25 އޯގަސްޓް 2010
ލިޔުނީ: ހިތްތިރި
އަނެއްދިވެހިރާއްޖެ ފެންނާނީ ހުވަފެނުން ކަމަށް ބުނި މީހުން ހާދަ މޭކަރާނެތާ ދޯއެވެ. ބިންތައް އެއޮއްގެން ހިއްކާ ނިމެނީއެވެ. މަތިއުތުރު ޕްރޮވިންސްގެ ދިއްދޫ ހިއްކާ ނިމިއްޖެއެވެ. އުތުރު ޕްރޮވިންސްގެ ޅ. ހިންނަވަރަށް އަލަށް އިތުރު ކުރާ 28 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެއެވެ. މާދަމާ ވެލިދޫ ގެ ބިންހިއްކުން ފެށޭއިރު، އިއްޔެ ތުޅާދޫގެ ބަންޑްވޯލް ޖަހަން ފެށީއެވެ.
ދިގު 30 އަހަރު ދުވަހުގެތެރޭގައި ނުކޮށްދިން ބިން ހިއްކުމުގެ މަސައްކަތް އެންމެ ނުވަދުވަހުގެ ތެރޭގައި އެވަނީ ނިންމާލާފައެވެ. އަށާވީސް ހެކްޓަރގެ މި ބިމުން ހިންނަވަރުގެ ރައްޔިތުންގެ އިތުރުން މި ސަރަހައްދުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ފައިދާވާނެ ގޮތަކަށް ތަރައްޤީކުރުމަށް ސަރުކާރުގެ ވިސްނުން ގެންގުޅުއްވާ ކަމުގައި އުތުރު ޕްރޮވިންސްގެ މިނިސްޓަރގެ ނައިބު ޢަލީ ނިޔާޒު ވިދާޅުވެއެވެ.
ވެލިދޫ އާއި ތުޅާދޫގެ މަސައްކަތް ފަށާތާ ދިހަ ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެ އެވެ. ހިންނަވަރަށް 28 ހެކްޓަރގެ ބިން އިތުރުކުރުމުން މިހާރު ހިންނަވަރުގެ ބޮޑު މިނަކީ 50 ހެކްޓަރެވެ. ހަތަރު ހާސް ފައްސަތޭކަ އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ހިންނަވަރުގައި މިހާރު ދޫކޮށްފައި ހުރި ހަތަރު ސަތޭކަ ފަންސާހަށް ވުރެ ގިނަ ގޭގައި އެތައް ޢާއިލާއެއް ދިރިއުޅެމުންދެއެވެ. އޯގާތެރި ސަރުކާރުން އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެށިއެވެ.
މިހާރުގެ ބިމުން ކޮންމެ ދިހަ މީހަކަށް ޖެހެނީ އައްސަތޭކަ ސާޅިސްއަށް އަކަފޫޓްގެ ކުޑަ ތަންކޮޅެކެވެ. ބިންހިއްކާ ނިމުމުން އާންމު ދިރި އުޅުމަށް1377 އަކަ ފޫޓްގެ 189ގެ ދޫކުރުމަށް ހަމަޖެހިފައިވާއިރު 2000 އަކަ ފޫޓްގެ 292 ގެ ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން މީހުން ދިރިއުޅުމަށް 1377 އަކަފޫޓްގެ 231 ގެ ވިއްކާއިރު، 2000 އަކަ ފޫޓްގެ 160 ގެ ވިއްކާ ގޮތަށް ޕްލޭން ކޮށްފައިވެއެވެ. އުފަލުގެ ކޮޅެއް ނެތެވެ.
ހިންނަވަރުގައި ހިއްކި 28 ހެކްޓަރުގެ ބިން ތަރައްޤީ ކުރާއިރު ހިންނަވަރާ އެއްވަރަށް މި ސަރަހައްދު ތަރައްޤީ ވުމަކީ ސަރުކާރުގެ ވިސްނުންހުރި ގޮތްކަމުގައި ޕްރޮވިންސް އޮފީހުން ވިދާޅުވިއިރު، އިއްޔެ މަސައްކަތް ނިމުނު ހިންވަރުގެ ބިމުން އެ ސަރަހައްދުގެ އެހެން ރަށްރަށުގެ ރަށްޔިތުންނަށްވެސް ފުރުޞަތު އޮންނާނެ ކަމަށް ސަރުކާރުން ބުނެއެވެ. ކިހާ އުފާވެރި ޚަބަރެއްތޯއެވެ. މިކަމުން ބައެއްގެ ލަގޮނޑިއަށް ހާދަ އަސަރެއް ކުރާނޭތާއެވެ.
ބިން ހިއްކުމުގެ މަސައްކަތް އެންމެ ނުވަދުވަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ. އަށާވީސް ހެކްޓަރގެ މި ބިމުން ހިންނަވަރުގެ ރައްޔިތުންގެ އިތުރުން މި ސަރަހައްދުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ފައިދާވާނެ ގޮތަކަށް ތަރައްޤީކުރުމަށް ސަރުކާރުގެ ވިސްނުން ގެންގުޅުއްވާތީ މަމެން މިތިބެނީ އުފަލުން ފުރިފައެވެ . މި ޕޮރޮވިންސްގައި ހިމެނޭ ވެލިދޫއާއި ތުޅާދޫގެ މަސައްކަތުގެ ތެރެއިން ވެލިދޫގެ ޢަމަލީ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ފެށޭނެ ކަމުގެ އުފާވެރި ޚަބަރު ލިބިފައިވާތީ އެރަށު ރައްޔިތުން އުފަލުން މަރުވަނީއެވެ.
މި ދެރަށުގެ މަސައްކަތް ފަށާތާ ދިހަ ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެއެވެ. ވޭތުވެދިޔަ 30 އަހަރު ދުވަހުގެތެރޭގައި ރާއްޖެއަށް ބިން އިތުރު ނުވާ ވަރަށް މި 5 އަހަރުގައި އިތުރުވެގެންދާނޭ ކަމީ ބަޔަކު ޝައްކެއް ކުރާނޭ ކަމެއް ނޫނެވެ. ހިންނަވަރަށް 28 ހެކްޓަރގެ ބިން އިތުރުކުރުމުން މިހާރު ހިންނަވަރުގެ ބޮޑު މިން 50 ހެކްޓަރު ހަމަވީއެވެ. ހަތަރު ހާސް ފައްސަތޭކަ އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ހިންނަވަރުގައި މިހާރު ދޫކޮށްފައި ހުރި ހަތަރު ސަތޭކަ ފަންސާހަށް ވުރެ ގިނަ ގޭގައި އެތައް ޢާއިލާއެއް ދިރިއުޅެމުންދެއެވެ.
މިހާރުގެ ބިމުން ކޮންމެ ދިހަ މީހަކަށް ޖެހެނީ އައްސަތޭކަ ސާޅިސްއަށް އަކަފޫޓްގެ ތަންކޮޅެކެވެ. ބިންހިއްކާ ނިމުމުން އާންމު ދިރި އުޅުމަށް1377 އަކަ ފޫޓްގެ 189ގެ ދުކުރުމަށް ހަމަޖެހިފައިވާއިރު 2000 އަކަ ފޫޓްގެ 292 ގެ ދޫކުރުމަށް ހަމަޖެހިފައިވާތީ ހިންނަވަރު ރައްޔިތުން އުފަލުން ފޮޅެނީއެވެ. އަދި މީގެ އިތުރުން މީހުން ދިރިއުޅުމަށް 1377 އަކަފޫޓްގެ 231 ގެ ވިއްކާއިރު، 2000 އަކަ ފޫޓްގެ 160 ގެ ވިއްކާ ގޮތަށް ޕްލޭން ކޮށްފައިވެއެވެ. ކިހާ އުފާވެރި ޚަބަރުތަކެއްތޯއެވެ. އެރަށަށް ނިސްބަތްނުވާ މީހަކު މިހާއުފާވާއިރު، އެރަށު މީހުންގެ އުފާވެރިކަން ހުންނާނޭ މިންވަރު އަންދާޒާކުރެވޭނެ ބާވައެވެ.
ބިންތައް ވެސް އެއޮއްގެން ހިއްކާ ނިމެނީ އެވެ.
އަނެއްދިވެހިރާއްޖެ ފެންނާނީ ހުވަފެނުން ކަމަށް ބުނި މީހުން ހާދަ މޭކަރާނެތާ ދޯއެވެ.