ގެއްލުމުގެ ތެރެއަށް ވައްޓާލިއަސް ހެވާއި ނުބައި އޮޅި ހެއްލިގެނެއް ނުދާނެ

ފާތުމަތު ޝަހީދާ

ކޮންމެ އިންސާނަކީވެސް ކޮންމެސް ދުވަހަކުން މިދުނިޔެ ދޫކުރާނެ މީހެއްކަން ޔަގީނެވެ. އެމީހެއްގެ އަޖަލު ހަމަވީމާ ލަހެއް ފަހެއް ނެތި އެމީހަކު ޖެހެނީ ދާށެވެ. މިކަން ނުދަންނަ އިންސާނަކު ނުހަންނާނޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެއެވެ. އެހެން ނަމަވެސް.މަރު މަތިން ހަދާން ނެތިގެން އުޅޭ ބަޔަކު މިޤައުމުގަ މިހާރު އުޅޭތަން ވަރަށް ގާތުން އެބަ ފެނެއެވެ.ވާނުވާ ނޭގި ދާނުދާ ނޭގި އުޅޭ ބަޔަކަށް ކަންވާގޮތް ގިނަ ފަހަރު އޮންނާނީ ނޭގިފައެވެ.ދުނިޔޭގަ ކަންހިނގާ ގޮތް އެއީ މިސާލުކަމަށް ނުދެކި އުޅޭމީހުން ގަބޫލު ކުރާ ގޮތް އެއީ ކަންހިގާ ގޮތަށް ގަމާރު ބައެކެވެ. ގައުމެއްގައި މީހުން އާބާދުވީއްސުރެން ދިރި ތެޅެމުން ދާ ބަޔަކަށް2000 އަހަރަށް ވުރެ ގިނަ މުއްދަތު އެއީ ކަމެއް ދެނެގަތުމާއި ދަސްވުމަށް މަދު މުއްދަތެއްކަން މިހާރު މިއޮއްދިޔައީ ފާޅުވެ އެގި ސާފުވެގެންނެވެ.

2008 ނޮވެމްބަރ 11 ން ފެށިގެން ކުރިޔަށް ހިނގާ ފަސް އަހަރަށް ހޮވުނު ޑިމޮކްރަޓިކް ވެރިމީހާ އެވެރިކަމާ ކުރިމަތިލުމުގެ ކުރިން އެތައް އަހަރުތަކަކުން ފެށިގެން ކުރަމުން އައި ބުރަ މަސައްކަތްތައް އެއީ ދުނިޔޭގަ ކަންހިގާގޮތް ކަމުގައި ޤައުމުގެ ބަޔަކު ޤަބޫލު ކުރަން ބޭނުންނުވިކަން އެގި ހުރެމެވެސް ކުރަން ޖެހުނު ތަރުތީބުތަކާއެކު ކަން ކޮށްނިންމާ ޑިމޮކްރަޓިކް އުސޫލުތަކާއެކުހެޔޮ ވެރިކަން ކުރަން ފެށީއެވެ.މި ހެޔޮވެރިކަން ކުރުމުގައި ދިމާވި އެތައް ގޮންޖެހުމާ ހުރަސް ތަކާއެކެ 3 އަހަރާ މަސްކޮޅަކަށް ރައްޔިތުންނަށް ޙިދްމަތްކުރުމުގައި ސާބިތުކަމާއެކު ދެމިހުރި ހުރުން އާއްމުކޮށް ގިނަ އަދަދެއްގެ ރައްޔިތުން ބަލައިގަތް ނަމަވެސް ޤައުމުގައި ތިބި ދަހިވެތި މަދު ބަޔަކަށް ރައްޔިތުން ނަށް ލިބެމުން އައި ފައިދާއާ ޤައުމަށް ލިބެމުން ދިޔަ ތަރައްޤީ ޤަބޫލުކުރެވި މިކަންކަމީ މިބައިމީހުންނަށް ވެރިކަމަށް އައުމުގާ ހުރި ވަރަށް ބޮޑެތި ހުރަސްތައްކަން ޤަބޫލުކުރެވުނެވެ. މި ބައިމީހުންނަށް މި ޤަބޫލުކުރެވުންވީ ވަރަށްވެސް ބޮޑު އަނިޔާއަކަށެވެ. މި އަނިޔާއަށް ކެތް ނުކުރެވި ނުބައިކަން ކޮޅުންލީއެވެ. ނަތީޖާއަކަށްވީ ކޮންމެފަދަ ނުބައި ގޮތަކަށްނަމަވެސް ވެރިކަމާ ތޮޅެ ކޮންމެ ގޮތަކުންވެސް ވެރިކަމުގައި ބަގުޑި ބެއްދުމެވެ. މިނުބައިކަންކޮށް ނިންމައިފިއެވެ. ރައްޔިތުންނަށްޓަކާ ހެޔޮވެރިކަން ކުރަމުން އައި ބަޔަކު ސިޔާސީ ގިއްގެޅުވުމަކުން ގިއްގަޅުވާ ލާފިއެވެ.

އާއްމުކޮށް ދުނިޔޭގެ މިސާލު ދައްކާގޮތުން އަދި ޙާއްސަކޮށް ރާއްޖޭގެ މިސާލުން ހެކި ދައްކާގޮތުންނަމަ ވެރިކަމުން ފައިބާ ނުވަތަ ބާލާ މީހާގެ ނެތުން ވެގެންދަނީ ޤައުމުހިންގުމަށް ވަރައްވެސް ފަސޭހަވެގެންދާ ކަމަކަށެވެ. އެހެންނަމަވެސް ކުރިންދެންނެވުނު 2008 ނޮވެމްބަރ 11 ވަނަ ދުވަހުން ފެށިގެން 5 އަހަރަށް ކުރިޔަދާން ރައްޔިތުން ނިންމި ވެރިކަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގެ ތަހުތުގައި 30 އަހަރު ވަންދެން ވެޑުވިގެން އިން ވެރިކަލޭގެ ޑިމޮކްރަޓިކް އުސޫލުންވެރިކަމުން ބާލާ މިނިވަން ކަމާއެކު ދޫކޮށްލާ އިށީންނަށް ހިތަށް އަރާހާ ގޮޑިއެއްގައި އިށީނުމުގެ މިނިވަންކަމާއި ފުރުސަތު ދި ދޫކޮށްލުން ވެގެންދިޔައީ އެތައް ނުބައި ކަމެއްގެ ފެށުންކަމުގައެވެ. 30އަހަރުގައި އެތައްގިނަ ހީލަތާ މަކަރާއެކު ވެރިކަން ކޮށް އެތައްބައެއްގެ ސިކުޑިއާ ކުޅެ، ރައްޔިތުންތަކެއްގެ ވިސްނުމާ ބުއްދިއާ ކުޅެ، ނަހަމަ އެއީ ހަމަ ކަމުގައި ދަސްކުރުވާ، ދޮގު އެއީ ތެދުކަމުގާ ޤަބޫލު ކުރުވާ، ނުބައި އެތައް ކަމެއް ނުބައި ގޮތުގާ ކުރުވާ، ދުނިޔޭގެ ރަގަޅު އާދަ އޮޅުވާލާ، ދުނިޔޭގެ ޒަމާނީ ތަރައްޤީ ޤައުމަށް ގެނައުމުގާ ފަސްޖެހޭނެ ގިނަގޮތްތައް ރާވާ، ރައްޔިތުންގެ ހެޔޮވިސްނުން ހަމަގޮތުގައި ބޭނުން ކުރިޔަނުދީ، މަކަރާ ހީލަތުގެ މަޅީގައި ޖެއްސުވިއެވެ.

މަކަރާ ހީލަތުގައި ޖެއްސުވި މިންވަރު ނިކަން ދެކިބަލާށެވެ. ހެޔޮބުއްދީން ވީސްނާލަބަލާށެވެ. ޤައުމުގެ މުސްތަގްބަލްގު މިސްރާބު ކޮބައިބާއެވެ؟ މިދަނީ ކޮންދިމާލަކަށް ބާއެވެ؟ އަނެއްކާވެސް އެއްކަލަ ނުބައިކަމަށް ހެއްލުނުމީހުން އަލުން ހެއްލި ޤައުމު ގެއްލުމުގެ ތެރެއަށް އެއްލާލީކީ ނޫންތޯއެވެ؟ ހެއްލުނުމީހުން ނަށް ވީ ގެއްލުމުކީ ކޮބައިތޯއެވެ؟ގެއްލުނު ހުރިހާއެއްޗެއް މިގެއްލުނީ އާއްމު ނިކަމެތި ފަރުދުންނަށް ނޫން ތޯއެވެ؟ މިނިވަންކަން ގެއްލުނީކީ ނޫންތޯއެވެ؟ ތެޅި ތެޅީނުން ހަފުސް ކޮށްލީކީ ނޫންތޯއެވެ؟

އިންސާނުންނަކީ ހާދަހާވާ ހަދާން ބަލިބައެކެވެ. ދެރަކަމުގެ ކޮޅެއްނެތެވެ.ކަންކޮށް ނަންއެޅުނު ނުބައި މީހުން އިންސާފުން އެއްކިބައިވެގެން ތިބެ ކުރާ ލާއިންސާނީ އަނިޔާވެރިކަމުގެ މަޅިގައި ރައްޔިތުން ރަގަޅަށް ޖެހި ގުޑި ނުލެވި މައިތިރިވާ ހާލަތަށް ޤައުމުގެންގޮސް ނިންމައި އުދުވާނުން ބޭނުންވާ ގޮތަށް ޤައުމުގެ ހިންގުން ކުރިޔަށް ގެންދަން ފަށައިފިއެވެ.“ފްރީ އެންޑް ފެއަރ އިލެކްޝަން” އޭ ބުނުމުން އެބުނަނީ ކީކޭކަން އެގިތިބެ ގަންނާ ކުރައްވާ ބިރުން މިވަގުތު ޤައުމު މިއޮތީ އިންތިޙާބަކަށް ތައްޔާރަކަށް ނޫނޭ މިކިޔަނީ މިވެރިން ނަށް ހެދުނު މޮޔަ ހިތަށް އަރާ އިންތިޙާބަކަށް ނުގޮސް ސަލާމަތުން ތިބެވިދާނެކަމަށް ހިތަށް އަރާތީކަން ޔަގީނެވެ. މި ބައިމީހުން މި ހިންގި ގެއްލުންދެނިވި ކަންތަކުގާ ޤަރަގުވި އެތައް ރައްޔިތެއްގެ ގިނަ ވަގުތު މިނުބައިން ސަލާމަތް ވުމަށްޓަކާ ހުސްކުރަންޖެހިއްޖެއެވެ ކުރެވެން ހުރި ކަންތައް ކޮށް ކުރަން ހުރިމަސައްކަތް ނިންމުމުގާ ކަޑައްތު ކުރަން ވީ މަރުހަލާ ގެ ދިގު ކަމުން އުދުވާނުންގެ ނުބައި ހިންގުމައިގެން ޤައުމު ކުރިޔައް ގެންދަން މަގު ފަހިކުރަނީއެވެ.

ޤައުމަށް ހެޔޮވެރިކަމެއް ގެނައުމުގައި އަލުން ފެށުމަކުން ފަށަން ބަލާއިރު ނިންމަން ޖެހިފައި މިވާ ކަންތަކުގެ ގިނަކަމުން އެތައް މަސް ދުވަހެއް ނޫނީ އަހަރު ދުވަސް ތަކެއް ފާއިތު ކުރަން ޖެހުން ގާތެވެ. ނުބައި މީހުންގެ ނުބައިކަންކޮށް ނިންމިގޮތް ހޯދާ އޮޅުން ފިލުވައި ނުދީ ކުރިއަށް ދެވޭކަށް ނެތެވެ. ހޯދާ ބަލައި ދެނެގަނެ ކަން ހިންގި ގޮތް ހާމަކޮށް ބުއްދީގެ ވިސްނުމުގެތެރެއަށް ލައިދޭން ޖެހިއްޖެއެވެ. މީ ހަމަ ގައިމުވެސް ކުރު މަރުހަލާ އަކަށް ނުވާނެއެވެ. އެތައްބައެއްގެ އެތައް ވަގުތެއް މިކަމަށް ހުސްކުރަން ޖެހިއްޖެއެވެ.ޤައުމު އަލުން ހަމަ ގޮތުގައި ފާލަށް އަޅުވަން ކުރަން ހުރި ގިނަ ގުނަ އެންމެހާ މަސައްކަތްތަކުގާ ފަސްނުޖެހި ކުރިޔަށް ދިޔުމުގެ ހެޔޮވިސްނުން ކުރިޔަށް ނެރެ ހިތްވަރާއެކު ކަން ކަން ކުރުން ނޫން އެހެން އެއްވެސް ގޮތެއް ނެތިއްޖެއެވެ.ފެށި ގޮޅިއަށް ރުޖޫއަވެ އަލުން ބަލުން އިތުރު ހިތްވަރާއެކު ފަށަން ޖެހުނީއެވެ.