އިސްލާމްދީނުގެ މަޝްވަރާ މަޖިލިސް

އިސްލާމްދީނުގެ މަޝްވަރާ މަޖިލިސް ގައި ހިމެނެނީ ޕާޓީގެ މެމްބަރުންގެ ތެރެއިން ޤައުމީ މަޖިލީހުން އިންތިޚާބު ކުރާ އަންނަނިވި ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވާ 5 (ފަހެއް) މެމްބަރެކެވެ.

1. އިސްލާމިކް ޔުނިވަރސިޓީއަކުން ތަޢުލީމީ ސެޓްފިކެޓެއް ލިބިފައިވުން ނުވަތަ އެފެންވަރަށް ކިޔަވާފައިވާ ކަމުގެ ލިޔުމެއް އިސްލާމިކް ޔުނިވަރސިޓީއަކުން ލިބިފައިވުން
2. އިސްލާމްދީން ކިޔަވައި ދިނުމުގެ ހުއްދަ ލިބިފައިވުން
3. ދީނީ ތަޤުރީރުކުރުމުގެ ހުއްދަ ލިބިފައިވުން
4. ހާފިޒުކަމުގެ ސަނަދުއޮތުން
5. އިމާމްކޯހުން ނުވަތަ ޤާޟީކޯހުން ފާސްވެފައިވުން

އިސްލާމްދީނުގެ މަޝްވަރާ މަޖިލިސް ގެ މަސްއޫލިއްޔަތަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ހެޔޮކަންތައްތަކަށް އަމުރުކޮށް، ނުބައި ކަންތައްތައް ނަހީކުރުމާއި، ދީނީ ކަންކަމުގައި އެމްޑީޕީއަށް ދީނީ ލަފާ ދިނުމެވެ.
އިސްލާމްދީނުގެ މަޝްވަރާ މަޖިލިސް ގެ އެންމެ އިސް ފަރާތަކީ އެމަޖިލިހުން އިންތިހާބުކުރާ ރައީސްއެވެ. އަދި ނައިބު ރައީސްއެއް އެމަޖިލިހުން އިންތިހާބު ކުރަން ވާނެއެވެ.