ރައީސް ނަޝީދު ފޮނުއްވާ “ވަރަށް ވެދުން” ސިޓީފުޅާއިގުޅޭ

ރައީސް މުޙަންމަދު ނަޝީދު ދިވެހި ސިފައިންނާއި ފުލުހުންނާއި ޓީޗަރުންނަށް ފޮނުއްވާފައިވާ “ވަރަށް ވެދުން” ސިޓީފުޅުތައް މިހާރު ވާނީ ފުރާތަކުރައްވާފައެވެ. އެހެން ކަމުގައި ވިއަސް މި ސިޓީފުޅު ރައްދުވެފައި ނެތް ފަރާތްތަކުން ދަނީ ރައީސް މުޙަންމަދު ނަޝީދަށް ޝަކުވާ އުފުލަމުންނެވެ.

މިކަމާ ގުޅޭގޮތުން ރައީސް ނަޝީދުގެ ތަރުޖަމާނު، އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ، އެއްވެސް ހިތްޕުޅު ބުރަކަމެއްނެތި “ވަރަށް ވެދުން” ސިޓީފުޅު ރައީސް މުޙަންމަދު ނަޝީދު ފޮނުއްވާފައިވާއިރު ބައެއް ސިޓީފުޅު ރައްދުވެފައިނުވާތީ އެކަމަށް އެމަނިކުފާނު މާފަށް އެދިވަޑައިގަންނަވައެވެ. އެހެން ކަމުން މިފަރާތްތަކަށް ސިޓީފުޅު ރައްދުކުރުމުގައި ދަތިތަކެއް ކުރިމަތި ވަމުން އެބަދެއެވެ. މިއީ އެއްވެސް ހާލެއްގައި ރައީސް ނަޝީދު އެބޭފުޅުންނަށް ސިޓީފުޅު ފޮނުއްވާފައި ނުވާތީ ނުވަތަ ހިތްޕުޅުގައި ބަރުކަމެއް ގެންގުޅުއްވާތީ ދިމާވި ކަމެއް ނޫންކަމުގައިވެސް މާރިޔާ ދީދީ ވިދާޅުވިއެވެ.

ސިޓީފުޅު ހޯއްދެވުމަށް ފުލުހުންނާއި ސިފައިންނާއި ޓީޗަރުން ބަހައްޓަވަމުންގެންދަވާ ޝައުޤު ވެރިކަމާއި، އަހައްމިޔަތަށްޓަކައި ރައީސް ނަޝީދު ނުހަނު ޝުކުރު އަދާ ކުރައްވައެވެ.

އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުން މިގެންދަނީ، މިސިޓީފުޅުތައް އޭގެ ހައްޤުވެރިންނަށް މިހާރުން މިހާރަށް ރައްދުކުރެވޭތޯއެވެ. ނަމަވެސް އަދި މި ސިޓީފުޅުތައް ރައްދުކުރުމުގައި ދަތިތަކެއް ކުރިމަތި ވެފައިވުމާއި އެކު މިހާރު މި ސިޓީފުޅުގެ ކޮޕީ އެއް މި ޚަބަރާއި އެކު ހިމަނާފައި މިވަނީއެވެ.

DOC050913-05092013142825

DOC050913-05092013142859

DOC050913-05092013142921