އެމަނިކުފާނު ލައްވައި އިސްތިއުފާދެއްވުމުގައި އިސް ރޯލެއް އަދާކުރި ފުލުހުންނާއި، ސިފައިން ވަނީ މި މުޒާހަރާގެ ބައިވެރިންނާ ވަރަށް އަނިޔާވެރިކޮށް ކުުރިމަތިލައި، ރައީސް ނަޝީދާއި، އެމްޑީޕީގެ ޗެއަރޕާސަން އާއި އެ ޕާޓީގެ އިސް އެހެން މެންބަރުންނާއި އަދި ޚާއްސަކޮށް ބައެއް މެންބަރުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލަތައްދީފައި.
މި މުޒާހަރާގައި 8000 އާ ގާތްކުރާ ޢަދަދަކަށް މީހުން ބައިވެރިވި.
އަނިޔާވި ފަރާތްތައް ވެސް ފުލުހުންގެ އެމްބިއުލާންސަށް އަރުވާފައިވަނީ ބިންމަތީގައި ދަމާފައި.
އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު އޮންނެވީ އައިގީއެމްއެޗްގެ އައިސީޔޫގައި
ފޮޓޯ:އަނދާ
[ވިދާޅުވޭ...]
ފޮޓޯ: އަނދާ
ފެބްރުއަރީ 17 ވަނަ ދުވަހު އަތޮޅުތަކުން މީހުން މާލެ އައިސް ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ބޮޑު މުޒާހަރާ ރޭ ލޯންޗްކޮށްފިއެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި ޙަރަކާތް ލޯންޗްކޮށްފައިވަނީ “އިންސާފުގެ ދަތުރު” މި ނަމުގައެވެ.
މި މުޒާހަރާ ލޯންޗު ކުރުމަށް ފަހު، އެމްޑީޕީގެ ރައީސް ޑރ.ޑީޑީ އާއި، އެ ޕާޓީގެ ނައިބު ރައީސް ގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝެއިޚް ޙުސައިން ރަޝީދު އަޙުމަދު އާއި އެމްޑީޕީގެ ސްޕޯކްސް ޕާސަން އަލްއުސްތާޛް އިމްތިޔާޒް ފަހުމީ އާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ބައެއް ޤާނޫނީ ވަކީލުން ވެސް ވާހަކަފުޅުދެއްކެވިއެވެ.
[ވިދާޅުވޭ...]
ފޮޓޯ: މަންދީ ޒުބައިރު
މޫކައި ސްއިޓްސް ގައި މިމަހުގެ 23 ން ފެށިގެން 27 ގެ ނިޔަލަށް ބޭއްވި މި ކާމިޔާބު ވޯރކްޝޮޕަކީ އިނގިރޭސި ވިލާތުގެ ވެރިކަންކުރާ ކޮންޒަރވޭޓިވް ޕާޓީގެ ހިލޭ އެހީގެ ދަށުން އެމްޑީޕީގައި ޒުވާން ސިޔާސީ ލީޑަރުން ބިނާކޮށް ކެމްޕެއިން މެނޭޖަރުން އުފެއްދުމަށް ބޭއްވި ވޯރކްޝޮޕެއް.
މި ވޯރކްޝޮޕް ހިންގެވުމަށް މާލެވަޑައިގެންނެވި ކޮންޒަރވެޓިވް ޕާޓީގެ ޔޫތު ވިންގ ގެ ރައީސް ރިޗަރޑް އެން ޖެކްސަން އާއި އެ ޕާޓީގެ ޕާލަމެންޓް މެންބަރު އެންޑްރޫ ސްޓެފެންސަން މާލޭގައި މިހާރު ހިންގަމުންދާ ޣައިރު ގާނޫނީ މުޒާހަރާތައް ބައްލަވާލެއްވުމަށް ވަޑައިގަތުމުން އެބޭފުޅުންނަކީ ބޭރުން މި މުޒާހަރާ އޮބްޒަރވްކުރުމަށް ފޮނުވި ބައެއް ކަމަށް ޕީޕީއެމްގެ އަޙުމަދު މަޙްލޫފް ވިދާޅުވި. އަދި ސަން އޮންލައިނުންވެސް ވަނީ އެބޭފުޅުންގެ ފޮޓޯ ޖަހައި މިގޮތަށް ޚަބަރު ފަތުރާފައި.
[ވިދާޅުވޭ...]
ފޮޓޯ: އެމްޑީޕީ ނައިފަރު ހަރުގެ
އެމްޑީޕީގެ އުތުރު ޕްރޮވިންސްގެ ރައީސް ނައިފަރުގެ އެމްޑީޕީގެ ބައެއް އިސް މެންބަރުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކައިގައި، އެމްޑީޕީން ޖުޑީޝަރީ މިނިވަންކުރުމަށް ކުރާ މަސައްކަތަށް ހިއްވަރު ދިނުމުގެ ގޮތުން ނައިފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ “ޗަހެއްނެއް ނުކިޔޭނެ” ހިނގާލުމާއި، ބުރާސްފަތި ދުވަހުގެރޭ އެރަށުގައި އެމްޑީޕީގެ ޖަލްސާއެއް ބޭއްވުމުގެ އިންތިޒާމް ކުރިޔަށް ގެންދާތީ ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވި. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ނައިފަރު އެމްޑީޕީ ހަރުގޭގައި.
[ވިދާޅުވޭ...]