އިބްރާހީމް ރާމިޒް

މާލޭގައި އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ މުޒާހަރާތަކުގައި އިދިކޮޅު ފަރާތްތަކުން ފަށާފައިވާ ބިއްލޫރި ތެޅުމުގެ ސިލްސިލާގެ ދަށުން ރޭ، އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑް މޯލްޑިވްސް ކުންފުނީގެ ޕިކަޕެއްގެ ބިއްލޫރި ވެސް ތަޅާލައިފިއެވެ.
[ވިދާޅުވޭ...]
ފުނަމާ
ދިވެހިރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށް ދިވެހީން ފަށާފައިވާ ދަތުރުގައި ސަރުކާރަށް އެކިއެކި ގޮންޖެހުންތަކާއި ފިއްތުންތައް ކުރިމަތިކުރުވައިގެން މާޟީގެ އަނިޔާވެރިކަމުގެ ތެރެއަށް، ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހި ކުރުމުގެ ހިޔަޅު ވިސްނުމުގައި އިދިކޮޅު ފަރާތްތަކުން ފަށައިގެން ކުރިއަށް މިގެންދާ ހަމަނުޖެހުން ތަކުގެ ސަބަބުން ބޭރުދުނިޔޭގައި މިތިބަ ދިވެހީންގެ އެކުވެރީންނަށްވެސް މިއަދު މިއޮތީ ލޮލުފިޔައެއް ޖަހާލުން ދަތިވެފައެވެ. މާލޭގެ މަސްރަހު މުޅީން ނާމާންކޮށް ނިންމާލައިފިއެވެ.
[ވިދާޅުވޭ...]
ކުއްލިއްޔާ ހިމާޔަތްކުރުމަށް ކަމަށްބުނެ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޮގު މަޢުލޫމާތު ތަކެއް ދެއްވާފައިވާކަމަށް ޝެއިޚް މުޢީދު ވިދާޅުވި
އިބްރާހީމް ރާމިޒް

ފެބްރުއަރީ 17 ވަނަ ދުވަހަކީ ހަމައިން ނެއްޓިފައިވާ ރާއްޖޭގެ ޝަރުޢީ ނިޒާމް ހަމަމަގަށް އެޅުވުމަށް ދިވެހި ރައްޔިތުން ތެދުވާ ދުވަސް ކަމަށާއި، އެމްޑީޕީގެ އިންސާފްގެ ދަތުރު ނިންމާލާނީ މުޅި ގައުމުގައި އަދުލު އިންސާފް ގާއިމްކޮށްދީފައި ކަމަށް އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
[ވިދާޅުވޭ...]
މި ފަންޑަށް އެހީވުމަށް އެމްޑީޕީން ވަނީ އެޕާޓީއަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކަށް ގޮވާލާފައި
އިބްރާހީމް ރާމިޒް

އަދުލު އިންސާފުގެ ދާއިރާ ސިޔާސީ ވަކި ބައެއްގެ މުށުތެރޭގައި ތާށިވެފައި އޮންނަ އޮތުމުން އެ ދާއިރާ މިނިވަން ކުރުމަށް މި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާ “އިންސާފުގެ ދަތުރަށް” ތައްޔާރުވުމަށް އެމްޑީޕީން ހުޅުވި ފަންޑަށް މިވީ ދެ ދުވަސް ތެރޭގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެމްޑީޕީ ފަންޑްރައިސިންގ ކޮމިޓީން ބުނެފިއެވެ.
[ވިދާޅުވޭ...]

ރާއްޖޭގެ ވަރަށް މަޝްހޫރު މާލިމީއެއް ކަމަށްވާ އަޙްމަދު ފުޅު މާލިމީ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، ޢާއިލާގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، ޢާއިލާއަށް ހިތްވަރު ދެއްވިއެވެ. އަދި މާލިމީއެއްގެ ގޮތުން އަޙްމަދު ފުޅު މާލިމީ ރާއްޖެއަށް ކޮށްދެއްވި ޚިދްމަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
[ވިދާޅުވޭ...]
އިބްރާހީމް ރާމިޒް
މާލޭގައި ހަމަނުޖެހުން ހިންގައި ފުލުހުންނާއި ސިޔާސީ ފަރާތްތަކަށް ހަމަލަދެމުން ގެންދާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ރޭ ހިންގި ހަމަނުޖެހުންތަކުގައި އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީގެ ކާރަށް ހަމަލަދީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އިލްޔާސް ލަބީބުގެ މަސްލަހަތު އޮންނަ މެގަޗިޕަށް ރޭ ހަމަލަދީފިއެވެ…
[ވިދާޅުވޭ...]

ސިޔާސީ މަޤްޞަދުތަކެއް ޙާޞިލް ކުރުމުގެ ބޭނުމުގައި، މަދުބަޔަކު ތަންތަނަށް އެއްވެ، ވަރަށްގިނަ ރައްޔިތުންތަކަކަށް ގޯނާކޮށް، އުނދަގޫވާގޮތަށް ކަންކަން ކުރަމުން ގެންދާތީ، އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައި، އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވައި، މާލޭގެ އަމަންއަމާންކަން ހޯއްދަވައި ދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
[ވިދާޅުވޭ...]
އިބްރާހީމް ރާމިޒް


ޤާނޫނީ ގޮތުން އުފެދިފައިވާ ދިވެހި ސަރުކާރު ވައްޓާލުމަށް ބައެއް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަމުންދާ ޣައިރު ޤާނޫނީ މުޒާހަރާތައް އެމްޑީޕީ ހުޅުހެންވޭރު ދާއިރާއިން ވެސް ކުށްވެރިކޮށްފިއެވެ.
ހުޅުހެންވޭރު ދާއިރާގެ ނޫސް ބަޔާނުގައި، މިހާރު އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގެ ސަބަބުން މާލޭގެ ރައްޔިތުންނަށާއި، ދިވެހި ދައުލަތުގެ މުދަލަށް ލިބެމުންދާ ގެއްލުންތަކާއި، ވިޔަފާރިވެރިންނަށާއި…
[ވިދާޅުވޭ...]
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ލ.މާމެންދުއަށް ވަޑައިގެން މާމެންދޫ ރަށު ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ
[ވިދާޅުވޭ...]

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، މާފަންނު މާފުށީގޭ މަރިޔަމް ޝަފީޤް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
[ވިދާޅުވޭ...]