16 ޖެނުއަރީ 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕްރައިމަރީއާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަށް އިންތިޚާބާއިބެހޭ ޤަވައިދުގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމްޕްލެއިންޓްސް ކޮމިޓީ ވަނީ އެކުލަވާލާފައެވެ. ވީމާ، އިންތިކާބާއިގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ ކޮމެޕްލެއިންޓްސް ކޮމިޓީއަށް ޙުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ކޮމްޕްލެއިންޓްސް ކޮމިޓީ
1- އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު
2- ޝާޠިރު ޢަބްދުއްރަޙުމާން
3- މުޙައްމަދު ނާސިޙު ރަޝީދު
ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ 7219637 އަށް އެސްއެމްއެސް ކޮށްގެން، ގުޅައިގެން ނުވަތަ ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށެވެ.ޝަކުވާހުށަހަޅާފޯމްhttps://forms.gle/p3qp443W9iNSonKs9
ޝަކުވާ ބަލައިގަންނާނީ 22 ޑިސެންބަރ 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ން ފެށިގެން 17 ޖެނުވަރީ 2026 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑޫ 00:00އަށެވެ.21 ޑިސެންބަރ 2025