެ. މާލޭގައި ވޯޓުލުން އޮންނާނީ އެމް.ޑީ.ޕީ އޮފީހުގައިއެވެ. އަދި ބ. ފެހެންދޫގައި ވޯޓުލުން އޮންނާނީ ފެހެންދޫ ސްކޫލްގައިއެވެ.
18 ޖަނަވަރީ 2026