އެމް.ޑީ.ޕީގެ ސަރުކާރުގެ ޢަމާޒަކީ ކޮޅުމަޑުލުގައި 2000 ޓުއަރިސްޓް އެނދު 2 އަހަރުގެ ތެރޭގައި ބިނާކޮށް ހުޅުވުން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ .

އެމް.ޑީ.ޕީގެ ސަރުކާރުގެ ޢަމާޒަކީ ކޮޅުމަޑުލުގައި 2000 ޓުއަރިސްޓް އެނދު 2 އަހަރުގެ ތެރޭގައި ބިނާކޮށް ހުޅުވުން ކަމަށް ދިވެހި ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ދިވެހިރާއްޖޭގެ ރިޔާސި ކެންޑިޑޭޓް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލު މަޑިފުއްޓަށް ޒިޔާރަތް ކުރައްވާ އެރަށުގެ ބޭފުޅުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ގެސްޓްހައުސްގެ ވިޔަފާރި ފަހިކޮށްދޭނީ ދަތުރުފަތުރު ކުރުމުގެ ނިޒާމުން ހުރިހައި ރަށްތަކެއް ގުޅައިލީމައި ކަމަށް ރައީސް ނަޝިދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ދަތުރު ފަތުރު ކުރުމުގެ ނިޒާމް އެންމެ ފުރަތަމަ ވިސްނައި ގަނެވުނީ ހަޤީޤަތުގައި ގެސްޓް ހައުސްގެ ވިޔަފާރިއަށް ފަހިކުރުމަށްޓަކައިމަށާއި، ބޭނުންވަނީ މަތިންދާ ބޯޓު ޖެއްސޭނޭ ގޮތެއް ކޮޅުމަޑުލުގައިވެސް އޮތުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެގޮތުން ތިމަރަފުށީގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިހާރު ފުރިހަމަ ވަމުންދާކަމަށާއި، އެމް.ޑީ.ޕީއަކީ ރާއްޖެ ތަރައްޤީކުރުމަށް އުޅޭ ބައެއް ކަމަށާއި، އެމް.ޑީ.ޕީގެ އަމާޒަކީ އަބަދުވެސް ރައްޔިތުންނަށް ތަރައްޤީގެ ފުރުސަތު ތަނަވަސް ކޮށްދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިމޭރުމުނުން ވާހަކަފުޅު ދައްކަވަމުން ތިމަރަފުށީގެ އެއަރޕޯޓް މި ބަޤާވާތުގެ ސަރުކާރުން އަވަހަށް ހަދަން ބޭނުންވަންޏާ އެންމެ އުފާވާނީ ހަމަ އެމް.ޑީ.ޕީން ކަމަށާއި، އަދި މިކަމުގައި އެމް.ޑީ.ޕީއަށް ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް މި ބަޤާވާތުގެ ސަރުކާރަށް އެމް.ޑީ.ޕީން ވެދޭނެކަމުގެ ވާހަކަ ވިދާޅުވިއެވެ.

ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށްޓަކައި އެއަރޕޯޓް ވަރަށް މުހިއްމު ކަމަށާއި، ޓުއަރިސްޓުންނަށް ކޮޅުމަޑުލަށް އާދެވޭނީ އެއަރޕޯޓް މެދުވެރި ވެގެން ކަމަށް ރައީސް ނަޝީގުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ކޮޅުމަޑުލު މަޑިފުށީ ރައްޔިތުންނާ ބައްދަލު ކުރައްވާ މުޙާތަބު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހީންނަށް ކުރިއަށް އޮތްތަނުގައި އެންމެ ބޮޑަށް ފާހަގަވާ އެއްބިނާއެއްގެ ގޮތުގައި ކޮންމެ ރަށެއްގައިވެސް ފެނިގެންދާނީ ފެރީ ޓަރމިނަލް އެއް ކަމުގައެވެ. އަދި މި ފެރީ ޓަރމިނަލް ވެގެންދާނީ ދިވެހިންގެ ތަރައްޤީގެ ރަމްޒެއް ކަމަށާއި، އަދި އެތަން ވަށައިގެން ވިޔާފާރިތަކާއި، މާރުކޭޓާއި އެތަނުގެ ސަބަބުން ގެސްޓްހައުސް ވިޔާފާރި އުފެދި، ދަތުރުފަތުރު ހަރުދަނާ ވެގެންދާނެކަމާއި މެދު ރައީސް ނަޝީދުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ތިމަރަފުށީ އެއަރޕޯރޓުން ކޮޅުމަޑުލުގެ ހުރިހާ ރަކަށްވެސް އަބަދުވެސް ޓުއަރިސްޓުންނަށްވެސް އަދި އަތޮޅު ރައްޔިތުންނަށްވެސް ދަތުރު ކުރެވޭނެ ގޮތް އޮންނަން ޖެހޭނީ ހަމަޖެހިފައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ ދަތުރުފަތުރުގެ ނިޒާމަށް ބޭނުންކުރެވޭ އުޅަނދުފަހަރަކީ އާދައިގެ ސަތަރި ދޯންޏަށްވެސް ވެގެންނެއް ނުވާނެ ކަމަށާއި، މި އުޅަނދު ފަހަރުތަކުގަޔާއި ޓަރމިނަލް ތަކުގައި ހުންނަންޖެހޭނީ ބައިނަލް އަޤުވާމީ ފަރާތްތަކުން ގަބޫލު ކުރާނެފަދަ އައިއެސްއޯ ސްޓޭންޑަރޑައަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި މިދެންނެވުނު މިންގަނޑުތަކުގައި ކަންކަން ބަހައްޓަން ޖެހޭ ސަބަބަކީ އެމް.ޑީ.ޕީގެ ޢަމާޒަކީ ތަރައްޤީވެފައިވާ ޤަޢުމުތަކުގެ ޓުއަރިސްޓުން މި އެއްޗެތީގައި އުފުލުން ކަމަށް ވާތީކަމަށް އެބޭފުޅަގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ކޮޅުމަޑުލުގެ ބޭފުޅުންނަށް ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މުޅިން އެހެން މަންޒަރެއް ފެނިގެން ދާނެކކަމަށާއި، އެމް.ޑީ.ޕީގެ ހިތުގައި ކޮޅުމަޑުލުގެ ތަރައްޤީ ސިފަވެފައި އޮންނަތާ އެތައް ޒަމާނެއްވެއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީން ނުކުމެ މި ތިބީ އެ މަންޒަރު ހަޤީޤަތަކަށް ހަދައިދިނުމަށާއި، ކޮޅުމަޑުލުގެ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައި ދިނުމަށް ކަމަށާއި، އެމްޑީޕީގެ އަބަދުވެސް މަސައްކަތްތަކަކީ ރައްޔިތުންގެ އުއްމީދުތައް ޙަޤީގަތަކަށް ހަދައިދިނުންކަމުގައި ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.