Maldivian Democratic Party » ޚަބަރު
mdp_banner

Wednesday, February 1, 2012

ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީ އިސްދުއަށް ވަޑައިގެން އެ ރަށުގެ ރަށު ކައުންސިލާ ބައްދަލުކުރައްވައިފި

hep

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިއަދު ހެނދުނު ފެށްޓެވި ދަތުރުފުޅުގައި، އެ އަތޮޅު އިސްދުއަށް ވަޑައިގެން، އެ ރަށުގެ ރަށު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

[ވިދާޅުވޭ...]

މިރާއްޖޭގައި އެންމެ ގިނަ ޢިލްމުވެރިން ބައިޢަތުހިފި ފުރަތަމަ ރައީސަކީ މުޙައްމަދު ނަޝީދު - އަލްޙާން

ފަހަލަސަޢީދު

alhaan-fahumy

މިރާއްޖޭގައި ވެރިކަން ކޮށްފައިވާ ވެރިންގެ ތެރެއިން އެންމެގިނަ ޢިލްމުވެރިން ބައިޢަތު ހިފާފައިވާ ވެރިޔަކީ މިހާރު ވެރިކަން ކުރައްވަމުން ގެންދަވާ ގ.ކެނެރީގޭ މުޙައްމަދު ނަޝީދުކަމުގައި އެމްޑީޕީގެ ނާއިބްރައީސް ޢަލްޙާނު ފަހުމީ ވިދާޅުވެއްޖެއެވެ.

[ވިދާޅުވޭ...]

ރައީސުލްޖުމްހޫރިއްޔާ ލ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް ފަށްޓަވައިފި

އީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ.

[ވިދާޅުވޭ...]

ނ.މާފަރު ކައުންސިލްގެ ބައި- އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

އިބްރާހީމް ރާމިޒް

maafaru

ނ. މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން 2012 މާރޗް 17 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައި އެކަން އިއްޔެ އިޢުލާނުކޮށްފިއެވެ .

[ވިދާޅުވޭ...]

ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރުން ކޮންމެހެން ބޭނުންތެރި ކަމަކަށްވަނީ ރާއްޖޭގެ ޤައުމިއްޔަތުގެ ސިފަތައް ފާހަގަކުރުމަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

kulhivaruge-gaumy-award-450-x-299

ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރުން ކޮންމެހެން ބޭނުންތެރި ކަމަކަށްވަނީ ރާއްޖޭގެ ޤައުމިއްޔަތުގެ ސިފަތައް ފާހަގަކުރުމަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 2011 ވަނަ އަހަރުގެ ކުޅިވަރުގެ ޤައުމީ އިނާމު ދެއްވުމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

[ވިދާޅުވޭ...]

ޤައުމީ ތަނެއްގެ ގޮތުގައި އިސްލާމީ މަރްކަޒު ހަމަޖެއްސުމަށް ނިންމައިފި

ނަފްސާނީ ޞިއްޙަތުގެ ޤައުމީ ސިޔާސަތަށް ޢަމަލު ކުރަން ފެށުމަށް ވެސް ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމާފައިފި

cabinet-450-x-299

ޤައުމީ ތަނެއްގެ ގޮތުގައި އިސްލާމީ މަރްކަޒު ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމައިފިއެވެ.

އިސްލާމީ މަރްކަޒަކީ ރާއްޖޭގައި ހުރި އެންމެބޮޑު މިސްކިތް ކަމަށްވެފައި، އެތަނަކީ ރާއްޖޭގެ އިސްލާމީވަންތަކަމާއި، ދީނީ ހައިބަވަންތަކަން ދައްކައިދޭ އެންމެބޮޑު ދީނީ މުހިންމު ބިނާ ކަމަށްވުމާއެކު، މި މަރްކަޒަކީ ޤައުމީ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުމަކީ، ވަރަށް މުހިންމު ކަމެއްކަން، އިއްޔެގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

[ވިދާޅުވޭ...]

Tuesday, January 31, 2012

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ހިއުމަންރައިޓްސް ކޮމިޝަން ޙާޒިރުކޮށް ލައިވުކޮށް ސުވާލުކުރަމުން ދަނިކޮށް އެމް އެން ބީ ސީގެ ކެމަރާގެ ކޭބަލް ބުރިކޮށްލައިފި

ފަހަލަސައީދު

ރާއްޖޭގެ ރައްޔިތުންގެ ޢަދުލުއިންޞާފް ގެދާއިރާ މިނިވަން ކުރުމަށް ދައުލަތުގެ އެންމެ އިސްވެރިޔާ އަޅުއްވާފައިވާ ފިޔަވަޅުގެ ދަށުން ގައުމީސަލާމަތަށްޓަކާ އެކަހެރި ކުރެވިފައިވާ ކްރިމިނަލްކޯޓުގެ އިސްގާޒީގެ ހައްޔަރާބެހޭގޮތުން ޕީޕީއެމާއި، ޑީޢާރުޕީ އިން ހުށަހެޅިމައްސަލަޔަކާ ގުޅިގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުވައްސަސާ ތަކާ ބެހޭ ކޮމެޓީގައި ހިޔުމަންރައިޓްސް ކޮމިޝަނާ ސުވާލުކުރަމުންދަނިކޮށް އެމްއެންބީސީ ގެ ކެމަރާގެ ކޭބަލް ބުރިކޮށްލައިފިއެވެ.

[ވިދާޅުވޭ...]

މާލޭގައި ދިރިއުޅޭ އެންމެންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަކީ މި ދައުލަތަށް ނުކުރެވޭނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރަނގަޅު ފަނޑިޔާރުގެއެއް ލިބުނީމާ ރާއްޖޭގެ އުފެއްދުންތެރިކަން އެތައް ތަނަކުން އިތުރުވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި

hep-veshifahi-male

މާލޭގައި ދިރިއުޅޭ އެންމެންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަކީ، މި ދައުލަތަށް ނުކުރެވޭނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

[ވިދާޅުވޭ...]

އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމްގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ހަމަޖައްސަވައިފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ. އަދި އެ އެޖެންސީގެ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމްގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ހަމަޖައްސަވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، ޞިއްޙަތާބެހޭ ވުޒާރާއިން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ އިބްރާހީމް ވަޙީދެވެ.

[ވިދާޅުވޭ...]

ނޭޝަނަލް ޑްރަގް އެޖެންސީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދައި، އެ އެޖެންސީގެ ބޯޑަށް ބޭފުޅުން ހަމަޖައްސައިފި

ނޭޝަނަލް ޑްރަގް އެޖެންސީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއާ ގުޅިފައިވާ އަމިއްލަ ޙައިޘިއްޔަތެއް ލިބިގެން، ހިންގުމުގެ މިނިވަންކަން ލިބިފައިވާ، ގަވަރނިންގ ބޯޑެއްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމަޖައްސަވައިފިއެވެ.

[ވިދާޅުވޭ...]

Previous Page »« Next Page