“އަޅުގަނޑުގެ އެންމެހާ ހެޔޮ އެދުންތައް” ފޮޓޯ މައުރުޒު ރައީސް ނަޝީދު މިރޭ އިފްތިތާހް ކޮށްދެއްވާނެ

579605_10151526467996851_1924822114_n

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު “އަޅުގަނޑުގެ އެންމެހާ ހެޔޮ އެދުންތައް” މިނަމުގައި ބާއްވާ ފޮޓޯ މައުރަޒު އިފްތިތާޙްކޮށްދެއްވާނެއެވެ. މިރޭ (7 އޯގަސްޓް 2013) މާލެ ސިޓީ ކައުންސިލް ހޯލްގައި އޮަންނަ މި ޙަފްލާ ފެށޭނީ 10 ޖަހާއިރުއެވެ.

ރައީސް ނަޝީދުގެ ކެމްޕޭނުގައި ވޮލަންޓިއަރ ފޮޓޯގްރަފަރުން ކުރައްވާފައިވާ މަސަަައްކަތާއި އެފޮޓޯގްރަފަރުންގެ ފަންނުވެރިކަންފެނިގެންދާ މި މައުރަޒުގައި ރައީސް ނަޝީދު މުޅި ރާއްޖޭގެ އެކިކަންކޮޅުތަކަށް ޒިޔާރަތް ކުރައްވާ ރައްޔިތުންނާއި ބައްދަލުކުރައްވާމަންޒަރު މި މައުރަޒުން ފެނިގެންދާނެއެވެ. .ރައީސް ނަޝީދާއެކު ރާއްޖޭގެ ރައްޔިތުން ނަގާފައިވާ ލައްކަ ގިނަ ފޮޓޯ ތަކުގެތެރެއިން ގިނައަދަދެއްގެ ފޮޓޯތައް ދައްކާލެވޭނެ މައުރުޒަކަށްވެސް މިރޭގެ މައުރަޒު ވެގެންދާނެއެވެ.

މިރޭ މިއިފްތިތާހް ކުރެވިގެންދާ މައުރުޒުގައި ދައްކާލެވޭ ފޮޓޯތަކުގައި ރައީސް ނަޝީދާއިއެކު އެފޮޓޯގައި އެވާ ބޭފުޅުންނަށް ހަދިޔާކުރެއްވުމަށްޓަކައި އެ ބޭފުޅެއް ނިސްބަތްވާ ދާއިރާގެ ކޯޑިނޭޓަރާއި ރައީސް ނަޝީދު ފޮޓޯ ހަވާލުކޮދެއްވާނެއެވެ. ފޮޓޯ ރައްދުކުރެވިގެންދާއިރު ކޮންމެ ފޮޓޯއެއްގެ ފަހަތުގައި ރައީސް ނަޝީދުގެ ހެޔޮއެދުމުގެ ބަސްކޮޅަކާއި އެމަނިކުފާނުގެ ސޮއި އޮންނާނެއެވެ.

ރައީސް ނަޝީދާއިއެކު އާއްމު ގިނަ ރައްޔިތުން ނަގާފައިވާ ލައްކަގިނަ ފޮޓޯތަކުގެ ތެރެއިން އަދި ޗާޕުނުކުރެވި މައުރުޒުގައި ނުދެއްކޭ އެންމެހާފޮޓޯތައްވެސް މިވަގުތުދަނީ ، ޗާޕުކުރެވި ފުރިހަމަ ކުރެވެމުންނެވެ. މިފޮޓޯތައްވެސް ވަރަށް ހަލުވި ބާރުމިނެއްގައި، މައުރުޒުގައި ދައްކާލެވޭ ފޮޓޯތަކެކޭ އެއްފަދައިން އެފޮޓޯއެއްގައި ރައީސް ނަޝީދާއިއެކު ހުންނަވާ ބޭފުޅުންނަށް، އެބޭފުޅުންގެ ދާއިރާގެ ކޯޑިނޭޓަރުންގެ ހަވާލުގައި ފޮޓޯ ރައްދުކޮށްދެއްވާގޮތަށް ވަނީ ހަނމަޖެހިފައެވެ.