އިބްރާހީމް ރާމިޒް
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ގަވައިދު އާންމު ކޮށްފިއެވެ.
މި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަމަލުކުރުމަށް ހަމަޖެހިފައިވާ މި ގަވައިދުގައިވާ ގޮތުން ޕާޓީގެ އަސާސީ ގަވައިދުގައި ކަން އޮތް ގޮތާމެދު ޚިލާފް އުފެދޭ މުހިންމު މައްސަލަތަކުގައި …
[ވިދާޅުވޭ...]

މިހާރު މާލޭގައި ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ދިވެހި ރައްޔިތުންގެ ގެދޮރާއި މުދަލަށާއި ، ދަޢުލަތުގެ މުދަލާއި ތަކެއްޗަށް އަދި އާންމުރައްޔިތުންގެ ފުރާނައަށް ނުރައްކާތެރިވާ ދަރަޖައަށް ކަންކަން ގޮސްފައިވުމާއި، ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ގެއްލުންތަކެއް ލިބިގެންދާތީ، މިކަންކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިހާރުން މިހާރަށް މިކަންކަން ހުއްޓާލުމަށް މި ގޮފީގެ ފަރާތުން ގޮވާލަމެވެ.
[ވިދާޅުވޭ...]

ރާއްޖޭގެ އެކި ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ލިބެމުންދާއިރު، އެ އެހީތައް، މުޖުތަމަޢަށާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި ޒިންމާދާރުކަމާއެކު ބޭނުންކުރުމަކީ، މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
[ވިދާޅުވޭ...]
އިބްރާހީމް ރާމިޒް

ރައީސުލްޖުމްހޫރިއްޔާ އަށް މަރުހަބާ ދެންނެވުމަށް ރ.އިންނަމާދޫ ބަނދަރު ސަރަހައްދަށް މީހުން ޖަމާވެފައި .. ފޮޓޯ: ރައީސް އޮފީސް
ތިޔަހެނެއް ނުކިޔޭނެ އަދި ތިކަމެއް ނުވެސް ވާނެ މި ނަމުގައި ބާއްވާ އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް މިރޭ ރ.އިންނަމާދޫގައި އޮންނާނެއެވެ. އިންނަމާދޫ އެމްޑީޕީ އުއްމީދީ ގޮފިން އިސްނަގައިގެން އެ ރަށުގައި ބާއްވާ މި ޖަލްސާ އަކީ …
[ވިދާޅުވޭ...]

މިހާރަކަށް އައިސް އިސްލާމް ދީން ޙިމާޔަތް ކުރުމުގެ ނަމުގައި އިދިކޮޅު ޕާޓީތަކުން ހުއްޓުމެއްނެތި މާލެ ތެރޭގައި ކުރަމުންދާ މުޒާހަރާތަކުގައި ގިނައަދަދެއްގެ މީހުންގެ މުދަލަށާއި ތަކެއްޗަށް އެކިވަރުގެ ގެއްލުންދީ، މީސްމީހުންގެ ފުރާނަޔަށް ނުރައްކާވާ ހިސާބަކަށް ގޮސް މުޅި ޤައުމު ހަލަބޮލިކޮށް މިި ރާއްޖޭގެ ސާފު ވެށި ކިލަނބުކޮށް ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާޢިދާއި ޚިލާފް ޖަރީމާތައް މެދުކެނޑު މެއްނެތި ހިންގަމުންދާ ދިއުމަކީ ދިވެހި މި ފަސްގަނޑަށް ނޭވާލާ އެއްވެސް ދަރިއަކު ދެކެން ބޭނުންވާ މަންޒަރުތަކެއް ކަމަށް ނުވާހިނދު, މަދުބަޔަކު މި ހިންގާ ނުބައި އަނިޔާވެރި ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ..
[ވިދާޅުވޭ...]

ބައެއް އިދިކޮޅު ފަރާތްތަކުން ދިވެހިރާއްޖޭގައި މިހާރު ހިންގަމުން ގެންދާ ހަމަނުޖެހުންތައް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހެންވޭރު ދެކުނު ދާއިރާގެ ފަރާތުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.
[ވިދާޅުވޭ...]
އިބްރާހީމް ރާމިޒް
ޗަހެންނެއް ނުކިއޭނެގެ ނަމުގައި ނައިފަރުގައި އެމްޑީޕީގެ ހިނގާލުމެއް ބާއްވާ ގޮތަށް އެމްޑީޕީ ނައިފަރު ދާއިރާއިން ހަމަޖައްސައިފިއެވެ.
މިއަންނަ ފެބްރުއަރީ މަހުގެ 3 ވާ ހުކުރު ދުވަހު ނައިފަރުގައި ބާއްވާ މި ހިނގާލުމަކީ ދިވެހި ދައުލަތުގެ ހިކުމަތްތެރި ސިޔާސަތަށް ތާއީދުކޮށް އެކަމަށް އެމްޑީޕީ ނައިފަރު ދާއިރާ ތަރުހީބުދޭކަން ހާމަކުރުމުގެ ގޮތުން ބާއްވާ ސުލްހަވެރި ހިންގާލުމެއް ކަމަށް އެމްޑީޕީ ނައުިފަރު ދާއިރާ އިން ބުނެއެވެ.
[ވިދާޅުވޭ...]
އިބްރާހީމް ރާމިޒް
އެމްޑީޕީ އައްޑޫ ދާއިރާގައި އެ ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރަނީ
އެމްޑީޕީ އައްޑޫ ސިޓީ އޮފީހުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ވަގުތީ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
މި ކޮމިޓީގައި ހިމެނޭ މެންބަރުންނަކީ މި ކޮމިޓީގެ މުޤައްރިރު ހިތަދޫ ދެކުނު ދާއިރާގެ މުހައްމަދު ޔަސްރިފް އާއި، ނައިބު މުޤައްރިރު ހިތަދޫ މެދު ދާއިރާގެ އިބްރާޙިމް ސަބްރީ އާއި، ހިތަދޫ އުތުރު ދާއިރާގެ ހުސައިން ޝާހިދު އާއި،
ފޭދޫ ދާއިރާގެ ފަރާތުން މުހައްމަދު ސައީދު އާއި، ހުޅުމީދޫ ދާއިރާގެ އަލީ ޝަހީމްގެ އިތުރުން މަރަދޫ ދާއިރާގެ މުހައްމަދު ރަޝީދު އެވެ.
[ވިދާޅުވޭ...]
MDP/2012-DN-003
އެމްޑީޕީގެ ބޮޑު ޖަލްސާއަކަށް ޚަރަދުކުރުމަށް ކަމަށް ބުނެ، މި ދުވަސްކޮޅު، ވިޔަފާރިވެރިންނާއި ބައެއް އާންމުންގެ އަތުން ބަޔަކު ފައިސާ ނަގަމުން ގެންދާ ކަމުގެ މަޢުލޫމާތު މި އޮފީހަށް ވަނީ ލިބިފައެވެ.
ނަމަވެސް އެއީ މި ޕާޓީގެ އެއްވެސް ގުނަވަނަކުން އަންގައިގެން ނުވަތަ މި އޮފީހަށް އެނގިގެން ކުރާ ކަމެއް ނޫން ކަމަށާއި، ޕާޓީގެ ނަމުގައި މިފަދަ ޙަރަކާތްތައް ހިންގާ ފަރާތްތަކާއި މެދު ސަމާލުވުމަށް މި ޕާޓީގެ ލޮބުވެތި މެންބަރުންނަށް އިލްތިމާސްކުރަމެވެ.
28 ޖެނުއަރީ 2012
އެމްޑީޕީ ސެކްރެޓޭރިއަޓް
[ވިދާޅުވޭ...]
އިބްރާހީމް ރާމިޒް

ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި އެމްޑީޕީގެ އިސް އެކްޓިވިސްޓް މުޙައްމަދު ޞޮދުރީ (ދުންމާރި ނާޒިމް) އަނެއްކާ ވެސް އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
[ވިދާޅުވޭ...]