Maldivian Democratic Party
mdp_banner

Saturday, February 4, 2012

އިންސާފުގެ ދަތުރަށް އެމްޑީޕީން ހުޅުވި ފަންޑަށް މިވީ ދެ ދުވަސް ތެރޭގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެމްޑީޕީ ފަންޑްރައިސިންގ ކޮމިޓީން ބުނެފި

މި ފަންޑަށް އެހީވުމަށް އެމްޑީޕީން ވަނީ އެޕާޓީއަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކަށް ގޮވާލާފައި

އިބްރާހީމް ރާމިޒް

muzaaharaa-450-x-338

އަދުލު އިންސާފުގެ ދާއިރާ ސިޔާސީ ވަކި ބައެއްގެ މުށުތެރޭގައި ތާށިވެފައި އޮންނަ އޮތުމުން އެ ދާއިރާ މިނިވަން ކުރުމަށް މި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާ “އިންސާފުގެ ދަތުރަށް” ތައްޔާރުވުމަށް އެމްޑީޕީން ހުޅުވި ފަންޑަށް މިވީ ދެ ދުވަސް ތެރޭގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެމްޑީޕީ ފަންޑްރައިސިންގ ކޮމިޓީން ބުނެފިއެވެ.

[ވިދާޅުވޭ...]

މެންބަރުންގެ ޚިޔާލު: ﷲ ދެއްވި ނިޢުމަތަށް ޝުކުރުވެރި ވުމުގެ ބަދަލުގައި ކުފުރުވެ ދަންޖެހެމުން އެދަނީ ވެރިކަމާ ހުރެއެވެ!!

ފުނަމާ

ކަތީބުން ފޮށިމަތީގައި ބަނޑުއަޅުވައިގެން ގަދަކަމުން ހޯދި ބޮޑު އިންސައްތައިންނޭ ބުނެ ތިރީސް އަހަރުވަންދެން މިރާއްޖޭގައި ހިންގަމުން ގެންދިޔަ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމުގެ މަގުސަދުގައި ނުކުތް ބަޔަކާއެކު ބޮޑު މަހުޖަނު އެންމެ ފުރަތަމަ ސަފުގައި ނުކުތް ކަމީ އެންމެންވެސް ދަންނަ ކަމެކެވެ. އެއިރު އޭނާ ބުނަމުން ގެންދިޔައީ އޭނާއަކީ ވެރިކަމުގެ ދަހިވެތި ކަމުގައި އުޅޭމީހެއް ނޫންކަމަށެވެ.

[ވިދާޅުވޭ...]

ނޫސް ބަޔާން: އެމްޑީޕީގެ އިސް ފަރާތްތަކަށް އަމާޒުކޮށް އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ރޭވުމުގެ ދެމުންގެންދާ ލާއިންސާނީ ހަމަލަތައް ކުށްވެރިކުރުން

mdp-logo-

އެމްޑީޕީގެ އިސް ފަރާތްތަކަށް އަމާޒުކޮށް އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ރޭވުމުގެ ދެމުންގެންދާ ނާތަހުޒީބު، އަނިޔާވެރި، ލާއިންސާނީ ހަމަލަތައް މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އެ ގޮތުން ވެރިކަމަށް ފެންބޮވައިގެންފައިވާ އިދިކޮޅު ސިޔާސީ ފަރާތްތަކުން މިހާރު މާލޭގައި ކުރިޔަށް ގެންދާ ޣައިރު ޤާނޫނީ މުޒާހަރާތަކުގައި މި ޕާޓީގެ މައި އޮފީހަށާއި، މި ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛް ޙަސަން ލަތީފްގެ ގެ ކޮޅަށާއި، މި ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީގެ މުދަލަށާއި، އޭނާގެ ޢާއިލާގެ ބޭފުޅެއްގެ ގެއަށާއި، މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ މުދަލަށް ….

[ވިދާޅުވޭ...]

ރާއްޖޭގެ ވަރަށް މަޝްހޫރު މާލިމީއެއް ކަމަށްވާ އަޙްމަދު ފުޅު މާލިމީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ahmedfulhu-maalimy

ރާއްޖޭގެ ވަރަށް މަޝްހޫރު މާލިމީއެއް ކަމަށްވާ އަޙްމަދު ފުޅު މާލިމީ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، ޢާއިލާގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، ޢާއިލާއަށް ހިތްވަރު ދެއްވިއެވެ. އަދި މާލިމީއެއްގެ ގޮތުން އަޙްމަދު ފުޅު މާލިމީ ރާއްޖެއަށް ކޮށްދެއްވި ޚިދްމަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

[ވިދާޅުވޭ...]

Friday, February 3, 2012

މެންބަރުންގެ ޚިޔާލު: ވެރިކަން ލިބޭނީ ރައްޔިތުންގެ ލޯބި ލިބިގެން

- އާފު -

democracy

ޒަމާން ބަދަލުވެ ގައުމުގެ އޮއިވަރު މިއޮތީ ވަރަށްބޮޑަށް ބަދަލުވެފައެވެ. ރައްޔިތުންލައްވާ ކަމެއް ހޯދަން ބޭނުންވާނަމަ ޖެހޭނީ އެރައްޔޮތުންގެ ލޯބި ހޯދާށެވެ. ފައިސާ އާއި އަނިޔާވެރިކަމާއި ބަދުނާމުކުރުންތަކަކީ މިރާއްޖޭގެ ރައްޔިތުން ބޭނުން ކަންކަމެއްނޫނެވެ. ވެރިކަން ލިބެނީ ރައްޔިތުން ބަލައްިގަންނަފަދަ މެނިފެސްޓޯއެއް ހުށަހަޅާ އެ ރައްޔިތުންނަށް ވިއްކީމައެވެ. ހީރޯ އާއި ޒީރޯ ކަނޑަ އަޅަނީ އެގޮތުންނެވެ.

[ވިދާޅުވޭ...]

އަލްހާންގެ ކާރަށާއި، އިލްޔާސް ލަބީބުގެ މަސްލަހަތު އޮންނަ މެގަޗިޕް ފިހާރައަށް ގެއްލުންދީފި

އިބްރާހީމް ރާމިޒް

މާލޭގައި ހަމަނުޖެހުން ހިންގައި ފުލުހުންނާއި ސިޔާސީ ފަރާތްތަކަށް ހަމަލަދެމުން ގެންދާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ރޭ ހިންގި ހަމަނުޖެހުންތަކުގައި އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީގެ ކާރަށް ހަމަލަދީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އިލްޔާސް ލަބީބުގެ މަސްލަހަތު އޮންނަ މެގަޗިޕަށް ރޭ ހަމަލަދީފިއެވެ…

[ވިދާޅުވޭ...]

ފޮޓޯ: އެމްޑީޕީގެ ބޮޑު މުޒާހަރާ ” އިންސާފުގެ ދަތުރު” ލޯންޗްކުރުން .. 3 ފެބްރުއަރީ 2012

ފޮޓޯ: އަނދާ

ފެބްރުއަރީ 17 ވަނަ ދުވަހު އަތޮޅުތަކުން މީހުން މާލެ އައިސް ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ބޮޑު މުޒާހަރާ ރޭ ލޯންޗްކޮށްފިއެވެ.

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި ޙަރަކާތް ލޯންޗްކޮށްފައިވަނީ “އިންސާފުގެ ދަތުރު” މި ނަމުގައެވެ.

މި މުޒާހަރާ ލޯންޗު ކުރުމަށް ފަހު، އެމްޑީޕީގެ ރައީސް ޑރ.ޑީޑީ އާއި، އެ ޕާޓީގެ ނައިބު ރައީސް ގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝެއިޚް ޙުސައިން ރަޝީދު އަޙުމަދު އާއި އެމްޑީޕީގެ ސްޕޯކްސް ޕާސަން އަލްއުސްތާޛް އިމްތިޔާޒް ފަހުމީ އާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ބައެއް ޤާނޫނީ ވަކީލުން ވެސް ވާހަކަފުޅުދެއްކެވިއެވެ.

[ވިދާޅުވޭ...]

ހަމަނުޖެހުން އުފައްދާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

radio-address-hep-450-x-270

ސިޔާސީ މަޤްޞަދުތަކެއް ޙާޞިލް ކުރުމުގެ ބޭނުމުގައި، މަދުބަޔަކު ތަންތަނަށް އެއްވެ، ވަރަށްގިނަ ރައްޔިތުންތަކަކަށް ގޯނާކޮށް، އުނދަގޫވާގޮތަށް ކަންކަން ކުރަމުން ގެންދާތީ، އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައި، އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވައި، މާލޭގެ އަމަންއަމާންކަން ހޯއްދަވައި ދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

[ވިދާޅުވޭ...]

ސަރުކާރު ވައްޓާލުމަށް ފަށާފައިވާ ޣައިރު ޤާނޫނީ މުޒާހަރާ އެމްޑީޕީ ހުޅުހެންވޭރު ދާއިރާއިން ވެސް ކުށްވެރިކޮށްފި

އިބްރާހީމް ރާމިޒް

hulhumale-220-x-165mdp-logo-150-x-157-158-x-165

ޤާނޫނީ ގޮތުން އުފެދިފައިވާ ދިވެހި ސަރުކާރު ވައްޓާލުމަށް ބައެއް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަމުންދާ ޣައިރު ޤާނޫނީ މުޒާހަރާތައް އެމްޑީޕީ ހުޅުހެންވޭރު ދާއިރާއިން ވެސް ކުށްވެރިކޮށްފިއެވެ.

ހުޅުހެންވޭރު ދާއިރާގެ ނޫސް ބަޔާނުގައި، މިހާރު އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގެ ސަބަބުން މާލޭގެ ރައްޔިތުންނަށާއި، ދިވެހި ދައުލަތުގެ މުދަލަށް ލިބެމުންދާ ގެއްލުންތަކާއި، ވިޔަފާރިވެރިންނަށާއި…

[ވިދާޅުވޭ...]

Thursday, February 2, 2012

ރައީސުލްޖުމްހޫރިއްޔާ، ހައްދުންމަތީ މާމެންދޫ ރަށު ކައުންސިލާ ބައްދަލުކުރައްވައި މާމެންދޫ ސްކޫލަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ލ.މާމެންދުއަށް ވަޑައިގެން މާމެންދޫ ރަށު ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ

[ވިދާޅުވޭ...]

Previous Page »« Next Page