ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކޮއްކޯފުޅު، އަދި ހުޅޫމާލެ ދާއިރާގެ މެންބަރ ޢަލީ ނިޔާޒުގެ ބޭބޭފުޅު އަޙްމަދު މުޙައްމަދު ޞާލިޙް އަވަހާރަވުމުގެ ފުން ހިތާމައިގައި ބައިވެރިވުން

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ލޮބުވެތި ކޮއްކޯފުޅު އަދި ހުލުމާލެ ދާއިރާގެ މެންބަރ ޢަލީ ނިޔާޒުގެ ލޮބުވެތި ބޭބޭފުޅު އަޙްމަދު މުޙައްމަދު ޞާލިޙް އަވަހާރުވުމުގެ ފުންހިތާމައިގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ބައިވެރިވަމެވެ.

އަޙްމަދު މުޙައްމަދު ޞާލިޙް އަވަހާރަވެފައިވަނީ ދުބާއީގައި، ކެންސަރ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އެމަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އަދި މިހިތާމަވެރި ވަގުތުގައި މަރުހޫމްގެ އާއިލާއަށް ކެއްތެރިކަން ދެއްވާށިއެވެ. އާމީން