އެންސްޕާގެ ސީއީއޯ ކަމަށް މާފުށީގޭ މަރިޔަމް ޝަފީޤް ހަމަޖައްސަވައިފި
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، މާފަންނު މާފުށީގޭ މަރިޔަމް ޝަފީޤް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، މާފަންނު މާފުށީގޭ މަރިޔަމް ޝަފީޤް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
ފުވައްމުލަކު ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، އެބޯޑަށް ސަރުކާރުން ޢައްޔަން ކުރެއްވި މެންބަރު، ފުވައްމުލައް ނިއުސަން މުޙަންމަދު ސަޢީދެވެ. ބޯޑުގެ މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، ސަރުކާރުން ޢައްޔަން ކުރެއްވި މެންބަރު ގޮތުގައި، ފުވައްމުލައް ހަޒާރުމާގޭ ޝައްފާފް ނަޞީރެވެ.
އިބްރާހީމް ރާމިޒް
ސަރުކާރުގެ ސިޔާސަތަށް ތާޢީދުކޮށް ވެލިދޫ ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.
ވެލިދޫ ކައުންސިލްގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާ މި ގަރާރުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން އިސްނަގައިގެން މިހާރު މާލޭގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި އާންމުންނަށާއި މީހުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދެމު ގެންދާތީ، އެފަދަ ކަންތައް ވެލިދޫ ކައުންސިލުން ކުށްވެރިކޮށް، އެފަދަ ޢަމަލުތައް ހުއްޓާލުމަށް ގޮވާލާފައިވެއެވެ.
މީގެ އިތުރުން ދިވެހި ޤާނޫނު އަސާސީ ޙިމާޔަތްކޮށްދިނުމަށް ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ވެސް މި ގަރާރުގައި ގޮވާލާފައިވެއެވެ.
ނ.ވެލިދޫ ކައުންސިލްގެ [...]
މިދިވެހިރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއްކަމާއި، އެނިޒާމަކީ ރައްޔިތުންގެކިބައިން ފެށިގެން ރައިސުލްޖުމުހޫރިއްޔާ އާއި ހަމައަށް ރައްޔިތުންގެ ވެރިކަމެއް ކުރުމަށް އެކުލަވާލެވިފައިވާ ނިޒާމަކަށް ވީހިނދު، އެމަނިކުފާނު ރައްޔިތުންގެ ވެރިކަން އަދުލުއިންސާފާއެކު ޤާއިމުކުރުމަށްރާއްޖޭގެ ޤާނޫނުއަސަސީގައި ވާގޮތަށް 3 ބާރުގެ މައްޗަށް ދައުލަތް އެކުލަވާލައި….
މިހާރު މާލޭގައި ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ދިވެހި ރައްޔިތުންގެ ގެދޮރާއި މުދަލަށާއި ، ދަޢުލަތުގެ މުދަލާއި ތަކެއްޗަށް އަދި އާންމުރައްޔިތުންގެ ފުރާނައަށް ނުރައްކާތެރިވާ ދަރަޖައަށް ކަންކަން ގޮސްފައިވުމާއި، ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ގެއްލުންތަކެއް ލިބިގެންދާތީ، މިކަންކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިހާރުން މިހާރަށް މިކަންކަން ހުއްޓާލުމަށް މާފުށީ އެމްޑީޕީ ގޮފިތަކުގެ އެންމެހައި މެމްބަރުންނާއި އަދި ސަރުކާރަށް ތާއީދުކުރާ މިރަށުގެ އެންމެހައި ބޭފުޅުންގެ ފަރާތުން ގޮވާލަމެވެ.
MDP/2012-001
ނ.މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އާއި ބެހޭ
ނ.އަތޮޅު މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 17 މާރޗް 2012 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ.
މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ނ.އަތޮޅު މާފަރު ކައުންސިލް މެންބަރުކަމަށް ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 07 ފެބްރުއަރީ 2012 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި ވަނަވަރުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހެޅުއްވުން އެދެމެވެ. ފެކްސްކުރައްވާނަމަ މި ޕާޓީގެ މައި ސެކްރެޓޭރިއަޓްގެ ފެކްސް ނަންބަރު 3322960 އަށް ފެކްސް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާނީelections@mdp.org.mv އަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް މިޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި މިއޮފީހުން ދޫކުރާނެއެވެ. އަދި މިފޯމު މި ޕާޓީގެ ރަސްމީ ވެބްސައިޓް www.mdp.org.mv އިން ޑައުންލޯޑްކުރެވޭނޭ ވާހަކަ ވެސް ދެންނެވީމެވެ.
މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް، ޝަރުތުހަމަވާ އެއް ބޭފުޅުންނަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، ލޯކަލް ކައުންސިލް އިންތިޚާބުގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު ކަނޑައަޅާނީ މި ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުން 8 ފެބްރުއަރީ 2012 ވާ ބުދަ ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމުގައި ދެންނެވީމެވެ.
ވީމާ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.
2 ފެބްރުއަރީ 2012
-ސެކްރެޓޭރިއަޓް-
އިބްރާހީމް ރާމިޒް
ފެބްރުއަރީ 17 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ބޮޑު އެއްވުމުގެ ޙަރަކާތްތައް ފެށުން ލޯންޗްކުރުމަށް މިރޭ އެޕާޓީގެ މައި ހަރުގޭގައި ޚާއްސަ ޖަލްސާއެއް އޮންނާނެއެވެ.
ޝަރުޢީ ނިޒާމް ހަމަމަގަށް އެޅުވުމަށް ދިވެހިސަރުކާރުން ކުރަމުން ގެންދަވާ ބުރަމަސައްކަތް ހުއްޓުވުމަށް އިދިކޮޅުފަރާތްތަކުން މަސައްކަތްކުރަމުން ގެންދަނީ މިގައުމުގައި ކުރިން ވެރިކަންކުރި ހުދުމުޚްތާރު ވެރިޔާގެ ގިނަދުވަސްވީ ނާތަހުޒީބު ވެރިކަމުގައި ކޮށްފައިވާ ކޮރަޕްޝަންގެ ޢަމަލުތަކާއި ހިންގާފައިވާ ޖަރީމާތައް ފޮރުވުމަށް ކަމަށް މިދާއިރާގެ މެންބަރުން ދެކެއެވެ.
ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމުގެ މަޤްޞަދުގައި، އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގަމުންގެންދާ މާރާމާރީއާއި ޓެރަރިޒަމްގެ ޙަރަކާތްތައް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ފުވައްމުލަކު މެދު ދާއިރާއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.