mdp_banner

Saturday, June 17, 2017

ޗެއާޕާސަންގެ ނައިބުގެ މަޤާމުގައި އަލްފާޟިލް ޢަލީ ޝިޔާމް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް ޝުކުރުއަދާކުރަން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ)ގެ މަޤާމުގައި އަލްފާޟިލް ޢަލީ ޝިޔާމް މި ޕާޓީއަށް ކެނޑިނޭޅި ކޮށްދެއްވި މަސައްކަތްތަކަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ. 2012 ވަނަ އަހަރުން ފެށިގެން ޗެއާޕާސަންގެ ނައިބުގެ މަޤާމުގައި ހުންނަވައިގެން އަލްފާޟިލް ޢަލީ ޝިޔާމް ވަނީ އެމްޑީޕީއަށް ކުރިމަތިވި އެންމެ ދަތި، އުނދަގޫ ދުވަސްވަރުގައި ފިޔަވަޅެއްވެސް ފަހަތަށް ނުޖެހި އިޚްލާސްތެރިކަމާއެކު ޚިދުމަތްކޮށްދެއްވާފައެވެ. ޗެއާޕާސަންގެ ނައިބުގެ ހައިސިއްޔަތުން ކެމްޕޭން އަދި މެމްބަރޝިޕް ކޮމިޓީގެ މުޤައްރިރުކަން ކުރައްވަމުން ޕާޓީގެ އިދާރީ ކަންކަން ބައްލަވައި، […]

[ވިދާޅުވޭ...]

Thursday, June 8, 2017

ދިވެހިރާއްޖެ އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ޙާލަތަށް ވައްޓާލާފައިވާތީ ކަންބޮޑުވަން

ދިވެހި ސަރުކާރުން ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމުގައި އިހުމާލުވެ، އެ ޙައްޤުތަކުން ރައްޔިތުން މަހުރޫމުކުރަމުން ގެންދާތީވެ ސަރުކާރު ޖަވާބުދާރީކުރުވުމަށް ދުނިޔޭގެ އިންސާނީ ޙައްޤުތަކާ ބެހޭ އެންމެ މަތީ ޖަމްޢިއްޔާ، އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އެޖެންޑާގައި ދިވެހިރާއްޖެ ހިމެނޭ ޙާލަތަށް ދިވެހިރާއްޖެ ވައްޓާލާފައިވާކަމީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކަންބޮޑުވާކަމެކެވެ. އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 35 ވަނަ ބައްދަލުވުމުގައި 30 އަށްވުރެ ގިނަ ޤައުމުތަކުން ތަޢީދުކޮށް އެޖެންޑާ އައިޓަމް 2 ގެ ދަށުން […]

[ވިދާޅުވޭ...]

Monday, June 5, 2017

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުންކުރުން މަނާކޮށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އެންގިއެންގުން ކުށްވެރިކުރުން.

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ އެޕާޓީން ބޭނުންކުރުން މަނާކޮށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އަންގާފައިވާތީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ. ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ މަނާކޮށްފައިވަނީ ޢަބްދުﷲ ޔާމީނުގެ ސަރުކާރުގެ ހޯމް މިނިސްޓްރީން ދާދިފަހުން ހަދާފައިވާ ހަމައިން ނެއްޓިފައިވާ އުސޫލެއްގެ ދަށުން، ޖުމްހޫރީ ޕާޓީގެ ދިދައާއި ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަވާ ދިދައާއި ވައްތަރުކަމަށް ބުނެއެވެ. ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯ އަކީ އެޕާޓީ އުފެއްދިއިރު ކުރަހާ ޑިޒައިންކޮށް […]

[ވިދާޅުވޭ...]

Wednesday, May 31, 2017

އަލްފާޟިލާ ފަރީޝާ އިބްރާހީމް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވުން

ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހީމްގެ ކޮއްކޯފުޅު ފަރީޝާ އިބްރާހީމް އަވަހާރަވުމާ ގުޅިގެން އެކަމުގެ ފުން ހިތާމައިގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ބައިވެރިވަމެވެ. މި ހިތާމަވެރި ވަގުތުގައި އަލްމަރްހޫމާ ފަރީޝާ އިބްރާހީމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމެވެ. އަދި އެކަމަނާއަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި އާއިލާއަށާއި ގާތް ތިމާގެ މީހުންނަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރަމެވެ. ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު މި ދުނިޔެ ދޫކުރެއްވިއިރު އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ، ފާރިސް […]

[ވިދާޅުވޭ...]

Thursday, May 18, 2017

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގަދަވަޔާއެކު ކުރަމުންދާ ވިއްސާރާގައި ގިނަ ރަށްތަކަކަށް ގެއްލުންވުމާއި ގުޅޭގޮތުން އެމް.ޑީ.ޕީގެ ނޫސް ބަޔާން

މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއެކު ކުރަމުންދާ ވިއްސާރާގައި ގިނަ ރަށްތަކަކަށް ގެއްލުންލިބުނު ހަބަރު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެހީ ނުހަނު ހިތާމަ އާއި އެކުއެވެ. އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ގެއްލުންވި ރައްތަކުގެ ހާލަތު ގާތުން ބަލަމުން ގެންދާނެއެވެ. އައްޑޫ ސިޓީއަށް އައި ކޮޅިގަނޑެއްގައި ސ.ހިތަދޫގެ ބައެއް ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، މިހާތަނަށް ބެލި ބެލުމުން ހިތަދޫގެ 20 ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައިވާއިރު މީގެތެރެއިން […]

[ވިދާޅުވޭ...]

Monday, May 15, 2017

ފާރިސް މައުމޫންގެ ޕާސްޕޯޓު ހިފެހެއްޓުން ކުށްވެރިކުރުން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ ޕާސްޕޯޓު ކުރިން އެންގުމަކާ ނުލައި ހިފަހައްޓައި އެމަނިކުފާނު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުން އެއްވެސް ހަމައެއް ނެތި މަނާކޮށްފައިވާތީ އެކަން އެންމެ ހަރު އަޑުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކުށްވެރިކުރަމެވެ. އަދި މިހާރުން މިހާރަށް ފާރިސް މައުމޫނަށް ފުރާވަޑައިގެންނެވޭނެ ގޮތް ހަމަޖެއްސުމަށް ދައުލަތުގެ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ. އިންޑިޔާގެ ބެންގަލޫރުގައި ބޭސްފަރުވާ ހޯއްދަވަމުންގެންދަވާ ޢާއިލީގޮތުން ގާތް ބޭފުޅަކަށް ޒިޔާރަތްކުރެއްވުމަށް އާދީއްތަ ދުވަހު ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުން ފާރިސް މައުމޫންގެ […]

[ވިދާޅުވޭ...]

Thursday, May 11, 2017

އޮނަރަބް ޤާސިމް އިބްރާހީމަށް ލިބިދޭ އަސާސީ ޙައްޤުތަކުން މަޙްރޫމުކުރުން ޤާނޫނު އަސާސީއާ ޚިލާފް

ޖުމްހޫރީ ޕާޓީގެ ލީޑާަރު އޮނަރަބްލް ޤާސިމް އިބްރާހީމް ޝަރުތުތަކާއެކު ނަމަވެސް ޖަލު ބަންދުން ސަލާމަތްވެފައިވާކަމީ އިންސާފު ޤާއިމުކުރުުމަށް ކުރެވެމުން އަންނަ މަސައްކަތްތަކަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. ޝަރުތުތަކަކާއެކު އޮނަރަބްލް ޤާސިމް އިބްރާހީމް ދޫކޮށްފައިވަނީ އެމަނިކުފާނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޙައްޤުތަކުން މަޙްރޫމްކޮށްފައެވެ. ޤާނޫނުލް އުޤޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިނުވާ ކަންކަން މަނާކުރުމާއި ކަނޑައެޅިގެން ޤާނޫނު އަސާސީން އެމަނިކުފާނަށް ލިބިދޭ ޚައްޤުތައް ހިފެހެއްޓުމަކީ ޚުދުމުހުތާރު ވެރިކަން ދެމެހެއްޓުމަށް ކުރާ ކަމެކެމެވެ. އެފަދަ ޝަރުތުތައް ކަނޑައެޅުމަކީ ޝަރުޢީ ކޯޓުތަކަށާއި ދައުލަތުގެ […]

[ވިދާޅުވޭ...]

Friday, May 5, 2017

ނުކުމެ ވޯޓު އަޅުއްވާ: މިހާރުވެސް މޮޅު ވެއްޖެ

ރާއްޖޭގެ ތާރީޚުގައި 3 ވަނ ފަހަރަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މިހާރުވެސް ކާމިޔާބު ވެއްޖެއެވެ. އެތައް ދަތިތަކާއި، ހުރަސްތަކާއި، ފުރައްސާރަކުރުމާއެކުވެސް ފުރިހަމަ ގޮތުގައި ޑިމޮކްރަސީގެ ރީތި އުސޫލުން ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުން އެދޭ ކަންކަަމަށް ވަކާލާތުކޮށް ކެމްޕޭން ނިންމާ ހޮނިހިރު ދުވަހު ވޯޓުލުމަށް ރައްޔިތުން ފުރުޞަތު ހޯދިކަމީ މި އަނިޔާވެރިކަމުގެ ތެރޭގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ. 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދިން އެންމެ ބޮޑު ޙައްޤަކީ ދިވެހިރާއްޖޭގެ އިދާރީ […]

[ވިދާޅުވޭ...]

Friday, April 21, 2017

ޕީޕީއެމް، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީގެ ނޫސް ބަޔާން: ޤާނޫނީ ހަމަތަކުގެ ބޭރުން އޮނަރަބްލް ޤާސިމް އިބްރާހީމް އަލުން ހައްޔަރުކުރުމަކީ ދިވެހިރާއްޖޭގެ ކަންކަން ފާލުން ނެއްޓިފައިވާކަމުގެ ހެއްކެއް

ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ޤާނޫނީ ހަމަތަކުގެ ބޭރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބް ޤާސިމް އިބްރާހީމް ހައްޔަރުކޮށް 15 ދުވަހަށް ދޫނިދޫގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާތީ ދިވެހިރާއްޖޭގެ ހުރިހާ ކަމެއް ފާލުން ނެއްޓިފައިވާ ކަމުގެ ހެއްކެކެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ މަސީޙްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުށަހެޅުމާއެކު ގަދަބާރުން ވެރިކަން ކުރުމުގެ ޢަމަލުތައް އިތުރުވެ، ޤަނޫނުގެ ވެރިކަން ނަގާލައި، މުވައްސަސާތައް ހިޞާރުކުރުމާއެކު ސަރުކާރުން އިސްވެތިބެ އޮނަރަބްލް ޤާސިމް އިބްރާހީމް ހައްޔަރުކުރުން ފަދަ […]

[ވިދާޅުވޭ...]

Wednesday, April 19, 2017

އެމް.ޑީ.ޕީ ގެ ޗެއަރޕާރސަން އަލްއުސްތާޛު ޙަސަން ލަތީފް ޣައިރުޤާނޫނީ ހައްޔަރަކުން ހައްޔަރުކޮށްގެން ގެންދިއުމާއި، އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސްއެޅިއެޅުން ކުށްވެރިކުރުން

ޢަބްދުﷲ ޔާމިންގެ ސަރުކާރުގެ އަމުރަށް ފުލުހުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޗެއަރޕާރސަން އަލްއުސްތާޛު ޙަސަން ލަތީފް އަންގާރަ ދުވަހުގެރޭ ޣައިރުޤާނޫނީ ހައްޔަރަކުން ހައްޔަރުކޮށްގެން ގެންގޮސްފައިވާތީއާއި، ސުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ޤާނޫނުއަސާސީއާ ޚިލާފަށް ހުރަސްއަޅާފައިވާތީ މި ޕާރޓީން އެކަން ހަރުއަޑުން ކުށްވެރިކުރަމެވެ. ޢަބްދުﷲ ޔާމިންގެ ސަރުކާރުގެ އަމުރަށް އެމް.ޑީ.ޕީގެ ޗެއަރޕާރސަން އަލްއުސްތާޛު ޙަސަން ލަތީފް ފުލުހުން ޣައިރު ޤާނޫނީ ހައްޔަރަކުން ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ ސޯސަންމަގު އެމް.ޑީ.ޕީ އޮފީސް ކުރިމަތީގައި ގުޅިފައިވާ ސިޔާސީ ޕާރޓީތަކުން ބޭއްވި […]

[ވިދާޅުވޭ...]