ރައީސް ނަޝީދު މިއަދު މެލޭޝިޔާގަ އުޅޭ ދިވެހި ކިޔަވާ ކުދިންނާ ބައްދަލުކުރައްވާނެ

untitled-01701

ލިޔުނީ: ޝަހީދާ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު (13 ޖުލައި 2013-ހޮނިހިރު) ހަވީރު 5 ޖަހާއިރު މެލޭޝިޔާގައި އުޅޭ ދިވެހި ކިޔަވާ ކުދިންނާ މެރިއަޓް ހޮޓަލުގައި ބައްދަލުކުރައްވާނެއެވެ.

ރައީސް ނަޝީދު މެލޭޝިޔާގައި އުޅޭ ދިވެހި ކިޔަވާ ކުދިންނާ ބައްދަލު ކުރެއްވުމަށްފަހު އެމަނިކިފާނުންގެ ޝަރަފުގައި ބާއްވާ ބޮޑު ރޯއްދަވީއްލުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ރޯދަ ވީއްލެވުމާއި ނަމާދުގެ އަޅުކަމަށްފުހު 8:30 ގައި ފަށާ “މެލޭޝިޔާ އެއްބުރުން” ޙަފްލާގައި ބައިވެރިވަޑައިގަންނަވާ ހަފްލާގެ ބައިވެރިންނާ މުޙާތަބު ކުރައްވާ ވާހަކަފުޅުދައްކަވާނެއެވެ.

މިއަދު ހަވީރުން ފެށިގެން މެލޭޝިޔާގައި ކުރިޔަށްދާ ޙަފްލާތަކުގައި ރައީސް ނަޝީދާއެކު އެމަނިކުފާނުންގެ ޑެލިގޭޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.