އިއުލާން

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް ޝައުޤުވެރިކަންފާޅުކުރަން ހުޅުވާލުން

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި މިޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެމް.ޑީ.ޕީގެ މެމްބަރުންނަށް ޝައުޤުވެރިކަންފާޅުކުރުމުގެ ފުރުޞަތު، މިއަދު، 28 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމަޔަށް ހުޅުވާލައިފީމެވެ. އަދި ޕްރައިމަރީގައި ވާދަކުރެވޭނީ ޝައުޤުވެރިކަންފާޅުކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ޕްރައިމަރީގެ ޓައިމްލައިން ފަހުގެ ތާރީހެއްގައި އާއްމުކުރެވޭނެއެވެ.

ޝައުޤުވެރިކަންފާޅުކުރާމީހުންގެޝަރުޠުތައް

1.      އެމް.ޑީ.ޕީގެ މެމްބަރެއް ކަމުގައިވުން

2.      ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް ހަމަވުން.

3.      އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް ހަމަވުން.

 

މިޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް ޝައުޤުވެރިކަންފާޅު ކުރެއްވުންއެދެމެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެއިދާރާއިންސާފުކޮށްފުރިހަމަކުރުމަށްފަހު ޝައުޤުވެރިކަންފާޅުކުރާ ފޯމާއި އެކު ހުށައެޅުވުން އެދެމެވެ.

 

ސިޓީތަކުގެ ދާއިރާތައް ބެހިފައިވާ ގޮތާއި އަންހެނުންނަށް ޙައްސަ ގޮނޑިކަނޑައެޅުމުގައި ބާލަފައިވާނީ މިވަގުތު އަމަލުކުރަމުންދާ ގޮތަށެވެ.  މިނޫންގޮތަށް އިލެކްޝަން ކޮމިޝަންގެ އިދާރާއިން ބަދަލުކުރާނަމަ އެބަދަލެއްގެނެވޭނެ ވާހަކަ ދަންނަވަމެވެ.

ޝައުޤުވެރިކަންފާޅުކުރާފޯމް

 

ފަހުގެ އިއުލާނުތައް

އިއުލާން

29th May 2026

ވޯޓު ފޮށީގެ ލިސްޓް - ޗެއަރޕާސަން އިންތިޚާބު 2026

އިއުލާން

29th May 2026

ދާއިމީ ވޯޓަރސް ލިސްޓް - ޗެއަރޕާސަން އިންތިޚާބު 2026

އިއުލާން

24th May 2026

ވޯޓްލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން - ޗެއަރޕާސަން އިންތިޚާބު 2026

އިއުލާން

16th May 2026

ރާއްޖެއިން ބޭރުގެ ތިން ޤައުމަކަށް ރީ-ރަޖިސްޓްރޭޝަންއަށް ހުޅުވާލުން – ޗެއަރޕާސަން އިންތިޚާބު 2026