Maldivian Democratic Party
dhaaira2010

Sunday, September 5, 2010

ގޭންގް ކުށްތައް މަނާކުރުމުގެ ބިލް” ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފި

“ގޭންގް ކުށްތައް މަނާކުރުމުގެ ބިލް” ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. މިއީ، ދިވެހިރާއްޖޭގައި ގޭންގު އުފެއްދުމާއި، ހިންގުމާއި، ގޭންގު ހަދައިގެން އެކިއެކި ކުށްކުރުން މަނާކުރުމާއި، އެ ކުށްތަކަށް އަދަބު ކަނޑައެޅުމުގެ ޤާނޫނެވެ.

[ވިދާޅުވޭ...]

މެންބަރުންގެ ޚިޔާލު: ކެޔޮޅަށް ބަހެއް!!!!!

ލިޔުނީ: ފުނަމާ

ކެޔޮޅު މުހަންމަދާއެވެ. އަހަރެމެންނަށް އަބުދު ކެޔޮޅު މަކަރުހަދާތާ އެތައް ދުވަހެއްވީއިރުވެސް މިއޮޑީގެ ކެޔޮޅު ކަމަށް ރަނގަޅު މީހަކު ނުލިބިގެން މިހާދުވަހު ކެތްކުރިފަހުން ދެން ކޮންމެގޮތެއްވިޔަސް ކެޔޮޅު ބަދަލުކުރަން ޖެހިއްޖެ ކަމުގައި އަހަރެމެން ހުރިހާ ބެއިންނަށްވެސް ފެނިގެން އަބުދު ކެޔޮޅު އޮޑީން ބާލައި އަހަރެމެން ހުރިހާ ބެއިންވެސް ވާހަކަ ދަށްކައިގެން ދެން އެކަމަށް އެންމެ ރަނގަޅު އަދި ހީވާގި މީހަކަށް ފެނުނީ ކެޔޮޅު މުހަންމަދެވެ. މިއޮޑި އަހަރެމެން ކެޔޮޅު މުހަންމަދާ މިހަވާލުކުރީ ކެޔޮޅު ބުނި ބުނުމަށް އަހަރެމެންގެ ދިރިއުޅުން ފާގަތިކަމާ އެކު ކުރިޔަށް ގެންގޮސް ހެޔޮ ދިރިއުޅުމަކަށް މަގުފަހި ކުރުމުގެ މަތިވެރި އުންމީދުގައެވެ. އަހަރެމެންނަށް އެންމެ ފައިދާހުރި ގޮތުގައި މިއޮޑި ދުއްވައި ދެވޭނީ ކެޔޮޅަށްކަމާމެދު އަހަރެމެން ކުޑަކޮށްވެސް ޝައްކެއް ނުކުރަމެވެ. އަދި ކުރީން އުޅުނު ކެޔޮޅާ އޭނާލައިގެން އެއުޅުނު ފަޅުވެރީންހެން ލިބޭއެއްޗެއް ނުދައްކައި ފޮރުވައިގެން އޮޑިޔާމެދު ފަރުވާ ކުޑަކޮށް ކަންކަން ނުކުރާނެ ކަމުގައި އިތުބާރު ކުރަމެވެ.

[ވިދާޅުވޭ...]

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އެންވަޔަރަންމަންޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފި

2

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އެންވަޔަރަންމަންޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ދެ ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވި ދެބޭފުޅުންނަކީ، މާފަންނު ފެންފޯއްމާ ޑޮކްޓަރ މުޙަންމަދު ޝަރީފާއި، މައްޗަންގޮޅީ އެވަރލާސްޓް އަކްރަމް ކަމާލުއްދީނެވެ.

[ވިދާޅުވޭ...]

ޗައިނާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް އަޙްމަދު ލަޠީފް ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސީނުކަރައިގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް ހެންވޭރު ސީވީޑް އަޙްމަދު ލަޠީފް ޢައްޔަން ކުރައްވައި، އެމަނިކުފާނަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

[ވިދާޅުވޭ...]

Friday, September 3, 2010

ވަޒީފާ އަދާކުރާ މީހުންނާއި، ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައިޖެހޭ މައްސަލަތައް މަޝްވަރާކޮށްގެން ޙައްލު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވައިފި

ވަޒީފާ އަދާކުރާ މީހުންނާއި، ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައިޖެހޭ މައްސަލަތައް، ދެފަރާތުންވެސް ވާހަކަ ދައްކައިގެން، މަޝްވަރާކޮށްގެން ޙައްލު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައެވެ.

[ވިދާޅުވޭ...]

Thursday, September 2, 2010

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރނަރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރނަރ މިސްޓަރ ޗިން ގުއަންރޮންގާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، ރައީސުލްޖުމްހޫރިއްޔާ އުޅުއްވާ ރަސްމީގެ، މުލީއާގޭގައި މިއަދު ހަވީރުއެވެ.

[ވިދާޅުވޭ...]

ނޫސް ބަޔާން:އެމް. ޑީ. ޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުގެ ފަރާތުން ނެރޭ ނޫސް ބަޔާން

އެމް. ޑީ. ޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުގެ ފަރާތުން އަބަދުވެސް ސަރުކާރު ހިންގުމުގައާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރުމުގައި އަމަލުކުރަމުންގެންދަނީ ގައުމީ މަސްލަހަތު ކޮންމެކަމެއް ނިންމުމުގައިވެސް އިސްކޮށް، ރައްޔިތުންގެ މަންފާއާއި ލާބައަށް ބަލައި ދުސްތޫރީ އަދި ޤާނޫނީ އިމުގެތެރެއިންނެވެ. އެހެންނަމަވެސް، ޑީ.އާރް.ޕީ އާއި އެޕާޓީޢާ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އިއްތިހާދުން ގެންދާނީ، އަޅުގަނޑުމެން މިގައުމާއި ދިވެހި ރައްޔިތުންނަށްޓަކައި އިޙްލާސްތެރިކަމާއެކު ކުރަމުންގެންދާ މަސައްކަތްތަކަށް އެތައްގޮތަކުން ހުރަސްއަޅައި ފުރައްސާރަ ކުރަމުންނެވެ. އިދިކޮޅު ޕާޓީތަކުގެ އިއްތިހާދުން މިގޮތަށް ކަންކުރައްވަމުން ގެންދެވިނަމަވެސް އަޅުގަޑުމެން މިހާތަނަށްވާނީ، ސިޔާސީ ގޮތުން ދިމާވާ ދެބަސްވުންތަކުގައި ދޫދީ ސުލްހަވެރިކަމާއެކު މައްސަލަތަށް ހައްލުކުރުމަށް ވާހަކަދަށްކައިގެން ކަންކަންނިންމުމަށް އިސްކަންދީފައެވެ.

[ވިދާޅުވޭ...]

އެމްޑީޕީ އިއްތިހާދުގެ ޕްރެސް ކޮންފަރެންސެއް މިއަދު ދަރުބާރުގޭގައި އޮންނާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އެޕާޓީ އާއި ގުޅިފައިވާ އިއްތިހާދުގެ ފަރާތުން ބާއްވާ ޕްރެސް ކޮންފަރެންސެއް މިއަދު މެންދުރުފަހު 3.00 ގައި ދަރުބާރުގޭ ފަންސަވީސް މާލަމުގައި އޮންނާނެއެވެ.

[ވިދާޅުވޭ...]

ރައީސުލްޖުމްހޫރިއްޔާ، ކޮމަންވެލްތް ލޯކަލް ގަވަރންމަންޓް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައި ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް މުޙަންމަދު ޝިހާބުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

[ވިދާޅުވޭ...]

އިޢުލާން: އެމްޑީޕީގެ އަސާސީ ޤަވައިދަށް އިސްލާހް ހުށަހެޅުމުގެ ފުރުސަތު އާންމު މެންބަރުންނަށް ހުޅުވާލުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަސާސީ ޤަވައިދަށް ލިޔުމުން އިސްލާޙް ހުށަހެޅުމުގެ ފުރުޞަތު 2010 ސެޕްޓެމްބަރ 14 ވާ އަންގާރަދުވަހާ ހަމަޔަށް މިޕާޓީގެ އެންމެހާ މެންބަރުންނަށް ހުޅުވާލާފައިވާ ވާހަކަ އާންމުކޮށް އެނަގުމަށްޓަކައި އިޢުލާން ކުރަމެވެ.
އަސާސީ ޤަވައިދު މި ޕާޓީގެ އޮފީހުންނާއި މި ޕާޓީގެ ރަސްމީ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެއެވެ.
އަދި އެމްޑީޕީ ކޮންގްރެސް 2010 ގައި ބައިވެރިވުމަށް ގޮފިހެދުމުގެ އެންމެ ފަހު ތާރީޚަކީ 2010 ސެޕްޓެމްބަރ 15 ވާ ބުދަ ދުވަސްކަން ހަނދުމަފުޅުކޮށް އަރުވަމެވެ.
2 ސެޕްޓެމްބަރ 2010.

[ވިދާޅުވޭ...]

Previous Page »« Next Page