ބަޣާވާތުން ވެރިކަމަށްއައި ސަރުކާރު އައުމާއިއެކު މާލޭގެ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުބާރު ގެއްލި، މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް އެތަކެއް ދަތި އުނދަގޫތަކެއް ކުރިމަތި ވަމުންދާތީ އެކަން މިޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
[ވިދާޅުވޭ...]
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ، އެމްޑީޕީ ބައިބައި ކުރުމުގެ ނިޔަތުގައި އެމްޑީޕީއާ ދެކޮޅަށް ހިންގާ ކަންތައްތައް އެމްޑީޕީ މަރަދޫ ދާއިރާގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
[ވިދާޅުވޭ...]
ޤައުމުގެ ނަމާއި އަބުރާއި ގަދަރާއި އިއްޒަތް ފޭރިގަނެ ދިވެހި ވެރިކަމާއި ތޮޅި އިސްލާމީ ހަމަތަކުގެ މަތީން ޝުޢުރާގެ އޫސޫލްތަކުގެ މަތިން ދިވެހިން އިސްކުރި ވެރިމީހާއާއި ދެކޮޅަށް ބަޢާވާތް ކޮށް 07 ފެބުރުއަރީ 2012 މި ޤައުމުގެ މާޒީގެ ކަޅުސަފްހާއަކަށް ބަދަލު ވެދިޔުމާއި އެކު މި ޤައުމަށް ޑިމޮކުރަސީ ގެނުވުމަށްޓަކައި ރެޔާއި ދުވާލު ބުރަ މަސައްކަތް ކުރެއްވި ސައުތު އޭޝިޔާގެ ނެލްސަން މަންޑޭލާ އަދި ރައްޖޭޖެ އިންތިހާބީ ރައީސް އަދި ރާއްޖޭގެ ފުރަތަމަ ޑިމޮކުރަޓިކް ރަޢީސް އަދި އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް މި ގޮފިތަކުގެ ފަރާތުން ނުހަނު އިހްލާސްތެރި ކަމާއި އެކު ބަލައި ގަންނަމެވެ.
[ވިދާޅުވޭ...]
މިއަދު ޤައުމަށް ދިމާވެފައިމިވާ ނާޒުކު ޙާލަތުން އަރައިގަތުމަށާއި، ސިޔާސީގޮތުން ޤައުމު ވެއްޓިފައިމިވާ ފުން އަނދަވަޅުން ސަލާމަތްވުމަށާއި އަދި ޤައުމުގައި ޢަދުލު އިންސާފު ޤާއިމްކޮށް ޑިމޮކްރަސީ އަނބުރާ ހޯއްދަވައިދެއްވުމަށް މި ޤައުމުގެ ޑިމޮކްރަޓިކް ފުރަތަމަ އިންތިޚާބީ ރައީސް މުޙައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށް ހުޅުދުއްފާރު އެމް.ޑީ.ޕީގެ ގޮފިތަކުން ނާއި އަދި ހުޅުދުއްފާރުގެ އެމް.ޑީ.ޕީ ހުރިހާ މެމްބަރުންނާއި ސަޕޯޓަރުން ފުރިހަމައަށް ތާޢީދު ކުރަމެވެ.
[ވިދާޅުވޭ...]
މިނިވަން މީޑިއާއަށް ހުރަސްއެޅުމަށް ބަޣާވާތް ސަރުކާރަށް ވާގިވެރިވާ އަދި އެ ސަރުކާރުގައި ހިމެނޭ ފަރާތްތަކުން ފާޅުގައި މަސައްކަތްކޮށްފައިވާ ކަމުގެ ކުލަ ހެކިތައް ބަޣާވާތުގެ ތެރެއިންނާއި ބަގާވާތަށްފަހު ވެސް މިދަނީ ފެންނަމުންނެވެ.
[ވިދާޅުވޭ...]
2008 ވަނަ އަހަރު ދިވެހި ރައްޔިތުން އިންތިޚާބުކުރި އެމްޑީޕީ ގެ ސަރުކާރު، 07 ފެބްރުއަރީ 2012 ގައި އޭރުގެ އިދިކޮޅު ފަރާތްތަކާއި ސިފައިންނާއި ފުލުހުންގެ ބަޔަކު ބައިވެރިވެގެން ބަޣާވާތްކޮށްގެން ވައްޓާލުމާ ގުޅިގެން 08 ފެބްރުއަރީ 2012 ގައި މިޕާޓީގެ ޤައުމީ މަޖިލީހުން ވަނީ މިޕާޓީން ޢަމަލުކުރާނެ ގޮތްތަކެއް ނިންމާފައެވެ.
[ވިދާޅުވޭ...]
އެމްޑީޕީ ސަރުކާރުން “އާސަންދަ” ގެދަށުން ދިވެހި އެންމެހައި ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާގެ ޚިދުމަތް ދިނުން ތަޢާރަފްކޮށް އެ ޚިދުމަތް ފުރިހަމަގޮތުގައި ފޯރުކޮށްދެމުން ގެންދަނިކޮށް، އެޚިދުމަތް ހުއްޓާލުމަށް ބާޣީ ސަރުކާރުން ކުރަމުންދާ މަސައްކަތް މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
[ވިދާޅުވޭ...]
ކޮންމެ އަހަރެއްގެ މެއި މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހެވެ. ދިވެހިރާއްޖެ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ޖަމްޢިއްޔާ، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގެ މެމްބަރަކަށްވީ 15 މެއި 2009 ގައެވެ.
[ވިދާޅުވޭ...]
މާދަމާގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއަށް “ވަޒީރުން” ގެ ގޮތުގައި ބާޣީ ސަރުކާރުން ހުށަހަޅާފައިވާ ނަންތަކަށް ވޯޓަށް އެހުމަށް ބާއްވާ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ބައިވެރިނުވާގޮތަށް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ނިންމައިފިއެވެ.
[ވިދާޅުވޭ...]
The Maldives Democratic Party (MDP) today expressed its concern at the insulting and disrespectful language being used by Government officials to attack the member governments of CMAG.
[Read More...]