ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ބައެއް މީޑިޔާތަކުންނާއި ބައެއް އިދިކޮޅު ފަރާތްތަކުން އެސްއެމްއެސްގެ ޒަރީއާއިންނާއި އެނޫންވެސް ގޮތްގޮތުން ހަގީގަތާ ޚިލާފު ދޮގު ޚަބަރުތައް ފަތުރަމުންދާ ދިއުން މިޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
[ވިދާޅުވޭ...]
ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައި އެމްޑީޕީ ވެފައި މިވަނީ އެމްޑީޕީގެ މެންބަރުންގެ ބުރަ މަސައްކަތުން ކަމުގައި އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ. މާރިޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމުގައި އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދެއްކުމާއި ގުޅިގެން އެމްޑީޕީގެ މީޑިއާ ޔުނިޓަށް ދެއްވި ބަސްދީ ގަތުމެއްގައެވެ.
[ވިދާޅުވޭ...]
މިޕާޓީގެ، ޤައުމީ ސެކެޓޭރިއަޓްއަށް ތިރީގައިވާ މަގާމަށް ބޭފުޅަކު ބޭނުންވެއްޖެއެވެ.
މެމްބަރޝިޕް އޮފިސަރ
ބޭނުންވާ އަދަދު: 1
ޒިންމާތައް:
ރެޖިސްޓްރާޖެނެރަލްގެ ބެލުމުގެ ދަށުން ޕާޓީގެ މެންބަރޝިޕް ބެލެހެއްޓުމާއި، ޕާޓީގެ ހުރިހާ މަޤާމުފުރާތަކަށް އިންތިޚާބުކޮށް ނުވަތަ އައްޔަނު ކޮށްފައިވާ މެންބަރުންގެ މައުލޫމާތު ބެލެހެއްޓުމާއި، އަދި ޕާޓީގެ ދާއިރާތަކާއި ގޮފިތަކުގެ މައުލޫމާތު ބެލެހެއްޓުން.
އިތުރު ޝަރުތާއި މައުލޫމާތު:
މިމަގާމަށް ކުރިމަތިލައްވާ ފަރާތަކީ ދަށްވެގެން އޭލެވެލް ފެންވަރު އަދި ކޮމްޕިއުޓަރު ސޮފްޓްވެއަރތަކަށް ފަރިތަ މީހަކު ކަމުގައި ވާންވާނެއެވެ.
މިމަޤާމަށް ހޮވުމުގައި ޕާޓީގެ މެންބަރުންނަށް އިސްކަން ދެވޭނެއެވެ.
މިމަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ބޭފުޅުން 4 މާރޗް [...]
[ވިދާޅުވޭ...]
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އިންތިޒާމްކޮށްގެން އެޕާޓީގެ ހަރުގޭގައި ސިލްސިލާކޮށް، ކޮންމެ ހޯމަ ދުވަހެއްގެރޭ ބާއްވަމުން އަންނަ ޖަލްސާ މިރޭ(22 ފެބްރުއަރީ 2010 ވާ ހޯމަ ދުވަހުގެރޭ) ވެސް އޮންނާނެއެވެ. މިޖަލްސާ ފެށޭނީ މިރޭ 9:00 ގައެވެ.
[ވިދާޅުވޭ...]
މިޕާޓީގެ، ޤައުމީ ސެކްރެޓޭރިއަޓް އަށް ތިރީގައި މިދަންނަވާ މަގާމަށް ބޭފުޅަކު ބޭނުންވެއްޖެއެވެ.
އެކައުންޓްސް އޮފިސަރ
ބޭނުންވާ އަދަދު: 1
ޒިންމާތައް: ޕާޓީގެ ފައިސާ ބެލެހެއްޓުމާއި، ފައިސާއާ ބެހޭ ރިޕޯޓްތައް ތައްޔާރު ކުރުމާއި ޕާޓީގެ އިންވެންޓްރީ ބެލެހެއްޓުން
[ވިދާޅުވޭ...]

މިސަރުކާރުގައި ތިބެ ނާޖާއިޒް ފައިދާނަގައި، ނޭދެވޭ އެއްވެސް އަމަލެއް ހިންގައިފިނަމަ އެބަޔަކަށް ހައްގު އަދަބުދެއްވާނޭ ކަމަށާއި، އިޚްލާސްތެރިކަމާއެކީ ރައްޔިތުންނަށް ޚިދުމަތްކުރުން ނޫންގޮތަކަށް މިސަރުކާރުގައި ޖާގައެއް ނޯންނާނޭ ކަމުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ
[ވިދާޅުވޭ...]

ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ އާއި މައުމޫން ސަރުކާރުގެ ކެބިނެޓުގެ އިސްމަޤާމްތަކެއް ފުރުއްވައި މިހާރު ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިއެއްގެ މަގާމުގައި ހުންނެވި އަހުމަދު ޢަބްދުﷲ އާއި އެމްޑީޕީގެ އިސް ސަފުގައި ކުރިން ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެއް ކަމަށްވާ ޑރ ހުސައިން ރަޝީދު ހަސަން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ސޮއިކުރައްވައިފިއެވެ
[ވިދާޅުވޭ...]
މީޑިއާ އާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާ ފަދަ މިނިވަން މުސްތަޤިއްލު މުޥައްޞަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ވަގުތުން ހުއްޓާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ގޮވާލައްވައިފިއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މިކަމަށް ގޮވާލެއްވީ އެޕާޓީގެ ހަރުގޭގައި ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
[ވިދާޅުވޭ...]
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ ) ގެ ވަރަށް ޚާއްޞަ ޖަލްސާއެއް 17 ފެބްރުއަރީ 2010 ވާ ބުދަ ދުވަހުގެރޭ 9.00 ގައި އާޓިފިޝަލް ބީޗުގައި އޮންނާނެއެވެ. މި ޖަލްސާގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ވީމާ މިޖަލްސާއަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި ޕާޓީއަށް ހެޔޮއެދި ވަޑައިގަންނަވާ ވީހާވެސް ގިނަ ބަޔަކު ހާޒިރުވެވަޑައިގެން ދެއްވުމަކީ މިޕާޓީގެ ވަރަށް ބޮޑުއެދުމެކެވެ.
[ވިދާޅުވޭ...]